ހދ. ހަނިމާދޫ ބަނދަރުގައި ވިޔަފާރި ކުރުމަށް ހާއްސަ ކުރެވިފައިވާ ބިންތައް ކުއްޔަށް ދޫކުރުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ.

އެ ކައުންސިލުން ވަނީ އެ ރަށު ބަނދަރު ސަރަހައްދުން 25 (ފަންސަވީސް) އަހަރު ދުވަހުގެ މުއްދަތަށް 8 ބިމެއް ކުއްޔަށް ދޫކުރަން ނިންމައި، ބިންތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައެވެ.

Ad
rt

މި ކަމާއި ގުޅިގެން ބާއްވާ މަޢުލޫމާތު ދިނުމުގެ ސެޝަން މި މަހުގެ 13 ވަނަ ދުވަހުގެ 10:30 ގައި އެ ކައުންސިލުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުމަށް ތާވަލު ކޮށްފައިވާއިރު، މިކަމަށް އަންދާސީ ހިސާބު ހުށަހެޅުމަށް ބާއްވާ ބައްދަލުވުން ވަނީ މި މަހުގެ 24 ވަނަ ދުވަހުގެ 10:30 އަށް އެ ކައުންސިލުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުމަށް ނިންމާފައެވެ.

މި ބިންތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި، ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

މި ބީލަމާއި ގުޅިގެން ބާއްވާ މަޢުލޫމާތު ދިނުމުގެ ސެޝަންއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ނުވެއެވެ.