ތައުލީމާއި، ސިއްހަތާއި، ވަޒީފާ އަދި ސިޔާސީ ބާރުތައް މާލޭގައި އެކަނި އޮންނަ އޮތުމަށް ނިމުމެއް ގެންނަން ޖެހޭ ކަމަށާއި މިހާރުން މިހާރަށް ކައުންސިލްތަކުން އަތުލާފައިވާ ބާރުތައް އަނބުރާ ކައުންސިލްތަކަށްދީ، ރައްޔިތުން ބާރުވެރި ކުރުވަން ޖެހޭ ކަމަށް ޓްރާންސްޕޭރެންސީގެ އެގްޒެކެޓިވް މެނޭޖަރު މަރިޔަމް ޝިއުނާ ވިދާޅުވެއްޖެއެވެ.
އެއިގެ އިތުރުން މަރިޔަމް ޝިއުނާ ވިދާޅުވީ ފާއިތުވި އަހަރުތަކުގެ ތެރޭގައި ރާއްޖޭގައި އޮތް ލާމަރުކަޒީ ނިޒާމަށް އިހުމާލުވެފައިވާކަމަށެވެ. އެގޮތުން މި ނިޒާމާ ގުޅޭ ޕޮލިސީތަކާ ގުޅޭގޮތުން ކުރާ މަޝްވަރާތަކުގައި ކަމާބެހޭ އިސް ފަރާތްތަކުން ބައިވެރި ނުވުމަކީ މީގެ ކުރިން ދިމާވި ދަތިތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި މަސައްކަތް ފެށި އިރަށްވުރެ ގުޅިފައިވާ މާހައުލެއް މިހާރު މިވަނީ ގާއިމުވެފައި. އެގޮތުން މަދަނީ ޖަމިއްޔާތަކުން ބާއްވާ މިފަދަ ބަައްދަލުވުންތަކަށް ދައުލަތުގެ އިސް ފަރާތްތަކުން ސަމާލުކަން ދީގެން ބައިވެރިވާތަން އަޅުގަނޑުމެންނަށް މިހާރު އެބަ ފެނޭ. ޕޮލިސީ ޗޭންޖް ގެންނަން މަސައްކަތް ކުރާއިރު މީގެ ކުރިން އަޅުގަނޑުމެންނަށް ކުރަން އެންމެ އުނދަގޫ މަސައްކަތަކީ ކަންކަމުގައި ބަސްކިޔައި ނިންމުންތައް ނިންމާ ފަރާތްތަކުގެ އެއްބާރުލުން ނުލިބުން،" ޝިއުނާ ވިދާޅުވި އެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ވަނީ ލާމަރުކަޒީ ނިޒާމުގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ "ޑީސެންޓްރައިލޭޝަން ރިވިއު" ފޮތެއް ނެރެފަ އެވެ. މި ފޮތް ނެރެދެއްވީ ފިނޭންސް މިނިސްޓަރު އަމީރާއި ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރު ޝިއުނާ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!