ދިރާގުން ސެމްސަންގް ގެލެކްސީ ނޯޓް 10 އަދި 10 ޕްލަސް ރާއްޖެ އަށް ތައާރަފްކޮށްފި އެވެ.

ދިރާގުން ބުނީ ދިރާގުގެ ވެބްސައިޓުން މި ރެއިން ފެށިގެން ޕްރީއޯޑާ ކުރެވޭނެ ކަމަށެވެ. އަދި ދިރާގު މެދުވެރިކޮށް ޕްރީ އޯޑާ ކުރާ ފަރާތްތަކަށް ސެމްސަންގް ގެލެކްސީ ގަޑިތަކުން 50 ޕަސެންޓް ޑިސްކައުންޓް ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

Ad
rt

ދިރާގުގެ ފަރާތުން ވާހަކަދައްކަވަމުން މަހުމޫދް ދެއްސަރ ވިދާޅުވީ މި ފޯނު ކަސްޓަމަރުންނަށް ދައްކާލުމަކީ ވަރަށް އުފާވެރި ކަމެއް ކަމަށެވެ.

މި ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ހުރިހާ ކަސްޓަމަރުންނަށްވެސް އެންމެ ފުރިހަމަ ޓެކްނޮލޮޖީ ގެނައުމަށް.

ދިރާގުގެ ޗީފް މާކެޓިންގް އޮފިސަރ މަހުމޫދް ދެއްސަރ މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.

ގެލެކްސީ ނޯޓް 10 އަދި 10 ޕްލަސް އަކީ ސެމްސަންގުގެ މަގުބޫލް ނޯޓް ސީރީޒްގެ އެންމެ ފަހުގެ ފޯނުތަކެވެ. މީގެ ތެރެއިން، ނޯޓް 10 ގައި 6.3 އިންޗީގެ ސްކްރީނެއް ހުންނައިރު 10 ޕްލަސްގައި ހުންނަނީ 6.8 އިންޗީގެ ސްކްރީނެކެވެ.

ގެލެކްސީ ނޯޓް 10 އާއި 10 ޕްލަސް ފޯނުތަކުގައި ބޭނުންކޮށްފައިވަނީ "އޯރާ" ކުލަ އެވެ. މިއީ އެކި ދިމާލުން ތަފާތު ކުލަތައް ފެންނަން ހުންނަ ގޮތަށް ތައްޔާރުކޮށްފައިވާ ކުލަ އެކެވެ. މިއީ މި ކުލަ ފޯނެއްގައި ބޭނުންކުރި ފުރަތަމަ ފަހަރެވެ. ނޯޓް 10 ފޯނުގެ ރެމްގައި 12 ޖީބީ އަދި ސްޓޯރޭޖްގައި 256 ޖީބީ ހިމަނާފައިވާއިރު މެމޮރީ ކާޑާއެކު މި ފޯނުގައި 1 ޓެރަބައިޓްގެ ސްޓޯރޭޖްއެއް ޤާއިމްކުރެވޭނެކަމަށް ސެމްސަންގުން ބުނެއެވެ. 4300 މިލިއަމްޕަޔަރުގެ ބެޓަރިއެއް ހިމެނޭއިރު 30 މިނެޓުގެ ޗާޖަކުން މުޅި ދުވަހަށް ހިފަހައްޓާލެވޭނެ ކަމަށް ސެމްސަންގުން ވަނީ ބުނެފައެވެ

އޮގަސްޓް މަހުގެ 8 ވަނަ ދުވަހު ސެމްސަންގުން ގެލެކްސީ ނޯޓް 10 ފުރަތަމަ ފަހަރަށް ދައްކާލާފައިވާއިރު ސެމްސަންގު ފޯނުތަކުގެ އައިކޯނިކް ފީޗާއެއްކަމަށްވާ 'ހެޑްފޯން ޖެކް ފީޗަރ' ހިމަނާފައެއް ނުވެއެވެ.