ހދ. ކުޅުދުއްފުށީ ދެކުނު އަވަށުގައި ހުންނަ ދެ ގެއަކަށް ވަގު ވަދެ ރިހާކުރު ފުޅި އަކާއި ތެލުލި ބަނބުކެޔޮ ދަޅެއް ވަގަށް ނަގައިފި އެވެ.

ކުޅުދުއްފުށީ އޮންލައިން އިން ރިޕޯޓްކުރާ ގޮތުގައި ދެ ގެޔަކަށް ވަގު ވަދެފައިވަނީ މި މަހުގެ އަށާރަ ވަނަ ދުވަހު ރޭގަނޑުގެ ވަގުތެއްގައި ކަމަށާއި އަދި އެ ދެގެއިންވެސް ވައްކަންކޮށްފައިވަނީ ބަދިގެއިން ކަމަށެވެ.

Ad
rt

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެތަނުން އެއް ގެއަކުން ރިހާކުރު ފުޅިއެއްގެ އިތުރުން ކަރަންޓް ޖަގަކާއި ކޮފީ މިކްސްޗަރެއް ވަގަށް ނަގައިފާވެއެވެ. އަދި އަނެއް ގެއިން ބަނބުކެޔޮ ދަޅުގެ އިތުރުން ކޭކް ފޮއްޓެއް ވަގަށް ނަގައިފާވެއެވެ.

އެ ދެގެއިންވެސް ވަގު ވަދެ ވައްކަން ކޮށްފައިވަނީ ބަދިގެ ތަޅު ނުލާހުއްޓައެވެ.