ގާނޫނު އަސާސީން ކަޝްމީރަށް ދީފައިވާ ހައްޤުތަކަށް އަރައިގަނެފައިވާ ކަމަސްބުނެ، މި މައްސަލަ އިންޓަނޭޝަން ކޯޓް އޮފް ޖަސްޓިސްއަށް ހުށައަޅާނެކަމަށް އަވަށްޓެރި ޕާކިސްތާނުން ބުނެފި އެވެ.

އިންޑިއާގެ އެ ނިންމުމަކީ ސީދާ މުސްލިމުންނަށް އަމާޒުކޮށް ބައިނަލްއަގުވާމީ މުއާހަދާތަކާއި ގާނޫނުތަކާ ހިލާފު ނިންމުމެއްކަމަށް ޕާކިސްތާނުން ވަނީ ބުނެފަ އެވެ. ޖަންމު އަދި ކަޝްމީރުގެ ބައެއް ޕާކިސްތާނުން ކޮންޓްރޯލްކުރާއިރު، އިންޑިއާގެ ކޮންޓްރޯލްގެ ދަށުގައިއޮތް ސަރަހައްދާ އޮތް ވިޔަފާރީގެ ގުޅުމާއި، ދަތުރުކުރުމުގެ ހުއްދަ ވަނީ އުވާލައިފަ އެވެ. އަދި ޕާކިސްތާނުގައި ހުންނަ އިންޑިއާ ސަފީރުވެސް ވަނީ އަނބުރާ ފޮނުވާލައިފަ އެވެ.

Ad
rt

އިންޑިއާގެ ގާނޫނު އަސާސީގެ 370 ވަނަ މާއްދާގެ ދަށުން ޖަންމު އަދި ކަޝްމީރަށް ދީފައިނުވާ ހައްގުތަކުގެ ތެރޭގައި، އެހެން ސްޓޭޓްތަކުގެ މީހުނަށް ކަޝްމީރުން ބިން ނުގަނެވުމާއި، ކަޝްމީރު ސްޓޭޓުގެ ސަރުކާރުން އިއުލާންކުރާ ވަޒީފާ އަދި ސްކޯލާޝިޕްތައް އެހެން ސްޓޭޓްތަކުގެ މީހުންނަށް ނުލިބުން އަދި އެހެން ސްޓޭޓުތަކުގެ މީހުނަށް ކަޝްމީރުގެ ރަށްވެހިކަން ވެސް ނުލިބުން ހިމެނެއެވެ.

"ޕާކިސްތާނުގެ ފޮރިން މިނިސްޓަރު ޝާހު މަހުމޫދު ގުރެއިޝީ އަންގާރަ ދުވަހު އޭއާރްވައި ނިއުސް އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، "ކަޝްމީރު މައްސަލަ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ފޮނުވަން ވަނީ ނިންމާފައި" ކަމަށެވެ. ގުރެއިޝީ ވިދާޅުވި ގޮތުގައި އިންޓަނޭޝަން ކޯޓް އޮފް ޖަސްޓިސްއަށް ޕާކިސްތާނުން ހުށައަޅާ މައްސަލަ ބިނާކޮށްފައިވަނީ މުސްލިމުންގެ އާބާދީ ބޮޑު ކަޝްމީރުގެ ރައްޔިތުންގެ އިންސާނީ ހައްގުތަކަށް އިންޑިއާއިން އަރައިގަންނަމުންދާ ކަމުގެ މައްޗަށް ކަމަށެވެ.

މިމައްސަލައާ ގުޅޭ ގޮތުން، އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ފޯނު ވާހަކަ ދައްކަވައި، ޕާކިސްތާނާއި އެކު ވާހަކަ ދައްކައިގެން މި މައްސަލައަށް ހައްލެއް ހޯދުމަށް އިލްތިމާސްކިރައްވާފައެވެ. އަދި ފްރެންޗް އޮފިޝަލަކު މީޑިއާއަށް މައުލޫމާތު ދެމުން ބުނީ، އަންނަ އަންގާރަ ދުވަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ފްރާންސްގެ ވެރިރަށް ޕެރިސްއަށް ކުރައްވާ ދަތުރުފުޅުގައި ކަޝްމީރުގައި ކުރިއަށްދާ ހަމަނުޖެހުންތަކާއި ގުޅެގޮތުން އެޤައުމުގެ ރައީސް އެމަނުއެލް މެކްރޮން ވާހަކަފުޅު ދައްކަވާނެ ކަމަށެވެ.