ނ. ހޮޅުދޫގައި އަމިއްލަ ފަރާތަކުން ފިޓްނަސް ސެންޓަރެއް ހުޅުވައިފި އެވެ.

ހޮޅުދޫގައި މި ފިޓްނަސް ސެންޓަރު ގާއިމުކޮށްފައިވަނީ އެ ރަށަށް ކުޅިވަރުގެ ދާއިރާއިން ގިނަ ޚިދުމަތްތަކެއް ކޮށްދެމުން އަންނަ މޫސާ އިބްރާހީމް އެވެ. ހޮޅުދޫ ރައްޔިތުންނަށް އެ ރަށުގައި ފިޓްނަސް ސެންޓަރެއް ހުޅުވިއިރު، މިއީ ނ. އަތޮޅުގައިވެސް އަމިއްލަ ފަރާތަކުން އިސްނަގައިގެން ފިޓްނަސް ސެންޓަރެއް ހުޅުވި ފުރަތަމަ ފަހަރެވެ.

Ad
rt

ހޮޅުދޫ ރައްޔިތުންނަށް ފިޓްނަސް ސެންޓަރެއް އެ ރަށުގައި ހުޅުވި މޫސަ ބުނީ މި ސެންޓަރަކީ ހޮޅުދޫގެ މުޖުތަމައަށް އެތަށް ގޮތަކުން ފައިދާކުރާނެ ސެންޓަރެއް ކަމަށާއި، މިއީ ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެނެއް ކަމަށެވެ. އަދި މި ސެންޓަރުގެ ޚިދުމަތްތައް ރާވާލާފައިވާނީ އަގުހެޔޮކޮށް ރައްޔިތުންނަށް ޚިދުމަތް ލިބޭ ގޮތަކަށް ކަމަށްވެސް ބުންޏެވެ.

ފިޓްނެސް ސެންޓަރެއް ހުޅުވުމުގެ އިތުރުން އެ ރަށު ކުޑަކުދިންނަށް އަމާޒުކޮށްގެން މޫސާ އަންނަނީ "މައި ޔުޓައިލް ސްޕޯޓްސް އެކަޑަމީ" (މޫސަ އެކަޑަމީ) ގެ ނަމުގައި އެކަޑަމީއެއްވެސް ހިންގަމުންނެވެ. މި އެކަޑަމީ އަކީ ރާއްޖޭގެ ރަށެއްގައި ކުރިއަށްގެންދާ އެންމެ ފެންވަރު ރަނގަޅު އެއް އެކަޑަމީއެވެ. 2016 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ މި އެކަޑަމީގައި 200 އަށްވުރެ ގިނަ ކުޑަކުދިން އަންނަނީ ތަމްރީނުވަމުންނެވެ.