ގޯލްޑަން ފުޓްސަލް ޗެލެންޖް: އިހަވަންދޫ، ނާވައިދޫ، ކަނޑިތީމު އަތޮޅު ޗެމްޕިއަންކަން ހޯދައިފި
ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓުސަލް ޗެލެންޖް 2022 ގައި އިހަވަންދޫ، ނާވައިދޫ، އަދި ކަނޑިތީމު އަތޮޅު ޗެމްޕިއަންކަން ހޯދައިފިއެވެ. ހއ. އަތޮޅު ޗެމްޕިއަންކަން އިހަވަންދޫ ހޯދީ ފައިނަލްގައި 2-0 ގެ ނަތީޖާއިން ހޯރަފުށި މަށްޗައް ކުރި ހޯދައިގެންނެވެ. މި މެޗުގެ ފުރަތަމަ ގޯލް ޖަހައިދީފަވަނީ ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ސުހައިލް އެވެ. ދެވަނަ ގޯލް އިހަވަންދޫއަށް ޖަހައިދިނީ މެޗުގެ އެންމެ ފަހު މިނެޓުގައި ނަޝީދު އެވެ. މި ގޯލް ނަޝީދު ޖަހާފައިވަނީ ކައުންޓައެޓޭކެއްގައި އަރިމަތިން ހާމިދު […]