ޔޫރޯ ޗެމްޕިއަން އިޓަލީއަށް ވޯލްޑްކަޕް ގެއްލިއްޖެ
އެންމެފަހުގެ ޔޯރޯ ޗެމްޕިއަން އިޓަލީއަށް އަނެއްކާވެސް ވޯރލްޑްކަޕް އަށް ކޮލިފައިނުވެ ބޮޑު ލަދަކާ ކުރިމަތިލާންޖެހިއްޖެއެވެ. 2018 ވަނަ އަހަރުގެ ވޯލްޑްކަޕަށްވެސް އިޓަލީ ކޮލިފައިވެފާ ނުވާއިރު ޖެހި ޖެހިގެން ދެ ވޯލްޑްކަޕަށް އިޓަލީ ކޮލިފައިނުވި މީ ފުރަތަމަ ފަހަރެވެ. 2006 ވަނަ އަހަރު ވޯލްޑްކަޕް ހޯދިފަހުން އިޓަލީ ފެންނަނީ ވޯލްޑްކަޕްގައި ވަރަށް ދަށްކޮށްނެވެ. 2010 އަދި 2014 ވަނަ އަހަރު ވޯލްޑްކަޕްގައި ގްރޫޕް ސްޓޭޖުން ކަޓާފަ ވާއިރު 2018 އަދި މި އަހަރުގެ ވޯލްޑްކަޕް އަށް ކޮލިފައިވާގޮތްވަނީ ނުވެފައެވެ. […]