ލަލީގާ ގައި އާދިއްތަ ދުވަހުގެ ރޭ ކުޅުނު މެޗުން ފަސޭހަ ކަމާއެކީ ބިލްބާއޯ ގެ މައްޗަށް ބާސާއިން ކުރި ހޯދައިފިއެވެ.
ބާސާގެ ދަނޑުގައި ކުޅުނު މެޗުން ބާސާ މޮޅުވީ 4-0 ގެ ނަތީޖާއިންނެވެ.
ލީގު ފެށިގެން އައި އިރު ފޯމް ގެއްލިފައިވާ ބާސާއިން ވަނީ ފަހުން ކުޅުން ރަނގަޅުކޮށް މުހިންމު މެޗުތަކަކުން މޮޅުވެފައެވެ. އެގޮތުން މި އަހަރުފެށުނު ފަހުން އަދި ބާސެލޯނާ ލީގު މެޗަކުން ބަލި ވެފައެއްނުވެއެވެ.
ރޭގެ މެޗު ފަށައިގެން ފުރުތަމަ ހަމަލާ ފޮނުވާލައިފައިވަނީ ބާސާއިންނެވެ. 17 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިޔާގެ މެދާހިސާބުން ގަވީ ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ހުރަސް ދަޑި މަތިން ބޭރަށެވެ.
އޭގެ 13 މިނެޓް ފަހުން ފެރާން ޓްރޭޒް ގޯލް އޭރިޔާ ކަނާދިމާލުން ފޮނުވާލި ބޯޅަ ބިލްބާއޯގެ ކީޕަރު ވަނީ މަތަކޮށްފައެވެ.
މެޗުގެ 39 ވަނަ މިނެޓްގައި ނެގި ކޯނާ ޕީކޭ ބޮލުން ފޮނުވާލުމުން ހުރަސް ދަޑީގައި ޖެހިފަ ނިކުންތަނުން މި އަހަރުގެ ޖެނުއަރީ ޓްރާސްފާގައި ބާސާ އާއި ގުޅުނު އޮބާމަޔަންގް ވަނީ އެބޯޅަ ގޯލް ތެރެއަށް ވައްދާލައިގެން ބާސާއަށް މެޗުގެ ފުރަތަމަ ގޯލް ކާމިޔާބު ކޮށްދީފައެވެ.
ބާސާގެ ކުޅުންތެރިންގެ ފަރާތުން މޮޅުކުލުމެއްފެނިގެން ދިޔަ މި މެޗުގެ ދެވަނަ ގޯލް ޖަހައިދީފައިވަނީ މެޗުގެ 73 ވަނަ މިނެޓުގައި ޑިޔޮންގް ގެ އެހީތެރިކަމާއކުގައި އޮސްމާން ޑެމްބެލޭ އެވެ.
ބިލްބާއޯގެ ޑިފެންސައް ބާރު ބޮޑުކުރަމުން ދިޔަ ބާސާގެ ތިންވަނަ ލަނޑަކީ ޑެމްބެލޭ ތަނަވަސްކޮށްދިން ފުރުސަތަކުން ޑީޔޮންގ ކާމިޔާބުކުރި ލަނޑެކެވެ.
މެޗުގެ 90 ވަނަ މިނެޓުގައި ޑިޔޮންގ މިލަނޑު ޖެހިއިރު މެޗުގައި ބާސާއިން 4 ވަނަ ލަނޑު ޖެހީ އިތުރުވަގުތުގެ ގޮތުގައި ދެއްކި ތިންވަނަ މިނެޓުގައެވެ. މިއީވެސް ޑެމްބެލޭގެ ޕާހަކުން ކާމިޔާބުކުރި ލަނޑެކެވެ. މިލަނޑު ބާސާ އަށް ކާމިޔާބު ކޮށްދިނީ މެމްފިސް ޑީޕާއި އެވެ.
މިމޮޅާއެކު ބާސާއަށް 25 މެޗުން ލިބުނު 45 ޕޮއިންޓާއެކު އޮތީ ތާވަލުގެ 4 ވަނައިގައެވެ. ބިލްބާއޯ އޮތީ 26 މެޗުން 37 ޕޮއިންޓާއެކު ތާވަލުގެ 9 ވަނައިގައެވެ.
ލަލީގާގައި ކުޅުނު އިތުރު މެޗުތަކަށް ބަލާއިރު ސެލްޓަ ދި ވިގޯ މައްޗަށް އަމިއްލަ ދަނޑުގައި އެތުލެޓިކޯ މެޑްރިޑް ވަނީ ކުރިހޯދާފައެވެ. 2-0 ގެ ނަތީޖާއިން އެތުލެޓިކޯ މޮޅުވި މި މެޗުގައި ދެ ލަނޑުވެސް ޖަހާފައިވަނީ ރެނަން ލޮޑީ އެވެ. 36 އަދި 60 ވަނަ މިނެޓްގައި ލޮޑީ ޖަހައިދިން ގޯލް ތަކާއެކު 26 މެޗުން ލިބުނު 45 ޕޮއިންޓާއެކު 5 ވަނައިގައި އެތުލެޓިކޯ އޮތްއިރު ސަލްޓަ ދި ވިގޯ އޮތީ 26 މެޗުން ލިބުނު 32 ޕޮއިންޓާއެކު ތާވަލްގެ 5 ވަނައިގައެވެ.
5-1 ގެ ނަތީޖާއިން އިސްޕަންޔޯލް ގެ މައްޗަށް ވިލަރެއާލް ވަނީ ކުރި ހޯދާފައެވެ. 19 އަހަރުގެ ފޯވާޑް ޔެރަމީ ޕިނޯ ވަނީ މި މެޗުގައި 4 ގޯލް ޖަހާފައެވެ. ޕިނޯ ގޯލްތަށް ޖަހާފައިވަނީ 14-20-46-53 ވަނަ މިނެޓްގައެވެ. 5 ވަނަ ގޯލް މެޗުގެ 86 ހަވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ބައުލެޔޭ ޑިއާ އެވެ. އިސްޕަންޔޯލްގެ ހަމަ އެކަނި ގޯލް މެޗުގެ 65 މޮނެޓުގައި ކާމިޔާބު ކޮށްދިނި ކެއިޑިބާ އެވެ.
ރިއާލް ބެޓިސް މެޗުން ސެވިއްޔާ މޮޅުވީ 2-1 ގެ ނަތީޖާއިންނެވެ. ސެވިއްޔާގެ ފުރަތަަމަ ގޯލް ލިބުނު ޕެނަލްޓީއަކުން ރަކިޓިޗް ކާމިޔާބު ކޮށްދިން އިރު ދެވަނަ ގޯލް ކާމިޔާބު ކޮށްދިނީ 41 ވަނަ މިނެޓްގައި އެލްހަޑާޑީ އެވެ. ރިއާލް ބެޓިސް ގެ ގޯލް ކާމިޔާބު ކޮށްދިނީ އިތުރުވަގުތުގައި ސާޖިއޯ ކެނާލެސް އެވެ. 26 މެޗުން ސެވިއްޔާއަށް 54 ޕޮއިންޓާއެކު 2 ވަނަ ލިބޭއިރު 46 ޕޮއިންޓާއެކު ބެޓިސް އަށް ލިބެނީ 3 ވަނައެވެ.
ރިއާލް ސޮސައިޑާ މެޗު ކާމިޔާބު ކުރީ 1-0 ގެ ނަތީޖާއިން އޮސަސޫނާ ބަލިކޮށްގެންނެވެ. މި މެޗުގައި ފެނުނު ހަމަ އެކަނި ގޯލް މެޗުގެ 52 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ އެލުސްޓޮންޑޯ އެވެ. 25 މެޗުން 41 ޕޮއިންޓް ހޯދައިގެން ސޮސައިޑާ އޮތީ ތާވަލްގެ 7 ވަނައިގައެވެ. އޮސަސޫނާއަށް ތާވަލްގެ 11 ވަނަ ލިބެނީ 26 މެޗުން ހޯދި 32 ޕޮއިންޓާއެކުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!