ހދ. ނޭކުރެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއިން އިންތިޒާމް ކޮށްގެން އެރަށުގައި ކައްކަން ދަސްކޮށްދޭ ކޯހެއް ކާމިޔާބުކަމާއެކު ކުރިޔަށްގެންގޮސް ނިއްމާލައިފިއެވެ.

ދެޖިންސްގެ ބޭފުޅުންނަށްވެސް ބައިވެރިވެވޭގޮތަށް ކުރިޔަށް ގެންދިޔަ މި ކޯހުގައި ކިޔަވައިދެއްވީ ޝެފް މުހައްމަދު އަފްޝާން އަސްފާގް އެވެ. "އަފްގާން ކުކުބުކް" އާއި ގުޅިގެން ކުރިޔަށްދިޔަ މި ކޯހުގައި 9 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.

Ad
rt

މިކޯހުގައި ވަނީ ތަފާތު އެކިވައްތަރުގެ ކާނާ ތައްޔާރު ކުރާނެގޮތް ކިޔައިދީފައެވެ. އަދި ކޯސް ނިއްމާލުމުގެ ގޮތުން ކޯހުގެ ބައިވެރިން ތައްޔާރުކުރި އެކިކަހަލަ ކާ ތަކެތި ހިމެނޭ މަޢުރަޒެއް ރަށުގެ ހުރިހާ ރައްޔިތުންނަށް ފުރުސަތު ހުޅުވާލައިގެން ވަނީ ބާއްވާފައެވެ.

މި މަހު 11 އިން 16 އަށް ކުރިޔަށްދިޔަ މި ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލު ކޮށްދިނީ ކޯސް ނިއްމުމުގެ ރަސްމިއްޔާތުގައި ކޯހުގައި ކިޔަވާދެއްވި ޝެފް މުހައްމަދު އަފްޝާން އަސްފާގް އެވެ. ނިއްމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިމަހުގެ 21 ވަނަދުވަހުގެ ރެއެވެ.

ކޯހުގެ ބައިވެރިން ތައްޔާޜުކުރި ކާނާގެ ބާވަތެއް،

މި ކޯހުގެ ސަބަބުން ކެއްކުމުގެ ދާއިރާއިން ކުރިން ނޭގޭ ވަރަށް ގިނަ މައުލޫމާތުތައް އެނގިގެން ދިޔަ ކަމަށް ކޯހުގެ ބައިވެރިޔަކު ވަނީ "ތިލަދުން"އަށް ވާހަކަ ދައްކަމުން ބުނެފައެވެ.

"އަސްލު ކުރިން ނޭނގޭ ވަރަށް ގިނަ އެއްޗެހި އެނގުން ވަރަށް ސިމްޕަލް ކަންކަން ވެސް އެނގުން ކެއްކުމުގައި އެ ކައްކާ އެއްޗެއްގެ ރަހަ މީރުކޮށްލުމަށް" އެ ބައިވެރިޔާ ބުންޏެވެ.

ކޯހުގެ ބައިވެރިންގެ ކައްކާފައިވާ ބައެއް ކެއްކުންތައް

އިތުރު ބައިވެރިޔަކު ބުނި ގޮތުގައި މީ އާއްމު ދިރިއުޅުމުގައި ކާން ބޭނުންކުރާ ކާތަކެތި ތައްޔާރު ކުރާއިރު ވެސް ރަހަ ތަފާތުކޮށްލަން ކުރެވިދާނެ ކަންތައްތަކެން އެގިގެންދިޔަ ކޯހެއްކަމަށްށެވެ.

މިކޯސް ކުރިޔަށް ގެންދިއުމަށް އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް ނޭކުރެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން ވަނީ ޝުކުރު އަދާކޮށްފައެވެ.

ނޭކުރެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން ދަނީ ގިނަ ހަރަކާތްތަކެއް ރާވާ ހިންގުމުގެ އިތުރުން، ރަށުގައި ހިންގޭ އިޖުތިމާއީ އަދި މިނޫންވެސް ރަށުގެ ތަރައްގީއާއި ގުޅުންހުރި ކަންކަމުގައި އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށް ދެމުންނެވެ. ނޭކުރެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ ފާހަގަކުރެވެނީ ހަރަކާތްތެރި ބައެއްގެ ގޮތުގައެވެ.