ރާއްޖޭގެ ބާއްވާ އެންމެ ފޯރިގަދަ އެއް ފުޓްސަލް މުބާރާތް ‘ސްނީ ސްޕޯރޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް’ މިރޭފަށާނެއެވެ.

91 ޓީމާއެކު މިފަހަރުގެ މުބާރާތް ކުރިޔަށް ދާނީ ހުޅުމާލެ ރެހެންދި ފުޓުސަލް ދަނޑު 1 އަދި 2 ގައެވެ.

Ad
rt

މިރޭ މި މުބާރާތުގެ 6 މެޗު ކުޅެން ހަމަ ޖެހިފަވާއިރު 1ނަމްބަރު ދަނޑުގައި 20:15 ގައި ވަށަފަރު ހޯރަފުއްޓާއި ދެކޮޅަށް ނުކުންނައިރު، ހަމަ އެ ގަޑީގައި 2ނަމްބަރ ދަނޑުގައި ކުމުންދޫ ނިކުންނާނީ ފިނޭ އާއި ދެކޮޅަށެވެ. 21:15 ގައި ދިއްދޫ އަދި މާރަންދޫ ގެ ކުރިމަތިލުން ކުރިޔަށް ދާނީ 1 ނަމްބަރ ދަނޑުގައެވެ. 21:15 ގައި 2 ނަމްބަރ ދަނޑުގައި ނޭކުރެންދޫ ނިކުންނާނީ ނާވާދޫ އާއި ދެކޮޅަށެވެ. މިލަންދޫ އާއި ބިލެއްފަހި 1 ނަމްބަރު ދަނޑުގައި 22:15 ގައި ބައްދަލު ކުރާއިރު ކޮމަންޑޫއާއި ފޯކައިދޫ ގެ ކުރިމަތިލުން 22:15 ގައި ކުރިޔަށް ދާނީ 2 ނަމްބަރ ދަނޑުގައެވެ.

ވ އަތޮޅު ފިޔަވާ ހުރިހާ އަތޮޅަކުން ބައިވެރިވި މިފަހަރުގެ މުބާރާތުގައި 177 މެޗު ކުޅުމަށް ހަމަޖެހިފައި ވާއިރު މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ތާވަލް ކޮށްފައިވަނީ އަންނަ މާޗުމަހު 30 ވަނަ ދުވަހުއެވެ.

މި މުބާރާތަކީ ރަށްރަށުގައި ތިބި ފުޓުސަލް ކުޅޭ ކުދިންނަށް އެކުދިންގެ ހުނަރު ދައްކާލަން ލިބޭ ރަނުގެ ފުރުސަތެކެވެ.

މި މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަންޓީމަކީ ތިމަރަފުއްޓެވެ