ސްނީސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް ގައި 2 ވަނަ ރޭ ކުޅުނު މެޗުތަކުން ހއ. އިހަވަންދޫ، ހދ. ވައިކަރަދޫ، މަކުނުދޫ، ކަނޑިތީމް އަދި ގޮއިދޫ ވެސް ކުޅުނު މެޗްކާމިޔާބު ކޮށްފި އެވެ.
ރޭ ހއ އަތޮޅުގެ 2 މެޗެއް ކުޅެފައިވާއިރު މުރައިދޫ ކެލާ ބައްދަލުކުރި މެޗް 1-1 ގެ ނަތީޖާއަކުންވަނީ އެއްވަރުވެފަވާއިރު 3-2 ގެ ނަތީޖާއިން ބާރަށް މައްޗަށް އިހަވަންދޫ ވަނީ ކުރިހޯދާފައެވެ.
ހދ.އަތޮޅުގެ 2 މެޗު ކުޅެފައިވާއިރު 4-3 ގެ ނަތީޖާއިން މަކުނުދޫވަނީ ނެއްލައިދޫ ބަލިކޮށްފައެވެ. ދެވަނަ މެޗުގައި ކުޅުދުއްފުށިން 2 ގޯލް ޖެހިއިރު 7 ގޯލް ޖަހާ ވައިކަރަދޫއިން ވަނީ ބޮޑު ތަފާތަކުން މެޗު ކާމިޔާބު ކޮށްފައެވެ.
ށ. އަތޮޅުގެ މެޗުތަކުން ކަނޑިތީމް މަރޮށި ބައްދަލުކުރި މެޗް 5-0 ގެ ނަތީޖާއިން ކަނޑިތީމް މޮޅުވިއިރު ގޮއިދޫއިން އިންވަނީ 3-1 ގެ ނަތީޖާއިން ފީވަށް ބަލިކޮށްފައެވެ.
މިރޭވެސް މި މުބާރާތުގައި 6 މެޗެއް ކުޅުމަށް ވަނީ ތާވަލު ކުރެވިފައެވެ.
މިރޭ 1ނަމްބަރ ދަނޑުގައި ކުޅުމަށް ހަމަޖެހިފާވާ މެޗުތަށް
20:15 ބިލެއްފަހި ، ފޯކައިދޫ
21:15 މިލަންދޫ ، ކޮމަންޑޫ
22:15 ހޯރަފުށި ، މާރަންދޫ
މިރޭ 2ނަމްބަރ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މެޗުތަށް
20:15 ފިނޭ ، ނާވައިދޫ
21:15 ކުމުންދޫ ، ނޭކުރެންދޫ
22:15 ވަށަފަރު ، ދިއްދޫ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!