ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓުސަލް ޗެލެންޖް 2022 ގައި އިހަވަންދޫ، ނާވައިދޫ، އަދި ކަނޑިތީމު އަތޮޅު ޗެމްޕިއަންކަން ހޯދައިފިއެވެ.

ހއ. އަތޮޅު ޗެމްޕިއަންކަން އިހަވަންދޫ ހޯދީ ފައިނަލްގައި 2-0 ގެ ނަތީޖާއިން ހޯރަފުށި މަށްޗައް ކުރި ހޯދައިގެންނެވެ.

Ad
rt

މި މެޗުގެ ފުރަތަމަ ގޯލް ޖަހައިދީފަވަނީ ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ސުހައިލް އެވެ. ދެވަނަ ގޯލް އިހަވަންދޫއަށް ޖަހައިދިނީ މެޗުގެ އެންމެ ފަހު މިނެޓުގައި ނަޝީދު އެވެ. މި ގޯލް ނަޝީދު ޖަހާފައިވަނީ ކައުންޓައެޓޭކެއްގައި އަރިމަތިން ހާމިދު ބޯޅަ ހިފައިގެންއައިސް ދިން ޕާހަކުން މުޅިން ހުސްކޮށް ހުރެއެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީ އިހަވަންދޫ ޓީމުގެ އިބުރާހިމް ސުހައިލް އެވެ. އެންމެގިނަގޯލް ޖެހި ކުޅުންތެރިޔަކީ އހަވަންދޫގެ އިބްރާހިމް ހާމިދު އެވެ. ހއ އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް ހޮވުނީ އހަވަންދޫގެ އިބްރާހިމް ހާމިދު އެވެ.

ހއ. ޗެމްޕިއަންކަން ހޯދި އިވަންދޫ ޓީމް، ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭސަން

ހދ. އަތޮޅު ޗެމްޕިއަންކަން ހޯދީ ވައިކަރަދޫގެ މައްޗައް 7-1 ގެ ނަތީޖާއަކުން ކުރިހޯދި ނާވައިދޫއެވެ.

މި މުބާރާތުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ނާވައިދޫ ޓީމްގެ ފުރަތަމަ ގޯލް މެޗުގެ 9 ވަނަ މިނެޓުގައި ޖަހައިދިނީ ޓީމުގެ ކެޕްޓަން އަހުމަދެވެ. ދެވަނަ ގޯލް ޖަހައިދިނީ 17 ވަނަ މިނެޓް ގައި ރާއްޖޭގެ މަސްހޫރު ފުޓްސަލް ކުޅުންތެރިޔެއްކަމުގައިވާ ޝާފިއު (ޝާއްޕެ) އެވެ. ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ޝާއްޕެ ވަނީ ނާވައިދޫގެ ތިންވަނަ ލަނޑު ކާމިޔާބު ކޮށްދީފައެވެ. ދެވަނަ ހާފްގެ 3 ވަނަ މިނެޓްގައި ނާވައިދޫގެ ހަތަރު ވަނަ ގޯލާއެކީ ޝާއްޕެ ހެޓްރިކް ހަދާފައެވެ. ފަސްވަނަ ގޯލްއަކީ ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކުރި ގޯލެކެވެ. މި ޕެނަލްޓީއަކީ އޭރިޔާތެރެއިން ޝާއްޕެއަށް ކުރި ފައުލަކާ ގުޅިގެން ދެވަނަ ހާފުގެ 9 ވަނަ މިނެޓް ގައި ދިންޕެނަލްޓީއެކެވެ. އޭގެ މިނިޓެއްފަހުން ނާވައިދޫއިން ވަނީ 6 ވަނަ ގޯލް ޖަހާފައެވެ. މެޗުގެ މޮޅުކުޅުންތެރިޔާ ޝާއްޕެގެ 4 ވަނަ ގޯލް މެޗުގެ ނާވައިދޫގެ 7 ވަނަ ގޯލް ފެނިފައިވަނީ މެޗުގެ އިތުރު ވަގުތުއެވެ.

ހދ. އަތޮޅު ޗެމްޕިއަން ނައިވާދޫ ޓީމް، ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭސަން

ވައިކަރަދޫގެ ގޯލް ފެނިގެން ގޮސްފައިވަނީ ފުރަތަމަ ހާފުގެ 18 ވަނަ މިނެޓުގައެވެ. މި ގޯލް ވަދެފަ ވަނީ ނާވައިދޫގެ ކެޕްޓަން ގައިގަޖެހިފަ ބައިކޮޅަށެވެ. ހދ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް އަހުމަދު ހަމީދު ހޮވުނުއިރު، އެންމެ ގިނަ ގޯލް ޖެހި ކުޅުން ތެރިޔާގެ މަގާމް ހޯދައިފަވަނީ އަބްދުއްالله ޝާފިއު އަދި އަހުމަދު ހަމީދެވެ. މީގެން ކޮންމެ ކުޅުންތެރިޔަކު ވަނީ 9 ގޯލް ޖަހާފައެވެ.

ށ. އަތޮޅުގެ ޗެމްޕިއަންޓީމަކީ ކަނޑިތީމެވެ. ކަނޑިތީމް ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ފޯރިގަދަ ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއިން މިލަންދޫގެ މައްޗަށް ކުރި ހޯދައިގެންނެވެ.

މި މެޗުގެ ފުރަތަމަ ގޯލް ކާމިޔާބު ކޮށްދިނީ ފުރަތަަމަ ހާފްގެ ފަހު މިނެޓް ގައި ލިބުނު ދުރު ޕެނަލްޓީއަކުން ޓީމްގެ ކެޕްޓަން ހުސައިން ވާފިރު އެވެ. ކަނޑިތީމްގެ ދެވަނަ ގޯލްވެސް ޖަހައިދީފައިވަނީ ވާފިރު އެވެ. ދެވަނަ ހާފުގެ 4 ވަނަ މިނެޓްގައި ވާފިރު ފޮނުވަލި ބޯޅަ ގޯލް ތެރެއަށްވަނީ ދަޑީގަޖެހިފައެވެ. އޭގެ މިނިޓެއްފަހުން މިލަންދޫއިން ލަޑެއްޖަހާ މެޗުން މޮޅުވުމުގެ އުއްމީދު އާކުރިއެވެ. އެހެންނަމަވެސް މެޗު ނިމުނީ އިތުރު ލަޑެއް ނުޖެހި ކަނޑިތީމު މޮޅުވެގެންނެވެ.

މި މެޗުގެ މޮޅުކުޅުން ތެރިޔާ، ށ. އަތޮޅުގެ އެންމެގިނަ ގޯލް ޖެހި ކުޅުންތެރިޔާ އަދި އެންމެ މޮޅު ކުޅުންތރިޔާއަށް ވެސް ހޮވިފައިވަނީ ކަނޑިތީމުގެ އިބްރާހިމް ނަދާދް އެވެ.

ށ. ޗެމްޕިއަން ކަނޑިތީމު ޓީމް، ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭސަން

ހއ. ހދ. އަދި ށ. އަތޮޅުން ޒޯން ބުރަށް ހޮވިފައިވަނީ ކަނޑިތީމް، މިލަންދޫ، ނާވައިދޫ، ވައިކަރަދޫ، އިހަވަންދޫ އަދި ހޯރަފުށި އެވެ. ދެ ގްރޫޕް އަކަށް ބަހާލައިގެން ކުރިޔަށް ދާ ޒޯން އެކެއްގެ މެޗްތަށް އޮންނާނީ މާޗް 1،.16،18 ގައެވެ.

ޒޯން 1 ގެ ގްރޫޕް A ގައި ހިމެނެނީ ( ކަނޑިތީމް، ހޯރަފުށި އަދި ވައިކަރަދޫ )

ޒޯން 1 ގެ ގްރޫޕް B ގައި ހިމެނެނީ ( މިލަންދޫ ، ނާވައިދޫ ، އަދި އިހަވަނދޫ )

ޒޯން 1 ގެ ފައިނަލް އޮށްނާނީ މާޗް 20 ގައެވެ.