ސޮނީސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް ބުދަ ދުވަހުގެ ރޭ ކުޅުނު މެޗުން ނާވައިދޫއިން ކުމުންދޫ ލަދުގަންނަވާލައި، ކުމުންދޫ ކޮޅަށް 22 ގޯލް ޖަހައިފިއެވެ.
މި މެޗްގައި ކުމުންދޫއަށް ޖެހިފައިވަނީ 2 ގޯލްއެވެ.
ބުދަ ދުވަހުގެ ރޭ ކުޅުނު މި ގްރޫޕްގެ އަނެއް މެޗުން ނޭކުރެންދޫ އިން ފިނޭގެ މައްޗައް ކުރި ހޯދީ 10-0 ގެ ނަތީޖާއިންނެވެ. މި ގްރޫޕް އިން ފައިނަލަށް ގޮސްފައިވަނީ ނާވައިދޫ އެވެ. ނޭކުރެންދޫ އަދި ނާވައިދޫއަށް ވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ. ނާވައިދޫއަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ.
ފައިނަލުގައި ނާވައިދޫ އާއި ބައްދަލު ކުރާނެ ޓީމެއް އެގޭނީ ހދ. އަތޮޅު ގްރޫޕް ބީގެ ފަހުމެޗުތައް ކުޅުމުންނެވެ. މި ގްރޫޕުގެ ފަހުމެޗްތަށް އޮންނާނީ ބުރާސްފަތި ދުވަހުގެ ރެއެވެ.
ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ހއ. އަތޮޅު ގްރޫޕް އޭގެ ދެމެޗް ވެސް ނިމިފަވަނީ އެއްވަރު ވެގެންނެވެ. ވަށަފަރާއި، މާރަންދޫ ބައްދަލުކުރި މެޗު ނިމުނީ 3-3- ކުންނެވެ. ދިއްދޫއާއި، ހޯރަފުށި ބައްދަލުކުރިމެޗް އެއްވަރުވީ 4-4 ކުންނެވެ. މި ގްރޫޕްއިން 7 ޕޮއިންޓާއެކު ފައިނަލަށް ދިޔައީ ހޯރަފުއްޓެވެ.
ރޭ ވަނީ ށ. އަތޮޅުންވެސް ގްރޫޕް އޭގެ ދެމެޗެއްކުޅެފައެވެ. މި ގްރޫޕުން މިލަންދޫއިން ވަނީ ފޯކައިދޫގެ މައްޗަށް ކުރި ހޯދާ ފައިނަލްގެ ޖާގައެއް ކަށަވަރު ކޮށްފައެވެ. ދެޓީމުގެ ފަރާތުންވެސް ހަމަނުޖެހުން ފެނިގެންދިޔަ މިމެޗުން މިލަންދޫ މޮޅުވީ 2-0 ގެ ނަތީޖާއިންނެވެ. އަދި ބިލެއްފަހި ވަނީ 5-4 ގެ ނަތީޖާއިން ކޮމަންޑޫ މަށްޗަށް ކުރި ހޯދާފައެވެ.
ބުރާސްފަތި ދުވަހުގެ ރޭ ކުޅޭ މެޗުތައް
ހއ. އަތޮޅުގެ މެޗުތައް، 20:15 ގައި
ކެލާ ، ބާރަށް މެޗު 1 ނަމްބަރ ދަނޑުގައި އަދި އިހަވަންދޫ، މުރައިދޫ މެޗު 2 ނަމްބަރު ދަނޑުގައި
ހދ. އަތޮޅު މެޗުތައް 22:15 ގައި
މަކުނުދޫ، ކުޅުދުއްފުށި 1 ނަމްބަރު ދަނޑުގައި އަދި ވައިކަރަދޫ، ނެއްލައިދޫ 2 ނަމްބަރު ދަނޑުގައި
ށ. އަތޮޅު މެޗްތައް 21:15 ގައި
ގޮއިދޫ، މަރޮށި 1 ނަމްބަރު ދަނޑުގައި އަދި ކަނޑިތީމު، ފީވަށް 2 ނަމްބަރު ދަނޑުގައި
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!