ސޮނީސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށް ހދ. ވައިކަރަދޫ އާއި ހއ. އިހަވަންދޫ އަދި ށ. ކަނޑިތީމުން ކުޅުނު މެޗުތަކުން މޮޅުވެ ފައިނަލާގާތަށް ޖެހިލައިފިއެވެ.
ރޭގެ މެޗްތަކުގައި މަކުނުދޫގެ މައްޗަށް ވައިކަރަދޫ އިން ކުރިހޯދީ 3-2 އިންނެވެ. އަދި އިހަވަންދޫ އިން ވަނީ 1-0 އިން ކެލާ ބަލިކޮށްފަ އެވެ.
ކަނޑިތީމުން ގޮއިދޫ ބަލިކުރީ 3-0 އިންނެވެ. ނެއްލައިދޫ އަތުން ކުޅުދުއްފުށި މޮޅުވީ 3-1 އިންނެވެ. އަދި މަރޮށިން ވަނީ 4-3 އިން އެ އަތޮޅު ފީވައް ބަލިކޮށްފަ އެވެ.
މީގެ އިތުރުން ބާރަށް އަތުން މުރައިދޫ ވަނީ 5-0 އިން މޮޅެއް ހޯދާފައެވެ.
ހުޅުމާލޭގައި ކުރިއަށްދާ މި މުބާރާތުގައި މިރޭ ހއ. ހދ. ށ އަތޮޅުގެ ގްރޫޕް އޭގެ ފަހުމެޗުތަށް ކުޅޭނެއެވެ.
މިރޭގެ މެޗްތައް:
- ހއ. އަތޮޅު މެޗުތަށް ކުޅޭނީ 20:15 ގައެވެ.
1 ނަމްބަރު ދަނޑުގައި ވަށަފަރު މާރަންދޫ އަދި 2 ނަމްބަރ ދަނޑުގައި ދިއްދޫ، ހޯރަފުށި
- ހދ. އަތޮޅު މެޗުތަށް ކުޅޭނީ 22:15 ގައެވެ.
1 ނަމްބަރު ދަނޑުގައި ނާވައިދޫ، ކުމުންދޫ އަދި 2 ނަމްބަރު ދަނޑުގައި ނޭކުރެންދޫ، ފިނޭ
- ށ. އަތޮޅު މެޗުތަށް ކުޅޭނީ 21:15 ގައެވެ.
1 ނަމްބަރު ދަނޑުގައި ފޯކައިދޫ، މިލަންދޫ އަދި 2 ނަމްބަރު ދަނޑުގައި ބިލެއްފަހި، ކޮމަންޑޫ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!