ސޮނީސްޕޯރޓްސް ގޯލްޑަން ފުޓުސަލް ޗެލެންޖް ހޯމަ ދުވަހުގެރޭ ކުޅުނު މެޗުތަކަށްފަހު ހދ. އަތޮޅު ގްރޫޕް 1 ގައި 3 ޓީމަކަށް ފައިނަލަށް ދިއުމުގެ ފުރުސަތު ފަހިވެއްޖެއެވެ.
ނޭކުރެންދޫ އަދި ނާވައިދޫ އަށް އަމިއްލަ ބާރުގައި ފައިނަލަށް ދިއުމުގެ ފުރުސަތު އޮތްއިރު ފިނޭއަށް ވަނީ އަމިއްލަބާރު ގެއްލިފައެވެ. ކުމުންދޫ ކުޅުނު 2 މެޗްއިންބަލިވެ ފައިނަލްގެ ފުރުސަތު ވަނީ ގެއްލިފައެވެ.
މި ގްރޫޕްގައި ހޯމަދުވަހުގެރޭ ކުޅުނު މެޗްތަކުން ނާވައިދޫ އަދި ނޭކުރެންދޫ ވަނީ މޮޅުވެފައެވެ.
ފުރަތަމަ ކުޅުނު މެޗުން ފިނޭގެ މައްޗަށް ނާވައިދޫ ކުރި ހޯދީ 3-1 ގެ ނަތީޖާ އިންނެވެ. ނޭކުރެންދޫ ޓީމުގެ 2 އޮފިސަލަކަށް ރަތްކާޑު ދެއްކި މެޗުގައި ނޭކުރެންދޫއިން ވަނީ 4-1 ގެ ނަތީޖާއިން ކުމުންދޫގެ މައްޗަށް ކުރިހޯދާފައެވެ.
މި ގްރޫޕްގެ ފަހުމެޗުތަށް ކުޅުމަށް ތާވަލް ކޮށްފައިވަނީ މި މަހު 23 ވަނަ ދުވަހުގެ ރޭ 22:15 ގައެވެ.
ހޯމަ ދުވަހުގެ ރޭ ކުޅުނު ހއ. އަތޮޅު މެޗުތަކަށް ބަލާއިރު ދިއްދޫގެ މައްޗަށް ފަށަފަރު ކުރިހޯދީ 1-2 ގެ ނަތީޖާއިންނެވެ. މާރަންދޫ އާއި ބައްދަލުކޮށް ހޯރަފުށި މެޗް ކާމިޔާބުކުރީ 1-0 ގެ ނަތީޖާއިންނެވެ.
ހޯމަދުވަހުގުރޭ ވަނީ ށ.އަތޮޅުގެވެސް 2 މެޗެއް ކުޅެފައެވެ. ފުރަތަމަ މެޗުގައި ބިލެއްފަހި މައްޗަށް ފޯކައިދޫ ވަނީ 6-2 ގެ ނަތީޖާއިން ކުރި ހޯދާފައެވެ. ދެވަނަ މެޗުގައި ބައްދަލު ކުރީ މިލަންދޫ އަދި ކޮމަންޑޫ އެވެ. މި މެޗު ނިމުނީ އެއްވެސްޓީމަކަށް ގޯލެއް ނުޖެހި 0-0 ގެ ނަތީޖާއިން ދެޓީމް އެއްވަރު ވެގެންނެވެ.
މި މުބާރާތުގައި އަންގާރަދުވަހުގެ ރޭވެސް 6 މެޗެއް ކުޅޭނެއެވެ. ހއ.އަތޮޅު އިހަވަންދޫ، ކެލާ ބައްދަލުކުރާ މެޗް ފަށާނީ 22:15 ގައި 1 ނަމްބަރ ދަނޑުގައެވެ. 22:15 ގައި 2 ނަމްބަރ ދަނޑުގައި ކުރިޔަށްދާނީ ބާރަށް، މުރައިދޫ ބައްދަލު ކުރާމެޗެވެ.
ހދ. އަތޮޅުގެ 2 މެޗުކުޅޭނީ 2 ނަމްބަރ ދަނޑުގައެވެ. 20:15 ގައި ވައިކަރަދޫ މަކުނުދޫ އާއި ދެކޮޅަށް ނުކުންނައިރު ކުޅުދުއްފުށި، ނެއްލައިދޫ މެޗު ފަށާނީ 21:15 ގައެވެ.
ށ. އަތޮޅު 2 މެޗެއްވެސް ކުޅުމަށްވަނީ ހަމަޖެހިފައެވެ. ފުރަތަމަ މެޗުގައި 20:15 ގައި ކަނޑިތީމް 1 ނަމްބަރު ދަނޑުގައި ނުކުންނާނީ ގޮއިދޫ އާއި ދެކޮޅަށެވެ. މަރޮށި އަދި ފީވަށް ބައްދަލު ކުރާމެޗު 21:15 ގައި ކުރިޔަށް ދާނީ 2 ނަމްބަރ ދަނޑުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!