ސޮނީސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށް ހދ. ވައިކަރަދޫ އާއި ހއ. އިހަވަންދޫ އަދި ށ. ކަނޑިތީމުން ފައިނަލަށް ދަތުރުކޮށްފިއެވެ.
ވައިކަރަދޫ ގްރޫޕް ގެ ފަހު މެޗުގައި ނެއްލައިދޫގެ މައްޗަށް ކުރިހޯދީ 7-4 ގެ ނަތީޖާ އަކުންނެވެ. ކުޅުނު ތިން މެޗު ކާމިޔާބުކޮށް ވައިކަރަދޫ ފައިނަލަށް ދަތުރުކުރީ 9 ޕޮއިންޓާއެކުގައެވެ. ފައިނަލުގައި ވައިކަރަދޫ ނިކުންނާނީ ނާވައިދޫ އާއި ދެކޮޅަށެވެ.
ކަނޑިތީމުން ފައިނަލް ޖާގަ ޔަގީން ކުރީ ގްރޫޕްގެ ފަހުމެޗުގައި 5-0 ގެ ނަތީޖާއިން ފީވަށް މައްޗަށް ކުރި ހޯދައި 9 ޕޮއިންޓާއެކުގައެވެ. ކަނޑިތީމް ފައިނަލުގައި ބައްދަލުކުރާނީ މިލަންދޫއާ އެވެ.
އިހަވަންދޫ ވެސް ފައިނަލަށް ދަތުރު ކުރީ 9 ޕޮއިންޓާއިއެކުގައެވެ. ފަހު މެޗުގައި އިހަވަންދޫ ވަނީ 4-2 ގެ ނަތީޖާއިން މުރައިދޫގެ މައްޗަށް ކުރިހޯދާފައެވެ. ފައިނަލްގައި އިހަވަންދޫއާއި ދެކޮޅަށް ނުކުންނާނީ ހޯރަފުއްޓެވެ.
މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ހއ. އަތޮޅުން ކެލާ، ބާރަށް ބައްދަލުކުރި މެޗު ނިމުނީ 4-4 ގެ ނަތީޖާއިން އެއްވަރުވެގެންނެވެ. 6-0 ގެ ނަތީޖާއިން ށ. އަތޮޅު މަރޮށީގެ މައްޗަށް ގޮއިދޫ ކުރި ހޯދިއިރު ، ހދ. އަތޮޅުން ކުޅުދުއްފުށި، މަކުނުދޫ ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއިން އެއްވަރުވެގެންނެވެ.
ހއ، ހދ، ށ އަތޮޅުގެ ފައިނަލް މެޗުތަށް ކުޅޭނީ މިމަހު 27 ގައެވެ.
ހއ. އަތޮޅު - އިހަވަންދޫ، ހޯރަފުށި 20:15
ހދ. އަތޮޅު - ވައިކަރަދޫ، ނާވައިދޫ 21:15
ށ. އަތޮޅު - މިލަންދޫ، ކަނޑިތީމު 22:15
މި ތިން މެޗުވެސް ކުޅޭނީ 1 ނަމްބަރ ޓާފް ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!