އިނގިރޭސި ޕުރިމިއަލީގުގައި ބުދަދުވަހުގެރޭ ކުޅުނުމެޗުން ފަސޭހަކަމާއެކު ލިވަރޕޫލް ކުޅުނުމެޗު އެ ޓީމް ކާމިޔާބު ކޮށްފިއެވެ.

ލިވަޕޫލް ދަނޑުގައި ކުޅުނު މިމެޗުން ލީޑްސް ޔުނައިޓެޑް މައްޗަށް ލިވަޕޫލް ކުރިހޯދީ 6-0 ގެ ނަޖާއަކުންނެވެ.

Ad
rt

މި މެޗުގައި ގޯލްތަށް ޖަހާފައިވަނީ ސަލާހް، މަޓޕް،މާނޭ،ވެންޑައިކް އެވެ. މީގެތެރެއިން މާނޭ ، ސަލާހް ކޮންމެ ކުޅުންތެރިޔެއްވަނީ ދެގޯލް ޖަހާފައެވެ. ސަލާހް ދެގޯލްވެސް ޖަހާފައިވަނީ ޕެނަލްޓީންއިންނެވެ.

މި ނަތީޖާއާއެކު ލިވަޕޫލްވަނީ އެއްވަނައިގައިވާ ސިޓީއާއި 3 ޕޮއިންޓަށްކައިރިވެލާފައެވެ. ކުޅުނު 26 މެޗުން ލިވަޕޫލްއަށް 60 ޕޮއިންޓް ލިބިފައިވާއިރު ކުޅުނު 25 މެޗުން ލިބުނު 23 ޕޮއިންޓާއެކު ލީޑްސް އޮތީ ތާވަލުގެ 15 ވަނައިގައެވެ.

އިނގިރޭސި ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ބާންލޭ ވަނީ ޓޮޓެންހަމް 1-0 ގެ ނަތީޖާއިން ބަލިކޮށްފައެވެ. ކުރިސްޓަލް ޕެލަސް ވަޓަފޯލްޑް މައްޗަށް ކުރި ހޯދީ 4-1 ގެ ނަތީޖާއިންނެވެ.