މިސްރުގެ ސަހަރަކަށް ނަގުލާންދާށީގެ ތުރާ ބޮޑުވެއްޖެ، 450 މީހުން ޒަހަމްވެ 3 މީހުން މަރު
މިސްރުގެ ދެކުނުގެ އަސްވާން ސަހަރުގައި ނަގުލަންދާށީގެ ތުރާ ބޮޑުވެއްޖެ އެވެ. ނަގުލާންދާށި ކަށިޖެހުމުގެ ސަބަބުން 3 މީހަކު މަރުވެ 450 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ ޒަހަމްތައް ލިބިގެން ފަރުވާދެމުން އަންނަކަމަށް އެގައުމުގެ މީޑިޔާތަކުގައި ވަނީ ރިޕޯޓްކޮށްފަ އެވެ. ކުއްލިއަކަށް މިހާ ގިނަ އަދަދެއްގެ ނަގުލަންދާށިތައް ސިޓީގެ ތެރޭގައި ގިނަ ވެފައިވަނީ މޫސުން ގޯސްވެ ކުރަމުންދިޔަ ވިއްސާރައިގެ ސަބަބުން ނީލަ ކޯރު ކައިރީގައި އުފެދުނު ކޮޅިގަނޑުގެ ސަބަބުންކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ހާމަކޮށްފަައެވެ. ނަގުލ...