ޖަރުމަނުވިލާތުގައި ކުއްލިއަކަށް ކޮވިޑް19 އަށް ޕޮސިޓިވްވާ މީހުން އިތުރުވާން ފަށައިފި އެވެ.
ޖަރުމަންވިލާތުގެ ބާލިންގައި ރެކޯޑު މިންވަރަކަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު އިތުރުވެ އިއްޔެ އެކަނިވެސް 39،676 މީހުން ޕޮސިޓިވްވެފައިވާކަމަށް އެގައުމުގެ ޖާމަން ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އެޖެންސީގެ ރެކޯޑުތަކުން ވަނީ ދައްކާފައެވެ.
ޕޮޒިޓިވްވާ މީހުންގެ ނިސްބަތުން ބަލާއިރު ކޮންމެ 100،000 މީހުންގެ ތެރެއިން ފާއިތުވެދިޔަ އަހަރުގެ ޑިސެމްބަރުމަހު ޕޮޒިޓިވްވާ މީހުންގެ ނިސްބަތް 197.6 ގައި ހުރިއިރު، މިއަހަހަރުގެ މިހާތަނަށް ޕޮޒިޓިވްވާ މީހުންގެ ނިސްބަތް ވަނީ 232.1 އަށް އަރާފައެވެ. އަދި ހާލު ބޮޑުވެގެން އައި.ސީ.ޔޫއަށް ލާފައިވަނީ ކޮވިޑް ވެކްސިން ނުޖަހާ މީހުންކަންވެސް އެ އިދާރާއިން ހާމަކޮށްފައިވެއެވެ.
މިހާތަަނަށް ކޮވިޑް ޖެހިގެން އައި.ސީ.ޔޫގައި ފަރުވާދެމުން އަންނަ މީހުންގެ އަދަދަކީ 2،739 ކަމަށްވެސް ހާމަކޮށްފައިވެއެވެ.
83 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޖަރުމަނުވިލާތުގައި އާބާދީގެ 67 އިންސައްތަ މީހުން ވެކްސިން ފުރިހަމަކޮށްފައިވާކަމަށްވެސް ރަސްމީ އިދާރާތަކުން ހާމަކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!