ކޯވިޑް-19 އިން ދިފާއުވުމަށް ދެވޭ ވެކްސިތަކާއި ދެކޮޅަށް ވާހަކަތައް ފަތުރާ މީހުންނަކީ ކުށްވެރިންކަމަށް ފައިޒާ ކުންފުނީގެ ސީއީއޯ އެލްބާޓް ބޯރްލާ ވިދާޅުވެއްޖެއެވެ.
ފައިޒާ ކުންފުނީގެ ސިއީއޯ އެލްބާޓް ބޯރްލާ ވިދާޅުވެފައިވާ ގޮތުގައި އެތައް މިލިއަން ބައެއްގެ ފުރާނަ ސަލާމަތްކޮށްދެމުން އަންނަ ކޯވިޑް ވެކްސިންއާއި ބެހޭ ގޮތުން ދޮގު މަޢުލޫމާތުތައް ފަތުރާ މީހުންގެ ސަބަބުން ވެކްސިން ޖެހުމަށް ބޭނުންވާ މީހުންވެސް ވެކްސިން އާއި މެދު ސުވާލު އުފެެދުމުގެ ފުރުސަތުތައް ބޮޑުވެއެވެ. އެކަމުގެ ސަބަބުން ގެއްލޭ އެތައް މިލިއަން ފުރާނައެއްގެ ޒިންމާ ވެކްސިނާ ދެކޮޅަށް ވާހަކަ ފަތުރާ މީހުން ނަގަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެތަށް މިލިއަން ބައެއްގެ ފުރާނަ ސަލާމަތް ކުރުމަށް ބޭނުންކުރެވޭ ވެކްސިންއާއި ދެކޮޅަށް ވާހަކަ ދައްކާނީ ނުބައި ބައެއް ނޫންކަމަށާއި އެމީހުންނަކީ ކުށްވެރިކަމަށް އޭނާ ވިދާޅުވިއެވެ.
އެމެރިކާގެ ކައިސާ ފެމިލީ ފައުންޑޭޝަންއިން ހަދާފައިވާ ސާވޭއަކުން ދައްކާ ގޮތުން ނަމަ، އެމެރިކާގެ ތިން ކުއާޓާގެ މީހުން ވެކްސިންއާއި ބެހޭ ގޮތުން ފެތުރިފައިވާ ދޮގު ވާހަކަތައް ވަނީ ގަބޫލްކޮށްފައެވެ.
ވެކްސިންއާއި ދެކޮޅަށް ފަތުރާފައިވާ ވާހަކަތަކުގެ ތެރޭގައި ވެކްސިންގައި ހިމެނޭ މައިކްރޯޗިޕްސްގެ ސަބަބުން ދަރިމައިވުމުގައި ޑީ.އެން.އޭ އަށް ދިމާވާ މައްސަލަތަކުގެ ވާހަކަތައް މީހުންވަނީ ފާހަގަކޮށްފައެވެ.
ފައިޒާގެ ސީއީއޯ ފާހަގަކުރައްވާފައިވާ ގޮތުގައި ވެކްސިން ޖެހުމުން ގިނަ ބަޔަކަށް އާންމު ދިރިއުޅުމަށް ހާލަތު ބަދަލްކުރުމަށް ބޮޑު ފަސޭހައަކަށް ވެގެންދާނެކަމަށް ވިދާޅުވެފައިވެއެވެ. އަދި ދުނިޔޭގެ ނިއު ނޯމަލް އަށް އޮތް ހަމައެކަނި ހައްލަކީވެސް ހުރިހާ އެންމެންވެސް ވެކްސިން ޖެހުންކަމަށް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!