އިންޑިއާގެ ޗެންނާއީއަށް ބޯކޮށް ވާރޭ ވެހި ފެން ބޮޑުވުމުގެ ސަބަބުން ރެޑް އެލާޓް ނެރެފި އެވެ.
އިންޑިއާގެ ދެކުނުގެ ސަރަޚައްދުތަކަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގެ ސަބަބުން ޓެމިލްނާޑޫ ސްޓޭޓްގެ އެންމެ ބޮޑު ޗެންނާއީ ސިޓީގައި ފެން ބޮޑުވެ ތިރި ގެގެތަކުގައި ދިރިއުޅޭ މީހުން ރައްކާތެރި ހިސާބުތަކަށް ދިއުމަށް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ވަނީ ގޮވާލާފައެވެ.
އިންޑިއާގެ ކާރު ބާރު ބޮޑު ޗެއްނާއީ ސިޓީގައި ފެން ބޮޑުވެ ގަސްތައް ވެއްޓި މީހުން ސަލާމަތްކުރުމަށް ރަބަރު ބޯޓުތަކުގައި ރެސްކިއު ޓީމްތަކުން ދަނީ ޚަރަކާތްތެރިވަމުންނެވެ.
އަދި ރިލީފް ސެންޓަރުތައް ހުޅުވައި ހާލުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތްތައްވެސް ރެސްކިއު ޓީމްތަކުން އަންނަނީ ކުރަމުންނެވެ. އިންޑިއާގެ މޫސުމާއި ބެހޭ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް 4 ދުވަހުވެސް ޓެމިލް ނާޑޫ ސްޓޭޓްގެ އަވަށްތަކަށް މޫސުން ގޯސް ވާނެކަމަށް ވަނީ ހާމަކޮށްފައެވެ.
ޗެންނާއީ އާއި އެކު އިތުރު 11 ޑިސްޓްރިކްޓް ހިމެނޭ ސަރަޚައްދުތަކުގައި 7.8 އިންޗިއަށް ފެންބޮޑުވެފައިވާ ކަމަށާއި އެފަރާތްތަކަށް އެހީ ފޯރުވުމަށް ރެސްކިއު ޓީމްތަކުން ޚަރަކާތްތެރިވަމުން އަންނަ ކަމަށް ޓެމިލްނާޑުގެ ޗީފް މިނިސްޓަރު އެމް.ކޭ ސްޓެލިން ވަނީ ނޫސްތަކަށް މަޢުލޫމާތުދެއްވަމުން ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!