ކޮސްޓަރިކާގައި 5 އަހަރުން މަތީގެ ކުދިން ކޮވިޑް ވެކްސިން ޖެހުމަށް މަޖުބޫރުކޮށްފިއެވެ.
މިއަމުރާއި އެކު ދުނިޔޭގެ ނިސްބަތުން ކޮވިޑް ވެކްސިން ކުޑަކުދިންގެ ގަޔަށް ޖަހެމަށް މަޖުބޫރުކުރާ ފުރަތަމަ ގައުމަކަށްވެސް ކޮސްޓަރިކާ ވެގެންދާނެއެވެ.
އަދި ޅައުމުރުގައި ޖަހާ ވެކްސިންތަކުގެ ތެރެއަށް ކޯވިޑް ވެކްސިން އިތުރުކޮށް، ހުރިހާ ކުދިންގެ ގަޔަށް ވެކްސިން ޖެހުމަށްވަނީ ކޮސްޓަރިކާގެ ސަރުކާރުން ނިންމާފައެވެ.
2022 ގައި ފައިޒާއާއި އެކު އެގައުމުގެ 5 އަހަރުން ދަށުގެ ކުދިން ގަޔަށް ޖެހުމަށް ބޭނުންވާ ވެކްސިން ހަމަޖެއްސުމަށް އެއްބަސްވުމެއް ވަނީ އެކުލަވާލާފައެވެ. އެގޮތުން ފައިޒާ ވެކްސިންގެ 3.5 މިލިއަން ޑޯސް އެގައުމަށް ފޯރުކޮށްދިނުމަށް ވަނީ އެއްބަސްވެފައެވެ. މީގެ ތެރެއިން 1.5 މިލިއަން ވެކްސިން ޑޯޒް އަކީ 5 އަހަރާއި 11 ދެމެދުގެ ކުދިންގެ ގަޔަށް ޖެހުމަށް ބޭނުންކުރާނެ ވެކްސިންގެ އަދަދުކަމަށްވެސް ކޮސްޓަރިކާގެ ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
މިހަފްތާގެ ތެރޭގައި 12 އަހަރުން ދަށުގެ 5 އަހަރާއި 11 އަހަރާއި ދެމެދުގެ ކުދިންގެ ގަޔަށް ފައިޒާ އަދި ބައޯއެންޓެކް ވެކްސިން ޖެހުމަށް ޓެސްޓްތައްކޮށް އެމެރިކާގެ ކަމާއިބެހޭ އިދާރާތަކުން ވަނީ ހުއްދަދީފައެވެ.
ކޯވިޑް 19ގެ އަސަރު ކުޑަކުދިންނަށް ކުރާ މިންވަރު ބޮޑު އިރު، ވެކްސިންގެ ސަބަބުން ކުދިންނަށް އިތުރު ރައްކާތެރިކަމެއް ލިބި، އެކުދިންގެ ފުށުން ބަލި އެހެން މީހުންނަށް ފޯރުވުމުގެ ފުރުސަތުވެސް ކުޑަވެގެންދާނެކަަމަށް ވެކްސިން އުފައްދާ އެމެރިކާގެ ކުންފުނިން ހާމަކޮށްފައިވެއެވެ.
މިހާތަނަށް ކޮސްޓަރިކާގައި އާބާދީގެ 55 އިންސައްތަ މީހުން ވެކްސިން ފުރިހަމޮށްފައިވާކަމަށް އެގައުމުގެ ސަރުކާރުން ހާމަކޮށްފައިވެއެވެ. އަދި މީގެ ތެރޭގައި އުމުރުން 12 އަހަރާއި 19 އަހަރުގެ އުމުރުފުރާއިން 70 އިންސައްތަ ވެކްސިންގެ ފުރަތަމަ ޑޯޒް ވަނީ ފުރިހަމަކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!