ސްޕެއިންގެ ކެނެރީ އައިލެންޑްސްގެ ލަ ޕާލްމާގައި ގޮވި އަލިފާން ފަރުބަދައިން ފޭބި ދިޔާ އަލިފާންތައް އެޓްލާންޓިކް ކަނޑާއި ހަމައަށް ފެތުރިއްޖެއެވެ.
ސްޕެއިންގެ ބައިނައްލަޤްވަމީ ނޫސް އިދާރާ އާރް.ޓި.ވީ.އޭ އިން ހާމަކޮށްފައިވާ ގޮތުގައި 3.9 މެގްނެޓިއުޑްގެ ބާރު މިނުގައި 113 ބިންހެލުމެއް އައިސް އަލިފާން ފަރުބަދަ އިތުރަށް ގޮވައި ދިޔާ އަލިފާންތައް މިހާރު އެޓްލާންޓިކް ކަނޑާއި ހަމައަށް ފެތުރިފައިވާކަމަށެވެ.
ސެޕްޓެމްބަރުމަހުގެ ތެރޭގައި ގޮވި މި އަލިފާން ފަރުބަދައިގެ ދިޔާ އަލިފާންތައް ލަ ޕާލްމާގެ ތެރެއަށް ފެތުރު ގާތްގަނޑަކަށް 40 ހެކްޓަރުގެ ސަރަހައްދަކަށް ވަނީ ފެތުރިފައެވެ.
އަލިފާން ފަރުބަދަ ގޮވުުގެ ސަބަބުން ދޮންކެޔޮ ދަނޑުތައް ގިނަ ލަ ޕާލްމާއަށް ދާ ދަނޑުވެރިންނަށް ދަތިތަކާއި ކުރިމަތިވެ، މަސައްކަތުދާ މީހުން އުފުލުމަށް ސްޕެނިޝް ނޭވީގެ ވޯޝިޕް ކަސްޓީލާއިން ހަރަކާތްތެރިވަމުން އަންނަ އިރު، ކޮންމެ ދުވަހަކުވެސް 80 އަށްވުރެ ގިނަ މަސައްކަތްތެރިން ލަ ޕާލްމާއަށް އުފުލުމުގައި ނޭވީއިން ދަނީ އެހީތެރިވަމުންނެވެ.
ކުމްބްރެވީޖާ އަލިފާން ފަރުބަދަ ގޮވައި އުފެދިފައިވާ ދިޔާ އަލިފާންގަނޑުގައި ގާތްގަނޑަކަށް 1000 ޑިގްރީގެ ހޫނުމިން ހުންނާނެކަަމަށާއި އަލިފާންގަނޑުގެ ސަބަބުން ގިނަ އަދަދަކަށް ސަލްފަޑައި އޮކްސައިޑް ގޭސް ފެތުރެންފަށާފައިވާކަމަށް ވޮލްކެނޮލޮޖިސްޓްސްއާއި ހަވާލާދީ ނޫސް އިދާރާއިން ހާމަކޮށްފައިވެއެވެ.
ސެޕްޓެމްބަރުމަހުގެ މެދު ތެރޭގައި ކުމްބްރެވީޖާ އަލިފާން ފަރުބަދަ ގޮވައި ލަ ޕާލްމާގެ މީހުން ދިރިއުޅޭ ހިސާބުތަކަށް އަލިފާންގަނޑުގެ ދިޔަ ފެތުރި މިހާތަނަށް 2700 އަށްވުރެ ގިނަ އިމާރާތަކަށް ގެއްލުންވެ 7000 އަށް ވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލްވެފައެވެ.
އަލިފާންފަރުބަދަ ގޮވައި ބިމުގެ ގާތްގަނޑަކަށް 1000 ހެކްޓަރުގެ ސަރަހައްދަކަށް ފެތުރި ވަނީ ގަލަށް ބަދަލުވެފައެވެ.
ލަ ޕާލްމާ ހިމެނޭ ކެނެރީ އައިލޭންޑްސްއަކީ މޮރޮކޯގެ ހުޅަނގުން އެޓްލާންޓިކް ކަނޑު ތެރޭގައި އޮންނަ، ސްޕޭންގެ ޖަޒީރާތަކެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!