ދުނިޔެ ހުއްޓުމަކަށް ގެނައި ކޯވިޑް-19 ބަލިމަޑުކަމަށް ވުރެ ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުގެ ނުރައްކާ ދުނިޔެއަށް ބޮޑުކަމަށް ވޯލްޑް ޓުއަރިޒަމް އޯގަނައިޒޭޝަން (ޑަބްލިއުޓީއޯ)އިން ބުނެފިއެވެ.

ކޯވިޑްގެ ސަބަބުން ދުނިޔޭގެ ފަތުރުވެރިކަމަށް ދިމާވެފައިވާ ހީނަރުކަމަށް ވުރެން ތިމާވެށްޓަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުގެ ނުރައްކާ ދުނިޔެއަށް ބޮޑުވެފައިވާ ކަމަށާއި، ހުރިހާ ގައުމުތަކެއްގެ ސަރުކާރުންވެސް މިކަމަށް އިސްކަމެއްދީގެން މިކަން ހައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ޔޫ.އެން.ޑަބްލިޔު.ޓީ.އޯގެ ސެކެޓްރީ ޖެނެރަލް ޒުއްރަބް ޕޮލޮލިކަޝްވިލީ ގޮވާލާފައެވެ.

Ad
rt

އޭނާ މިކަމަށް އަލިއަޅުއްވާލާ ވާހަކަ ދައްކާފައި ވަނީ އެކި ގައުމުތަކުގެ ޓުއަރިޒަމް މިނިސްޓަރުން ބައިވެރިވަމުން އަންނަ ޑަބްލިޔު.ޓީ.އޯ ލަންޑަންގައި މިހާރު ކުރިއަށްދާ ޑަބްލިއު.ޓީ.ޓީ.ސީ އާއި ޑަބްލިޔު.ޓީ.ސީ ސަމިޓްގައެވެ. އަދި ކޮޕް26ގައި ވެސް ތިމާވެށްޓަށް ކުރަމުން އަންނަ ނޭދެވޭ އަސަރުތަކާއި ބެހޭ ގޮތުން އެކި ގައުމުތަކުގެ ލީޑަރުން ވެސް މަޝްވަރާކޮށް އެކަމަށް ހުރިހާ ގައުމުތަކުންވެސް ގުޅިގެން މަސައްކަތްކުރާނެކަމަށް ބުނެފައިވާކަމަށް ޕޮލޮލިކަޝްވިލީ ވަނީ ފާހަގަކުރަށްވާފައެވެ.

މީގެ އިތުރުން ތިމާވެށްޓާއި ރަށްޓެހި ކަންކަމަށް އަންނަށް އޮތް ޖީލުގެ ކުދިންނަށް އުނގަށްނައިދިނުމުގެ މުހިއްމުކަން ވެސް ފާހަގަކުރައްވައި، ކާބަން ނެޓް ޒީރޯއާއި ބެހޭ ގޮތުން ކުދިންނަށް އުނގަންނައިދުނުމަށް އޭނާ ވަނީ ގޮވާލާފައިވެއެވެ. އަދި ދެމެހެއްޓެނިވި ފަތުރުވެރިކަމަކަށް އިންފްރާންސްސްޓްރަކްޗާއާއި ޞިއްޙީ ފަރުވާއާއި ދަތުރުފަތުރާއި ތަޢުލީމަކީ ވަރަށް މުޙިއްމު އެއްޗެއްކަމަށް ޔޫ.އެން.ޑަބްލިޔު.ޓީ.އޯއިން ދުނިޔޭގެ ގައުމުތަކުގެ ޓުއަރިޒަމް މިިނިސްޓްރީތަކުން ވަނީ ފާހަގަކޮށްފައެވެ.

ޔޫ.އެން.ޑަބްލިޔު.ޓީ.އޯއިން އަރަބި ގައުމުތަކުގެ ޓްރެވެލް މާކެޓްއާއި އެކު ޑަބްލިޔު.ޓީ.ޓީ.ސީ އާއި ޑަބްލިޔު.ޓީ.ސީ ސަމިޓްއާއި އެއްފަދަ ބައްދަލުވުންތަކެއްވެސް އަންނަ 2022 ވަނަ އަހަރުގެ މޭ މަހުގެ 8 އިން 11 އަށް ޑުބާއީގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ޔޫ.އެން.ޑަބްލިޔު.ޓީ.އޯއިން ބުނެއެވެ.