ހުކުރު ވަގުތުގައި އަފްގާނިސްތާނުގެ ނަންގަހާރު ޕްރޮވިންސްގެ މިސްކިތަކަށް އަމާޒުކޮށްގެން ބޮމުގެ ހަމަލާއެއްދީފިއެވެ.

ތާލިބާނުންނާއި ހަވާލާދީ ބައިނައްލަޤްވާމީ ނޫސްތަކުގައި ހާމަކޮށްފައިވާ ގޮތުގައި މިއަދުގެ ބޮމުގެ ހަމަލާގައި 3 މީހަކު މަރުވެ 15 މީހަކަށް އެކި ވަރުގެ ޒަހަމްތައް ލިބިފައިވާކަމަށް ބުނެފައިވެއެވެ.

Ad
rt

މަންޒަރު ދުށް މީހުންނާއި ހަވާލާދީ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި ހުކުރު ވަގުތުގައި މިސްކިތައް އަމާޒުކޮށްދީފައިވާ ބޮމުގެ ހަމަލާގައި އިމާމްގެ އިތުރުން 15 މީހަކަށް އެކިވަރުގެ އަނިޔާތައް ވެފައިވާކަމަށް ބުނެފައިވެއެވެ.

ފަހަަކަށް އައިސް ހުކުރު ވަގުތުގައި މިސްކިތްތަކަށް އަމާޒުކޮށް ބޮމުގެ ހަމަލާތައް ދިނުންވަނީ އެގައުމުގައި އިތުރުވެފައެވެ.

މިފަދަ ހަމަލާތައް ދޭ ކަމަށް ބެލެވެނީ އަފްޤާނިސްތާނުގައި ހަރަކާތްތެރިވާ އައި.އެސް-ކޭގެ މީހުންކަމަށް ޚަބަރުތަކުގައި ބުނެފައިވެއެވެ.