ވަޒީފާއަށް ނުދާ ބައިލައްކައެއްހާ ޒުވާނުން!
ދިވެހިރާއްޖޭގައި ދިރިއުޅޭ ޒުވާނުންގެ އާބާދީގެ ތެރެއިން އެއްވެސް ކަހަލަ ތަޢުލީމެއް ނުވަތަ ތަމްރީނެއް ޙާސިލްނުކުރާ އަދި އާމްދަނީ ލިބޭފަދަ އެއްވެސް މަސައްކަތެއް ނުކޮށް 40،157 ޒުވާނުން އެބަތިބި ކަމަށް ރާއްޖޭގެ ސްޓެޓިސްޓިކްސް ބިއުރޯގެ ތަފާސް ހިސާބުތަކުން ދައްކާއިރު މިއީ ކަންބޮޑުވާވަރުގެ މައްސަލަ އެކެވެ. ސްޓެޓިސްޓިކްސް ބިއުރޯ އިން “ގޭބިސީގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސާރވޭ 2019” ނަމުގައި ކުރިއަށް ގެންދެވުނު ސާރވޭ އިން އަންދާޒާކުރެވުނުގޮތުގައި، ރާއްޖޭގެ އިދާރީ ރަށްރަށުގެ ޢާންމު ގޭބިސީތަކުގައި...