ހއ. ކެލާގައި ކުރިއަށްދާ ސުވިމިން އިންސްޓްރަކްޓަރ ތަމްރީނުކުރާ ކޯހުގެ ބައިވެރިންނަށް ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (ކެލާ އިބްރޭ) ގޮގްލްސް ހަދިޔާ ކުރައްވައިފި އެވެ.

މި ކަމަށްޓަކާ ކެލާ ކައުންސިލުން ވަނީ މެންބަރު އިބްރާހިމް ޝަރީފް އަށް ޝުކުރު ދަންނަވާފައެވެ.

Ad
rt

ކެލާ ކައުންސިލާ ސުވިމިން އެސޯސިއޭޝަން ގުޅިގެން އެރަށުގައި ކުރިއަށްގެންދާ މި ކޯހަކީ ފަތަން ދަސްކޮށްދޭ އިންސްޓްރަކްޓަރުން ތަމްރީނުކުރާ ކޯހެކެވެ. މި ކޯހުގައި 15 ފިރިހެން ބައިވެރިންނާއި 3 އަންހެން ބައިވެރިންނާއެކު ޖުމްލަ 18 މީހަކު ވަނީ ބައިވެރިވެފައެވެ.

ދެ ޖިންސުގެ މީހުންނަށްވެސް ޚާއްސަ ކުރެވިފައިވާ މި ކޯސް ފަށާފައި ވަނީ މިމަހުގެ 25 ވީ ހޯމަ ދުވަހު އެވެ.

20 ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޯހުގައި ބައިވެރިވެވޭނީ 18 އަހަރާއި 45 އަހަރުގެ ފަރާތްތަކަށް އެކަންޏެވެ.

ހއ. ކެލާއަކީ ގުދުރަތީ ވަރަށް ސާފު މުދާކާއި، ރީތި ފަޅެއް އޮންނަ ރަށެކެވެ. އެރަށުގައި މިއަހަރު ފެބްރުއަރީ މަހު ވަނީ ފަތާ ޓްރެކެއްވެސް ގާއިމުކޮށް ބޭނުން ކުރަން ފަށާފައެވެ.