ދާނުގައި ތިބޭ ބަލިމީހުންނަށް ޒިޔާރަތްކުރަން މަރޮށީ ސިއްޙީ މަރުކަޒުން އަލުން ތައްޔާރުވެއްޖެ

Sh. Maroshi

ދާނުގައި ތިބޭ ބަލިމީހުންނަށް ޒިޔާރަތްކޮށް ސިއްޙީ ޚިދުމަތް ދިނުމަށް ށ. މަރޮށީ ސިއްޙީ މަރުކަޒުން އަނެއްކާވެސް ތައްޔާރުވެއްޖެ އެވެ.

އެ މަރުކަޒުން ނެރުއްވި އިއުލާނެއްގައި ވާގޮތުން، ދާނުގައި ތިބޭ ބަލިމީހުންނާއި ނުކުޅެދުންތެރިކަމުގެ ސަބަބުން ސިއްހީ ހިދުމަތް ލިބިގަތުމަށް ޞިއްޙީމަރުކަޒަށް އައުމަށްދަތިވާ ފަރާތްތަކަށް ޒިޔާރަތްކުރުން ކޮވިޑް 19 ގެ ހާލަތާއި ގުޅިގެން މެދުކެނޑުންކަމަށެވެ.

އެހެންނަމަވެސް، ދިގު މުއްދަތަކަށް މެދުކެނޑުމަށްފަހު އަލުން އެ ހިދުމަތް ފެށުމަށް ވަނީ ހަމަޖެހިފައި ކަމަށް އެ މަރުކަޒުން ވިދާޅުވި އެވެ.

"މި ޚީދުމަތް އަލުން ފަށާއިރު މި ހިދުމަތަށް ބޭނުންވާ ފަރާތްތައް އަލުން ރަޖިސްޓްރީކޮށް ގެން މި ޕްރޮގްރާމްގެ އުސޫލްތަކާއި އެއްގޮތަށް ގެންދިއުމަށް ވަނީ ނިންމާފައެވެ." މަރޮށީ ސިއްޙީ މަރުކަޒުގެ އިއުލާނުގައި ވިދާޅުވި އެވެ.

މީގެ އިތުރުން، އެ ޚިދުމަތް ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް އެ މަރުކަޒުން ވަނީ އެދިލައްވާފައެވެ. އެގޮތުން، ރަޖިސްޓާރ ވުމަށް ޓަކައި މަރޮށީ ސިއްޙި މަރުކަޒުން ލިބެން ހުންނަ އެކަމަށް އެދި ހުށަހަޅާ ފޯމު ފުރުމަށްފަހު 25 އޮކްޓޯބަރ 2021 ވާ ހޯމަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ފޯމް ހުށަހަޅަން ޖެހެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި