ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) އިން ޕިސީއާރް ޓެސްޓު ހަދަމުން އައި އަގު ހެޔޮކޮށްފި އެވެ.
އެ ހޮސްޕިޓަލުން އާންމު ކުރެއްވި ގޮތުގައި ކޮވިޑް-19 ބަލި ހުރިތޯ ބެލުމަށް ހަދާ މި ޓެސްޓު މިހާރު އެ ހޮސްޕިޓަލުން 750 ރުފިޔާ އަށް ހެދޭނެއެވެ.
މީގެ ކުރިން އެ ހޮސްޕިޓަލުން ޕީސީއާރް ޓެސްޓު ހަދަމުން އައި 1050 ރުފިޔާ އަށެވެ.
ކޭއާރްއެޗް އަކީ ރާއްޖޭގެ އުތުރުން އެންމެ ގިނައިން ޕީސީއާރް ޓެސްޓު ހަދަމުން އަންނަ ހޮސްޕިޓަލެވެ. އެގޮތުން، އުތުރުގެ 3 އަތޮޅުގެ ރަށްތަކުން ގެނެވޭ ކޮވިޑް ސާމްޕަލްތައްވެސް ކޭއާރްއެޗް އިން އަންނަނީ ޓެސްޓު ކުރަމުންނެވެ.
މާލެ ސަރަހައްދުގެ ހޮސްޕިޓަލްތައް ހިމެނޭހެން ރާއްޖޭގެ ގިނަ ހޮސްޕިޓަލުތަކުން ޕީސީއާރް ޓެސްޓު ހަދަމުން އަންނަނީ 700 ރުފިޔާ އާއި 1000 ރުފިޔާ އާއި ދެމެދުގެ އަގުތަކެއްގައެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ ގޮތުން އިއްޔެވެސް ވަނީ މުޅި ރާއްޖެއިން 4000 ށް ވުރެ ގިނަ ސާމްޕަލް ޓެސްޓުކުރެވިފައެވެ. އަދި ރާއްޖެއިން މިހާތަނަށް 88،277 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފާވާއިރު 244 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!