މިމަހުގެ 27 އިން 29 އަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) ގައި އިންޑިޔާގެ އެން.ޔޫ ހޮސްޕިޓަލުގެ އެހީތެރިކަމާއި އެކު ޤާއިމްކުރެވިގެން ކުރިޔަށްދާ ނޭޝަނަލް ޔޫރޮލޮޖީ ރީނަލް އެންޑް ފާރޓިލިޓީ ސެންޓަރުގެ ޑޮކްޓަރުން ބައްލަވާނެކަމަށް ކޭއާރްއެޗް އިން ވިދާޅުވެއްޖެ އެވެ.
ކޭއާރްއެޗްއިން ވިދާޅުވީ އެ މުއްދަތުގައި ބައްލަވާނީ ނެފްރޮލޮޖީ އަދި ޔޫރޮލޮޖީގެ ހާއްސަ ޑަކްޓަރުން ކަމަށެވެ. ނެފްރޮލޮޖީ އަދި ޔޫރޮލޮޖީގެ ޑޮކްޓަރުންނަކީ އަކީ ކިޑްނީ އާއި ގުޅޭ ބަލިތަކަށާއި ކުޑަ ކަމުދިޔުމުގައި ދިމާވާ މައްސަލަ ފަދަ ކަންކަމަށް ފަރުވާހޯދުމަށް ޚާއްސަ ޑޮކްޓަރުންނެވެ.
ކޭއާރްއެޗް އިން މި ހިދުމަތް ބޭނުންވާ ފަރާތްތަކުން އެޕޮއިންޓްމަންޓް ހެއްދުމަށް ވެއިޓްލިސްޓް ކުރުން ރޭ 21:00 ފެށިގެން އަންނަނީ ކުރިއަށް ދަމުންނެވެ. ވެއިޓްލިސްޓް ކުރުން ކުރިއަށް ދާނީ މިމަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 06:00 އާއި ހަމައަށެވެ.
"މި މުއްދަތުގައި އެޕޮއިންޓްމަންޓް ހެއްދުމަށް ވެއިޓްލިސްޓް ކުރުން ކުރިޔަށް ދާނީ ކޮންމެ ދުވަހެއްގެ ވެސް ހަވީރު 4 ން ހެނދުނު 6 އާއި ދެމެދުއެވެ. އަދި އެޕޮއިންޓްމަންޓް ކަށަވަރުވާ ފަރާތްތަކަށް މި ހޮސްޕިޓަލް ގެ ފަރާތުން އަންގާނެއެވެ" ކޭއާރްއެޗް އިން ވިދާޅުވިއެވެ.
މީގެ އިތުރުން، ކޭއާރްއެޗްގައި މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ނޮން އިންވޭސިވް ކާރޑިއޮލޮޖީ ކޭމްޕެއް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ކޭމްޕުގައި ބައްލަވާނީ އައިޖީއެމްއެޗްގެ ނޭޝަނަލް ކާރޑިއެކް ސެންޓަރުގައި މަސައްކަތް ކުރައްވާ، ހިތުގެ ބަލީގެ ހާއްސަ ޑޮކްޓަރ މިޤްދާދް ޝަރީފް އެވެ.
މި ޚިދުމަތަށް ވެއިޓްލިސްޓް ކުރުމުގެ ވަގުތު ހަމަވެފައިވާއިރު އެޕޮއިންޓްމެންޓު ކަށަވަރުކުރާ ފަރާތްތަކަށް އެކަން އަންގާނެކަމަށް ކޭއާރްއެޗް އިން ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!