ނަރުދޫ ދަނޑުވެރިންގެ ސުލްހަވެރި މުޒާހަރާއެއް
ށ. ނަރުދޫގެ ގިނަ ދަނޑުބިން ތަކަކަށް ބަޔަކު ބޮޑެތި ގެއްލުންތަކެއް ދިނުމާއި ގުޅިގެން، ދަނޑުވެރިންގެ ހައްގުތައް ހިމާޔަތް ކޮށްދިނުމަށް ގޮވާލައި، އެރަށުގެ ދަނޑުވެރިން މިއަދުގެ ހަވީރު ސުލްޙަވެރި މުޒާހަރާއެއް ކޮށްފިއެވެ. މިއަދު ހަވީރު 4:00 އިން ފެށިގެން ގަޑިއިރެއްހާއިރަށް ދެމިގެން ދިޔަ މި މުޒާހަރާގައި ވަނީ އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި، އެރަށުގެ ކައުންސިލުން ވެސް ބައިވެރިވެފައެވެ. ނަރުދޫގައި މިއަދު ހަވީރު ކުރިއަށް ގެންދިޔަ މި ސުލްހަވެރި އިހުތިޖާޖަކީ މީގެ އެއްދުވަސްކުރިން އެރަށު ދަނޑުވެރިންތަކ...