ހއ. ތުރާކުނުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ޕާރކާއި އައުޓްޑޯ ޖިމްގެ މަސައްކަތް ކޮށްދޭނެފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިޢުލާނުކޮށްފިއެވެ.

އެކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ މިސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ އެ އިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ކަމަށެވެ.

Ad
rt

މި މަސައްކަތް ކުރަން ޝައުގުވެރިކަން ހުރި ފަރާތްތަކުން 26 އޮކްޓޫބަރ 2020 ވާ ހޯމަ ދުވަހުން ފެށިގެން 04 ނޮވެމްބަރ 2020 ވާ ބުދަ ދުވަހުގެ ނިޔަލަށް ބަންދުނޫން ދުވަސްތަކުގެ ހެނދުނު 8:30 އިން 14:00 އެއިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށް އެދިލައްވަ އެވެ. އަދި މި މަސައްކަތުގެ އަންދާސީ ހިސާބު ހުށައެޅުމުގެ ކަންކަން ތާވަލް ކޮށްފައިވަނީ، 10 ނޮވެމްބަރ 2019 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ޖަހާއިރު ކައުންސިލް އިދާރާގައެވެ.

މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު: 18/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަމްބަރު: 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް ކަމަށް އިޢުލާނުގައި ފާހަގަކުރަށްވާފައިވެއެވެ. އެހެންކަމުން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ގެންނެވުމަށް އެ އިދާރާއިން އެދިލެއްވިއެވެ.

މިފަހަކަށް އައިސް ތުރާކުނުގައި އަންނަނީ ކުޅިވަރާއި ޒުވާނުންނާއި ގުޅުންހުރި އެތަކެއް މަޝްރޫޢުތަކެއް ހިންގުމަށް އިޢުލާނު ކުރަށްވަމުންނެވެ. އެގޮތުން ދާދި ފަހުގެ ތާރީހެއްގައި (7 އޮކްޓޯބަރ 2020 ގައި) އެރަށު ބޮޑު ފުޓުބޯޅަ ދަނޑުގައި ޓާރފް އެޅުމުގެ ބައެއް ކަންކަން ކޮށްދޭނެ ފަރާތެއް ހޯދުމަށްވެސް ވަނީ އިޢުލާނުކުރަށްވާފައެވެ.