ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގެ ހާއްސަ ޑޮކްޓަރުންގެ ޓީމެއް ށ.ފުނަދޫ އަތޮޅު ހޮސްޕިޓަލަށް ޒިޔާރަތްކުރުމަށް ހަމަޖެހިއްޖެއެވެ.
ށ.ފުނަދޫ އަތޮޅު ހޮސްޕިޓަލުން އިއްޔެ ނެރުނު އިއުލާނެއްގައި ބުނެފައިވާ ގޮތުން މި ކަމަކީ، އެ ހޮސްޕިޓަލާއި ކޭ އާރު އެޗް އާއި ގުޅިގެން 4 ދުވަހުގެ މުއްދަތަކަށް ފުނަދޫ އަތޮޅު ހޮސްޕިޓަލަގައި ހިންގޭ މެޑިކަލް ކޭމްޕްއެއް ކަމަށެވެ. މި ކޭމްޕް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މި ހިނގާ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހުން ފެށިގެން 17 ވަނަ ދުވަހުގެ ނިޔަލަށެވެ.
މީގެ އިތުރުން މި ކޭމްޕްގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕުޓަލުގެ 3 ޑޮކްޓަރުން ހަރަކާތްތެރި ވުމަށް ހަމަޖެހިފައިވާކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ހަމުގެ ޑަކްޓަރު (ޑާމަޓިލޮޖިސްޓް)، ސްކޭން ޑަކްޓަރު (ރޭޑިއޮލިޖސްޓް) އަދި ކަށީގެ ޑަކްޓަރު (އޯތޮޕީޑިޝަން) އެކެވެ.
މިގޮތުން ހަމުގެ ޑަކްޓަރާއި ކަށީގެ ޑަކްޓަރު ދުވާލަކު 25 މީހުން ބެލުމަށް ހަމަޖެހިފައިވާއިރު ސްކޭން ޑަކްޓަރު ބެލުމަށް ހަމަޖެހިފައިވަނީ ދުވާލަކު 15 ފަރާތެކެވެ.
ޑަކްޓަރަށް ދައްކަވަން ބޭނުންފުޅުވާ ފަރާތްތަކުން މިއަދު 20:00 ގެ ކުރިން ށ.ފުނަދޫ އަތޮޅު ހޮސްޕިޓަލުގެ ފޯނު ނަންބަރު 6540061 އާއި ގުޅާ ނަން ނޯޓް ކުރެއްވުމަށް އެ ހޮސްޕިޓަލުން އެދިފައިވެއެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ޓީމުތަކުން މި ފަހަކަށް އައިސް އަންނަނީ އުތުރުގެ އެކިއެކި ރަށްރަށަށް ގޮސް އެރަށްތަކުގެ ފަރާތްތަކަށާއި އެ ރަށްރަށުގެ ކައިރީގައިހުރި ރަށްތަކުގެ ފަރާތްތަކަށް ފަރުވާދެއްވަމުންނެވެ.
އެގޮތުން ކޭއާރުއެޗް ގެ ޚާއްޞަ ޑޮކްޓަރުންގެ ޓީމެއް ށ.މިލަންދޫ ދާއިރާ ހިމެނޭ ރަށްތަކުގައި ބަލިމީހުން ބެއްލެވުމަށް މިދިޔަ މަހުގެ ފަހުކޮޅުވަނީ ޕްރޮގްރާމެއް ހިންގާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!