ށ. ކަނޑިތީމުގައި އަލަށް ޤާއިމުކުރާ ކުނިކޮއްޓަށް ދިއުމަށް ކަނޑިތީމު ކައުންސިލުން ހަދަމުންދާ މަގުގައި ހެދިފައިވާ ރުއްގަސްތައް ސިޓީލާ ނީލަމުގައި އެންމެ ބޮޑުއަގެއް ހުށަހަޅާ ފަރާތަކަށް ވިއްކާލުމަށް ކަނޑިތީމު ކައުންސިލުން ޢިއުލާން ކޮށްފިއެވެ.

މިގޮތުން އެ ކައުންސިލުން ކުރި ޢިއުލާންގައި ބުނީ އެރަށުގައި އަލަށް ޤާއިމުކުރާ ކުނިކޮއްޓަށް ދިއުމަށް ހެދޭ މަގުގައިވާ ރުއްގަސް ސިޓީލާ ނީލަމުގައި އެންމެ ބޮޑުއަގެއް ހުށަހަޅާ ފަރާތަކަށް ވިއްކާލުމަށް ކައުންސިލުން ބޭނުންވާތީ، ރުއްގަސް ގަންނަބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލާކަމަށެވެ.

Ad
rt

މި ފުރުސަތަށް އެދި ކުރިމަތިލާ ފަރާތްތަކަށް އެކަމަށް ކުރިމަތިލުމަށް ހާއްސަކުރެވިފައިވާ ފޯމު ކަނޑިތީމު ކައުންސިލްގެ އިދާރާއިން މިހާރު ލިބެން ހުންނާނެ ކަމަށް އެ ކައުންސިލްގެ ޢިއުލާންގައި ބުނެފައި ވެއެވެ.

އެގޮތުން އެ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު މި ނީލަމަށް އަގު ހުށަހެޅުމުގެ ފުރުސަތު 04 ނޮވެމްބަރ 2020 ވަނަ ދުވަހުން ފެށިގެން ހުޅުވާލުމަށް ވަނީ ހަަމަޖައްސާފައެވެ. އޭގެތެރެއިން ހުށަހެޅޭ އެންމެ މަތީ އަގު ރަސްމީ ބަންދުނޫކޮންމެ ދުވެހެއްގެ 13:00 ފަހުން އެރަށުގެ ކައުންސިލް އިދާރާގެ ނޯޓިސް ބޯޑުގައި ބެހެއްޓިފައި ހުންނާނެ ކަމަށް އިޢުލާނުގައި ފާހަގަކުރަށްވާފައިވެއެވެ.

މި ނީލަމުގައި ބައިވެރިވުމަށް އެދި އެ ކައުންސިލް އިދާރާގެ އީމެއިލްއަށް ފޮނުވޭ މެއިލްތައްވެސް ބަލައިގަތުމަށް އެ އިދާރާއިން ވަނީ ނިންމާފައެވެ. އެ އިދާރާގެ އީމެއިލް އެޑްރެސްއަކީ kanditheemucollecting@gmail.com އެވެ.

މިފަދައިން މެއިލް ކުރެވޭ ލިޔުންތައް ބަލާނީ އެމެއިލްއެއް އެ އިދާރާއަށް ލިބިފައިވާ ތާރީހާއި ގަޑިއަށް ކަމުގައި އެ އިދާރާއިން ކުރެއްވި އިޢުލާނުގައި އިތުރަށް ފާހަގަ ކުރަށްވާފައިވެއެވެ. އަދި މި އިޢުލާނާގުޅިގެން ވިދި ވިދިގެން 3 ދުވަސް ވަންދެން އެއްއަގެއް އޮވެއްޖެނަމަ އެފަރާތަކަށް ނީލަން ނިންމާލެވޭނެ ކަމަށްވެސް ކަނޑިތީމު ކައުންސިލުން ބުނެފައި ވެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން ރަސްމީގަޑީގައި އެއިދާރާގެ ނަމްބަރު، 6540041 ނަމްބަރާ ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.