ހއ. މޮޅަދޫ އަދި ހއ. މުރައިދޫ އައު އިންޖީނުގޭގެ އައު ޢިމާރާތް، އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ފެނަކައިން އިޢުލާނުކޮށްފިއެވެ.

ރަށްރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި ދުވަސްވީ އިންޖީނުގެތައް ޒަމާނީ ވަސީލަތްތަކާއެކު އެކަހެރި ސަރަހައްދުތަކަށް ބަދަލުކޮށް ތަރައްޤީ ކުރުމުގެ ސިޔާސަތުގެ ދަށުން ފެނަކައިން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން، މި ދެ އިމާރާތްވެސް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ އެ އިދާރާއިން ދޭ ކުރެހުމާއި ބީ.އޯ.ކިޔު އަދި މަޢުލޫމާތާއި އެއްްގޮތަށެވެ.

Ad
rt

މި މަސައްކަތްތައް ކުރުމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކަށް 21 އޮކްޓޯބަރ އިން 25 އޮކްޓޯބަރުގެ ނިޔަލަށް މި ބިޑުތަކުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. އަދި އެފަދަ ފަރާތަކަށް އެ ދުވަސްތަކުގައި ހެނދުނު 9:00 އިން މެންދުރުފަހު 14:00 އާއި ދޭތެރޭ ފެނަކައިގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ)އަށް ވަޑައިގަތުމުން ރަޖިސްޓްރީ ކުރެއްވުމުގެ އިންތިޒާމު ފެނަކައިން ވަނީ ހަމަޖައްސާފައި އެވެ.

މޮޅަދޫގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ އިންޖީނުގޭގެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް މިކަމާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެވޭނެ އެންމެފަހު ވަގުތަކީ 28 އޮކްޓޯބަރ 2020 ވާ ބުދަ ދުވަހުގެ މެންދުރު ފަހު 14:00 އެވެ. އަދި މުރައިދޫގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ އައު އިންޖީނުގޭގެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އެކަމާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެވޭނެ އެންމެފަހު ވަގުތަކަށް އެ އިދާރާއިން ކަނޑައަޅާފައިވަނީ 01 ނޮވެންބަރު 2020 ވާ އާދިއްތަ ދުވަހުގެ މެންދުރު ފަހު 14:00 އެވެ.

މޮޅަދޫގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ އައު އިންޖީނުގޭގެ މަސައްކަތާއި ގުޅޭ ބިޑަށް، އަންދާސީ ހިސާބު ހުށަހެޅުން 01 ނޮވެމްބަރ 2020 ވާ އާދިއްތަ ދުވަހުގެ ހެނދުުނު 10:00 އަށް ތާވަލްކޮށްފައިވާއިރު މުރައިދޫގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ އައު އިންޖީނުގޭގެ މަސައްކަތާއި ގުޅޭ ބިޑަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ކަންކަން ތާވަލްކޮށްފައިވަނީ 04 ނޮވެމްބަރ 2020 ވާ ބުދަ ދުވަހުގެ ހެނދުުނު 10:00 ގައި ފެނަކަ ހެޑް އޮފީހުގައި އެވެ.

މިމަސައްކަތްތަކާއި ގުޅޭ މަޢުލޫމާތު ކަރުދާސް، ކުރެހުން އަދި ބީ.އޯ.ކިޔު ހިމެނިފައިވާ ސީ.ޑީ ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް ރަޖިސްޓަރ ކުރައްވާ ވަގުތު ހިއްސާކުރެވޭނެ ކަމަށް ފެނަކައިން ކުރެއްވި އިޢުލާނުގައި ފާހަގަކުރަށްވާފައިވެއެވެ.

މި ފަހަކަށް އައިސް ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ދަނީ ހއ. އަދި ހދ. އަތޮޅުގެ ގިނަ ރައްތަކެއްގައި ހުރި ބައު އިންޖީނުގެތައް އައު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އިހަވަންދޫ ، އުތީމު، ވައިކަރަދޫ، ކުމުންދޫ، ނެއްލައިދޫ އަދި ކުޅުދުއްފުށީގައި ތަރައްޤީ ކުރެވެމުން އަންނަ އައު އިންޖީނުގެތައް ފާހަގަކޮށްލެވެއެވެ.

ފެނަކައިން ދަނީ މި މަސައްކަތްތައް އެކުންފުނިން ޚިދުމަތްދޭ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ރަށްތަކުގައިވެސް ބާރު ސްޕީޑްގައި ކުރަށްވަމުންނެވެ.