Skip to main content

މުޙައްމަދު އިނާން

Viewer
🇲🇻 ތިލަދުން Desk
51 Stories
32 Reads

Published on ތިލަދުން (Thiladhun) by މުޙައްމަދު އިނާން

ސާމީއަށް އެހީވުމަށް ފޯކައިދޫގައިވެސް ފަންޑުފޮށިތަކެއް ބަހައްޓަނީ
Thiladhunmathi News

ސާމީއަށް އެހީވުމަށް ފޯކައިދޫގައިވެސް ފަންޑުފޮށިތަކެއް ބަހައްޓަނީ

ށ. ފޭދޫ ނާރެސް، އަހްމަދު ސާމީގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް އެހީވުމަށް ށ. ފޯކައިދޫ ކައުންސިލުން، އެރަށުގެ ދެ މިސްކިތެއްގައި އަންނަ ހުކުރު ދުވަހު ފަންޑު ފޮށިތަކެއް ބަހެއްޓުމަށް ހަމަޖައްސައިފިއެވެ. ފޯކައިދޫ ކައުންސިލުން ބުނީ ފޯކައިދޫ ރައްޔިތުންގެ ފަރާތުން ސާމީއަށް އެހީތެރިވުމުގެ ގޮތުން ބެހެއްޓޭ ފަންޑު ފޮށިތައް އެރަށުގެ ދެ މިސްކިތް ކަމަށްވާ، މަސްޖިދުލް އީމާން އަދި މަސްޖިދުލް ތައުޙީދުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ފަންޑު ފޮށި ބެހެއްޓިފައި ހުންނާނީ އަންނަ ހުކުރު ދުވަހުގެ […]

15 ރަށެއްގެ ފެނާއި ނަރުދަމާ އަދި 5 ރަށެއްގެ ފެނުގެ ނިޒާމް ޤާއިމްކުރުމަށް އެމްޑަބްލިއުއެސްސީ އަށް
Thiladhunmathi News

15 ރަށެއްގެ ފެނާއި ނަރުދަމާ އަދި 5 ރަށެއްގެ ފެނުގެ ނިޒާމް ޤާއިމްކުރުމަށް އެމްޑަބްލިއުއެސްސީ އަށް

ޑިޒައިން އެންޑް ބިލްޑް އުސޫލުން 15 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމް އަދި 5 ރަށެއްގެ ފެނުގެ ނިޒާމް ޤާއިމްކުރުމަށް މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ. އެއްބަސްވުމުގައި ސޮއިކުރުން ކުރިއަށް ގެންގޮސްފައިވަނީ އަޑުގެ ސެނެކޯ މާލަމްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. މި މަޝްރޫއުތަކުގެ އެއްބަސްވުމުގައި ނޭޝަނަލް ޕްލޭނިން، ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޑަބްލިޔުއެސްސީގެ ފަރާ...

މަސްތުވާތަކެއްޗާއިއެކު މިލަންދޫއިން 2 މީހަކު ހައްޔަރުކޮށްފި
Thiladhunmathi News

މަސްތުވާތަކެއްޗާއިއެކު މިލަންދޫއިން 2 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި އަތޮޅުތެރޭގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މިލަންދޫއިން 2 މީހަކު ހައްޔަރުކޮށްފިއެވެ. މިލަންދޫއިން ހައްޔަރުކޮށްފައިވަނީ މާލެއިން މިލަންދުއަށްދާ ދެ މީހަކު އެރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް އާންމުފަރާތަކުން މިލަންދޫ ޕޮލިސް ސްޓޭޝަނަށް ދިން މައުލޫމާތަކާ ގުޅިގެން މި ނޮވެމްބަރ މަހުގެ 9 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައިކމަށް ފުލުހުންވަނ...

ފޭދޫ ސާމީއަށް އެހީވުމަށް ކޮމަންޑޫގައި ފަންޑުފޮށިތަކެއް ބަހައްޓައިފި
Thiladhunmathi News

ފޭދޫ ސާމީއަށް އެހީވުމަށް ކޮމަންޑޫގައި ފަންޑުފޮށިތަކެއް ބަހައްޓައިފި

ށ.ފޭދޫ ނާރެސް، އަހްމަދު ސާމީގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް އެހީވުމަށް ށ. ކޮމަންޑޫ ކައުންސިލުން، އެރަށުގެ ތިން ސަރަހައްދެއްގައި ފަންޑު ފޮށި ބަހައްޓައިފިއެވެ. ކޮމަންޑޫ ކައުންސިލުން މިއަދު އެ އިދާރާގެ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ކޮމަންޑޫ ރައްޔިތުންގެ ފަރާތުން ސާމީއަށް އެހީވުމަށްޓަކައި އެރަށުގެ 3 ސަރަހައްދެއްގައި ފަންޑުފޮށި ބެހެއްޓިފައިވާނެ ކަމަށެވެ. އެ ތަންތަނަކީ އެރަށު ސިއްޙީ މަރުކަޒާއި، އެރަށު މިސްކިތެއް ކަމަށްވާ މަސްޖިދުއް ރަޙީމްގަޔާއި އަދި ކޮމަންޑޫ ކައުންސިލް އި...

ނޫމަރާ އަައު އިންޖީނުގެ އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަނީ
Thiladhunmathi News

ނޫމަރާ އަައު އިންޖީނުގެ އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަނީ

ށ. ނޫމަރާ  އަައު އިންޖީނުގެ އިމާރާތުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ފެނަކައިން ޢިއުލާން ކޮށްފިއެވެ. މި މަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމުން ފެނަކައިން ބުނެފައިވަނީ އެ ކުންފުނިން ދޭ ކުރެހުމާއި ބީ.އޯ.ކިޔު އަދި މަޢުލޫމާތާއި އެއްްގޮތަށް، ނޫމަރާ އައު އިންޖީނުގޭގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށް ހުޅުވާލާފައި ވަނީ 18-15 ނޮވެންބަރު 202...

މިލަދޫ ކައުންސިލުން ނެޓުބޯޅަ މުބާރާތެއް ބާއްވަނީ
Sports

މިލަދޫ ކައުންސިލުން ނެޓުބޯޅަ މުބާރާތެއް ބާއްވަނީ

ނ. މިލަދޫގައި ޤާއިމުކޮށްފައިވާ ނެޓްބޯޅަ ކޯރޓް ރަސްމީކޮށް ހުޅުވުމުގެ ގޮތުން އެރަށު ކައުންސިލްގެ ފަރާތުން ރަށުފެންވަރުގައި “ކައުންސިލް ނެޓްބޯލް ޗެލެންޖް-1” ގެ ނަމުގައި، އެރަށުގެ ކަނބަލުންނަށް ހާއްސަކޮށްގެން ނެޓްބޯޅަ މުބާރާތެއް ބޭއްވުމަށް ނިންމައިފިއެވެ. މި މުބާރާތަކީ އެރަށުގެ ކަނބަލުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް، އިޖްތިމާޢީ ގުޅުން ބަދަހިކުރުމާއި ކުޅިވަރުގެ ރޫޙު އާލާކޮށް ދެމެހެއްޓުމުގެ ބޭނުމުގައި އެރަށު ކައުންސިލުން ބާއްވާ މުބާރާތެއް ކަމަށް މިލަދޫ ކައުންސިލުން ބުންޏެވެ. މ...

އިންޑިއާގެ ފޮރިން ސެކްރެޓަރީ މިމަހުގެ 8 ގައި ރާއްޖެ ވަޑައިގަންނަވަނީ
Raajje

އިންޑިއާގެ ފޮރިން ސެކްރެޓަރީ މިމަހުގެ 8 ގައި ރާއްޖެ ވަޑައިގަންނަވަނީ

ދިވެހި ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދުގެ ދަޢުވަތަކަށް، އިންޑިއާގެ 33 ވަނަ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދާން ޝްރިންގްލާ، މި ނޮވެމްބަރު މަހުގެ 8 އިން 10 އަކަށް ދިވެހިރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެއެވެ. މި ދަތުރުފުޅުގައި ޤައުމުގެ ފޮރިން ސެކްރެޓަރީ އިން، އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރިއަށްދާ ޕްރޮޖެކްޓްތަކާ ބެހޭ އެންމެ ފަހުގެ މަަޢުލޫމާތުތައް ހިއްސާކުރުމަށް ހަމަޖެހިފައިވެއެވެ. އަދި 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި...

ފީވަކު ބަނދަރުގެ 61 ޕަސެންޓް މަސައްކަތް ނިމިއްޖެ: އެމްޓީސީސީ
Raajje

ފީވަކު ބަނދަރުގެ 61 ޕަސެންޓް މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ތަރައްގީ ކުރަމުންދާ ށ. ފީވަކު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 61 ޕަސެންޓް ނިމިއްޖެ ކަމަށް އެކުންފުނިން ބުނެފިއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އަށް ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 69.3 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. ފީވަކުގައި މިހާރު ކުރިއަށްދާ މި މަޝްރޫޢުގެ ބޭރުތޮށި ރޭނުމުގެ 53 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާއިރު، އެއ...

ހޯރަފުށީގައި އޮޑިއެހެލާ ސަރަޙައްދަކާއި ސްލިޕްވޭއެއް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

ހޯރަފުށީގައި އޮޑިއެހެލާ ސަރަޙައްދަކާއި ސްލިޕްވޭއެއް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދަނީ

ހޯރަފުށީގެ ލޭންޑްޔޫސް ޕްލޭންގައި ކަނޑައަޅާފައިވާ ގޮތަށް ހޯރަފުށީ އެއާރޕޯޓުން ފެށިގެން ރަށުގެ އިރު ދެކުނު ސަރަޙައްދުގައި އަމިއްލަ ޚަރަދުގައި ބިން ހިއްކައިގެން އޮޑި ދޯނިފަހަރު އެހެލާ ސަރަޙައްދަކާއި އަދި ސްލިޕްވޭއެއް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނު ކޮށްފިއެވެ. އެކަމަށް ޝަޢުގުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލައި، ހޯރަފުށީ ކައުންސިލުންކުރި އިޢުލާނުގައި ވަނީ، އެ ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް އެމަސައްކަތް ކުރުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކަށް މިކަމާއި ގުޅޭގޮތުން މަޢުލޫމާތު...

ނޮޅިވަރަންފަރަށް ހިޖުރަކުރި 52 އާއިލާއަށް އަންނަމަހު ގެ ދޫކުރަނީ
Thiladhunmathi News

ނޮޅިވަރަންފަރަށް ހިޖުރަކުރި 52 އާއިލާއަށް އަންނަމަހު ގެ ދޫކުރަނީ

އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުން 2011 ވަނަ އަހަރު ހދ.ނޮޅިވަރަންފަރަށް ބަދަލުކުރި އާއިލާ ތަކުގެ ތެރެއިން ގެދޮރު ނުލިބޭ ފަރާތްތަކަށް އަންނަ ޑިސެންބަރު މަހު ގެ ދޫކުރެވޭނެ ކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް އެންޑް ހައުސިންގް އިންފްރާސްޓަރަކްޗާރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. އަސްލަމް މިހެން ވިދާޅުވެފައިވަނީ އިއްޔެ ކުރިއަށްދިޔަ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ކުރެއްވި ސުވާލުތަކަކަށް ޖަވާބުދެއްވަމުންނެވެ. މޮސްޓާ ވަނީ ނޮ...

ހޯރަފުށީގެ ތާރީޚު ރަމްޒުކޮށްދޭ މޮނިއުމަންޓެއް ހަދައިދޭނެ ބަޔަކު ހޯދަނީ
Thiladhunmathi News

ހޯރަފުށީގެ ތާރީޚު ރަމްޒުކޮށްދޭ މޮނިއުމަންޓެއް ހަދައިދޭނެ ބަޔަކު ހޯދަނީ

ހއ. ހޯރަފުށީގެ ތާރީޚު ރަމްޒުކޮށްދޭ މޮނިއުމަންޓެއް ފަރުމާކޮށް އަމިއްލަތަކެތީގައި ހަދައިދިދޭނެ ފަރާތެއް ހޯދުމަށް ހޯރަފުށީ ކައުންސިލުން އިޢުލާނު ކޮށްފިއެވެ. އެކަމަށް ޝަޢުގުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލައި، ހޯރަފުށީ ކައުންސިލުންކުރި އިޢުލާނުގައި ވަނީ، އެ ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް އެމަސައްކަތް ކުރުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކަށް މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުން މިމަހުގެ 10 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި އެ ކައުންސިލްގެ އިދާރާގައި އޮންނާނެ ކަމަށެވެ. މި މަސައްކަ...

ހުއްދަނެތި ފަޅުރަށްރަށުން ރުއްގަސް ކަނޑައިގެން ކޮމަންޑޫއަށް ނުގެނައުމަށް އެދެފި
Thiladhunmathi News

ހުއްދަނެތި ފަޅުރަށްރަށުން ރުއްގަސް ކަނޑައިގެން ކޮމަންޑޫއަށް ނުގެނައުމަށް އެދެފި

ފަޅުރަށްރަށުން ރުއްގަސް ކަނޑައިގެން ށ. ކޮމަންޑޫއަށް ނުގެނައުމަށް ކޮމަންޑޫ ކައުންސިލުން އެދެފި އެވެ. އެކައުންސިލުން މިއަދު ނެރުނު އިޢުލާނެއްގަ އެދިފައިވަނީ، ފަޅުރަށްތަކުން ރޯކުރެދި، ރުއް، ފުނަ، ކާނި ފަދަ ގަސްތައް ހުއްދައަކާއި ނުލާ ކަނޑައިގެން ކޮމަންޑޫއަށް އެތެރެ ނުކުރުމަށެވެ. އެއްވެސް ފަރާތެއްގެ ހުއްދައަކާއި ނުލާ އެކި ބޭނުމުގައި ކައިރި ފަޅު ރަށްރަށުން ގެނައުން އާންމު ކަމަކަށް ވެފައިވާކަމަށް އެކައުންސިލުން ވަނީ ބުނެފަ އެވެ. މިކަމުގެ މަޢުލޫމާތު، އެ އިދާރާއަށް އެކި ފަރާތްތަކުން ހިއްސާކުރަމުން ދާކަމަ...

ބްލަޑް ސަރވިސަސްގެ އިސްވެރިންނާ ނައިބު ރައީސް ބައްދަލުކުރައްވައިފި
Raajje

ބްލަޑް ސަރވިސަސްގެ އިސްވެރިންނާ ނައިބު ރައީސް ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މޯލްޑިވިއަން ބްލަޑް ސަރވިސަސް (އެމްބީއެސް)ގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ. މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށް ދިޔަ ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ފަރާތުން ކުރިއަށްްގެންދާ އެންމެހާ ހަރަކާތްތަކާއި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ މަޢުލޫމާތުތައް އެ ސާރވިސްގެ އިސްވެރިންގެ ކިބައިން ހޯއްދަވާފައެވެ. އެގޮތުން އެ ސާރްވިސްގެ އިސްވެރިން ވަނީ ޓެލެކޮންސަލްޓޭޝަންގެ...

ފީވަކު ކައުންސިލް ރައީސްކަމަށް އާދިލް، ނައިބަކަށް ހުސައިން މޫސާ
Thiladhunmathi News

ފީވަކު ކައުންސިލް ރައީސްކަމަށް އާދިލް، ނައިބަކަށް ހުސައިން މޫސާ

މިލަދުންމަޑުލުއުތުރުބުރީ ފީވަކު ކައުންސިލްގެ ރައީސްކަމުގެ މަޤާމަށް އަޙްމަދު ޢާދިލް ހަބަރުމާގެ، އަދި ކައުންސިލްގެ ނާއިބު ރައީސްކަމުގެ މަޤާމަށް ޙުސައިން މޫސާ، ހިޔަލީގެ އިންތިހާބުކޮށްފިއެވެ. މި މަޤާމަށް މިދެބޭފުޅުން އިންތިހާބު ކޮށްފައިވަނީ މިއަދު މެންދުރު ފަހު އެރަށު ކައުންސިލް އިދާރާގައި ކުރިއަށްދިޔަ އެކައުންސިލްގެ ތިންވަނަ ދައުރުގެ 109 ވަނަ ޢާންމު ޖަލްސާގަ އެވެ. އަޙްމަދު ޢާދިލް އާދިލްއަކީ އެކައުންސިލްގެ ނައިބް ރައީސްގެ މަޤާމް ފުރުއްވަމުން އައިފަރާތެވެ. މިލަދުންމަޑުލުއުތުރުބުރީ ފީވަކު ކައުންސިލްގެ...

އަލިފުށީ ސްޕޯރޓްސް އެރީނާގައި 2 ވޮލީ ކޯޓް ހަދައިދޭނެ ބަޔަކު ހޯދަނީ
Raajje

އަލިފުށީ ސްޕޯރޓްސް އެރީނާގައި 2 ވޮލީ ކޯޓް ހަދައިދޭނެ ބަޔަކު ހޯދަނީ

ރ. އަލިފުށީ ސްޕޯރޓްސް އެރީނާގައި 2 ވޮލީ ކޯޓް ހަދައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކޮށްފިއެވެ. އެގޮތުން އަލިފުށީ ކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް މި މަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، މި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ތާވަލް ކޮށްފައިވަނީ ނޮވެންބަރު 16 ވާ ހޯމަ ދުވަހުގެ 11:00 އަށެވެ. އަދި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށް މިކަމާއި ގުޅޭގޮތުން އަންދާސީ ހިސާބު ހުށައެޅުމުގެ ކަންކަން ކުރިއަށް ގެންދިޔުމަށް ތާވަލްކޮ...