އެޕަލް ކުންފުނިން އެންމެ ފަހުން ތައާރަފް ކުރި އައިޕޯން 12 އަދި އައިފޯން 12 ޕްރޯ ދިވެހިރާއްޖޭގެ މާރކެޓަށް އުރީދޫއިން ތަޢާރަފްކޮށްފިއެވެ.

އޫރިދޫއިން ބުނީ މޫލީ މެދުވެރިކޮށް ކޮންމެ ރަށެއްގައި ހުރެގެން ވެސް އޯޑަރު ކުރެވޭނެކަމަށެވެ. އަދި ފޯނު ލިބުމުން އެ މީހެއްގެ ރަށަށް ހިލޭ ގެންގޮސްދޭނެ އެވެ.

Ad
rt

މިމަހުގެ 13 ވަނަދުވަހު އެޕަލް އިން ތަޢާރަފް ކުރި މި ސީރީސްގައި އައިފޯން 12 ގެ ޖުމްލަ 4 މޮޑެލް އެއް ވަނީ ތާރަފްކޮށްފައެވެ. އެއީ އައިފޯން 12 އާއި އައިފޯން 12 ޕްރޯއާއި އައިފޯން 12 މިނި އަދި އައިފޯން 12 ޕްރޯ މެކްސް އެވެ. އެހެންނަމަވެސް އުރީދޫގެ ފަރާތުން ދިވެހިރާއްޖޭގެ މާރކެޓަށް ނެރެފައިވަނީ އައިފޯން 12 އަދި އައިފޯން 12 ޕްރޯ އެވެ. މި ދެ މޮޑަލްގެ ފޯނަށްވެސް މޫލީ މެދުވެރިކޮށް ޕްރީ އޯޑަރ ކުރުމުގެ ފުރުސަތު ރޭގެ 12:00 އިން ފެށިގެން ވަނީ ހުޅުވާލާފައެވެ.

އެޕަލްގެ ފަރާތުން ތަޢާރަފްކުރި އައިފޯން 12 ގެ މި މޮޑަލްތަކަކީ އައިފޯންގެ އެހެން މޮޑަލްތަކާއި ޚިލާފަށް 5ޖީ ނެޓްވޯރކް އެކުލެވޭނެހެން ތައްޔާރު ކުރެވުނު ފުރަތަމަ މޮޑަލްއެވެ. މީގެ އިތުރުން އައިފޯނު 12 ގެ މޮޑެލްތަކަކީ ސެރަމިކް ޝީލްޑް ފްރަންޓް ކަވަރަކާއި އެކު، އައިފޯން 12 ސީރީޒްގެ ފޯނުތަކުގައި އެކުލެވިފައިވާ އެޕަލްގެ އޭ-14 ބަޔޮނިކް ޗިޕް އަކީ މިހާތަނަށް ސްމާޓްފޯނެއްގައި ބޭނުންކުރެވިފައިވާ އެންމެ ހަލުވި ޗިޕް އެވެ. ވާދަވެރި ކެމެރާ ސިސްޓަމްތަކަކާއި އެކު، އެޖް-ޓު-އެޖް ސުޕަ ރެޓިނާ އެކްސްޑީއާރް ޑިސްޕްލޭވެސް މި މޮޑަލްގައި ހިމަނާފައިވެއެވެ.

އައިފޯން 12ތަފާތު ކުލަތައް ދުނިޔޭގެ ބާޒާރަށް ނެރެފައިވާއިރު އޭގެ ތެރޭގައި ކަޅު، ހުދު، ނޫ، ރަތް އަދި ފެހި ކުލަ ހިމެނެއެވެ.