ރ. އަލިފުށީ ސްޕޯރޓްސް އެރީނާގައި 2 ވޮލީ ކޯޓް ހަދައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކޮށްފިއެވެ.
އެގޮތުން އަލިފުށީ ކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް މި މަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، މި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ތާވަލް ކޮށްފައިވަނީ ނޮވެންބަރު 16 ވާ ހޯމަ ދުވަހުގެ 11:00 އަށެވެ.
އަދި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށް މިކަމާއި ގުޅޭގޮތުން އަންދާސީ ހިސާބު ހުށައެޅުމުގެ ކަންކަން ކުރިއަށް ގެންދިޔުމަށް ތާވަލްކޮށްފައިވަނީ ނޮވެންބަރު 26 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށެވެ.
މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށައެޅުމުގެ ކަންކަން ބޭއްވުމަށް ހަމަޖައްސާފައިވަނީ މި އެ ދުވަސްތަކުގައި އެރަށުގެ ކައުންސިލް އިދާރާގައެވެ.
މި ފަހަކަށް އައިސް އަލިފުށީގައި އަންނަނީ ކުޅިވަރާ ގުޅުންހުރި ގިނަ ޕްރޮޖެކްޓްތަކެއް ހިންގަމުންނެވެ. އެގޮތުން މިއަހަރުގެ ސެޕްޓެންބަރުމަހު ވަނީ އެރަށުގެ ފުޓުބޯޅަ ދަނޑުގެ ރޮސްޓޮރަމް ގާއިމް ކޮށްދޭނެ ފަރާތަކާއި އެރަށު ފުޓުބޯޅަ ދަނޑުގައި ލައިޓް ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށްވެސް އިޢުލާނު ކޮށްފައެވެ.
މީގެ އިތުރުންވެސް ހަމަ އެމަހުގެތެރޭގައި ވަނީ އެރަށުގެ އުތުރުފަރާތު އަވަށު މިޔުޒިކަލް ސޮސައިޓީގެ ބިމުގައި ވޮލީކުޅުމަށް ހާއްސަ ވޮލީ ކޯޓެއްވެސް ތަރައްޤީ ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!