މިލަދޫ ކައުންސިލުން ނެޓުބޯޅަ މުބާރާތެއް ބާއްވަނީ

photo_2020-11-09_18-22-53

ނ. މިލަދޫގައި ޤާއިމުކޮށްފައިވާ ނެޓްބޯޅަ ކޯރޓް ރަސްމީކޮށް ހުޅުވުމުގެ ގޮތުން އެރަށު ކައުންސިލްގެ ފަރާތުން ރަށުފެންވަރުގައި "ކައުންސިލް ނެޓްބޯލް ޗެލެންޖް-1" ގެ ނަމުގައި، އެރަށުގެ ކަނބަލުންނަށް ހާއްސަކޮށްގެން ނެޓްބޯޅަ މުބާރާތެއް ބޭއްވުމަށް ނިންމައިފިއެވެ.

މި މުބާރާތަކީ އެރަށުގެ ކަނބަލުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް، އިޖްތިމާޢީ ގުޅުން ބަދަހިކުރުމާއި ކުޅިވަރުގެ ރޫޙު އާލާކޮށް ދެމެހެއްޓުމުގެ ބޭނުމުގައި އެރަށު ކައުންސިލުން ބާއްވާ މުބާރާތެއް ކަމަށް މިލަދޫ ކައުންސިލުން ބުންޏެވެ.

މި މުބާރާތުގައި ވާދަކުރެއްވުމަށް ޝައުޤުވެރިވާ މިލަދުއަށް ނިސްބަތްވާ ފަރާތްތަކަށް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމުން އެރަށު ކައުންސިލުން ބުނެފައިވަނީ މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ، 19 ޑިސެންބަރު 2020 ވާ ހޮނިހިރު ދުވަހުގައި ކަމަށެވެ.

އަދި މި މުބާރާތުގައި ރަޖިސްޓްރީވުމަށް އެދޭ މިލަދުއަށް ނިސްބަތްވާ ފަރާތްތަކުން، 19 ނޮވެންބަރު 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 02:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރައްވައި، އެ ކައުންސިލްގެ އީ-މެއިލް ([email protected]) އަށް މެއިލް ކުރެއްވުމަށް އެ ކައުންސިލުން ބުނެފައި ވެއެވެ.

މީގެ އިތުރުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ޤަވާޢިދު، މިއަދުން ފެށިގެން އެ ކައުންސިލްގެ އިދާރާއިން އަދި މިލަދޫ ކައުންސިލްގެ ފޭސްބުކް ޕޭޖްއިން ލިބެން ހުންނާނެ އެކަމަށް ފުރުޞަތު ހުޅުވާލައި އެ ކައުންސިލުން ކުރި އިޢުލާނުގައި އިތުރަށް ބުނެފައިވެއެވެ.

"ކައުންސިލް ނެޓްބޯލް ޗެލެންޖް-1" ގެ ނަމުގައި މިލަދޫ ކައުންސިލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 5000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު ރަނަރ-އަޕް ޓީމަށް 3000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *