ރެއާލްގެ ކޮންޓްރެކްޓް ރޮޑްރިގޯ އައުކޮށްފި
ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ އުމުރުން 22 އަހަރުގެ ބްރެޒިލްގެ ހުނަރުވެރު ފޯވާޑް ރޮޑްރިގޯ، އެ ޓީމާއިއެކު ހަދާފައިވާ އެއްބަސްވުން އައުކޮށްފިއެވެ. ރޮޑްރިގޯ ރެއާލާއި ގުޅިފައި ވަނީ އޭނާގެ އުމުރުން 18 އަހަރުގައި ބްރެޒިލްގެ ސަންޓޯސްއިންނެވެ. ރެއާލާއިއެކު އޭނާ ހަދާފައިވާ އައު އެއްބަސްވުމުގެ ދަށުން 2028 ވަނަ އަހަރުގެ ސީޒަންގެ ނިޔަލަށް އޭނާ އެ ޓީމްގައި މަޑުކުރާނެއެވެ. ރޮޑްރިގޯ މިހާތަނަށް ރެއާލަށް 179 މެޗު ވަނީ ކުޅެފައެވެ. އެ މެޗުތަކުގައި އޭނާ ވަނީ 39 ލަނޑު ޖަހާފައެވެ. […]