ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރުގައި "ބޭސިކް ފަހާ" ކޯހެއް ހިންގައިދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފިއެވެ.

އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިންތިޒާމްކޮށް ކުރިއަށް ގެންދާ މި ކޯސް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ނޮވެމްބަރ މަހުގެ 15 ވަނަ ދުވަހުއެވެ. ޖުމްލަ 20 ބައިވެރިންނަށް ފުރުޞަތު ދިނުމަށް ނިންމާފައިވާ މި ކޯހުގެ މުއްދަތަކީ ވިހި ދުވަހެވެ.

Ad
rt

މި ކޯސް އެ ރަށުގައި ހިންގައިދިނުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާއިރު، އަންނަ ނޮވެމްބަރ މަހުގެ 2 ވަނަ ދުވަހުގެ 14:00 ގެ ކުރިން ކޯޓޭޝަން ހުށަހަޅަން ޖެހެއެވެ.

ކޯސް ހިންގާ ފަރާތުން ބައިވރިންނަށް ދަސްކޮށްދޭނެ ޖެހޭ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ ބާލީސް އުރަ، އާދައިގެ ހަރުވާޅު، އާދައިގެ އަރިފެޅި ހެދުން، ބޮޑު ހެދުން އަދި ވަށްބުރުގާ ފަހަން ދަށްކޮށްދިނުމުގެ އިތުތުން މިން ނަގަން ދަސްކޮށް ދިނުމާއި ކަނޑަން ދަސްކޮށްދިނުން ހިމެނެއެވެ.

މި ކޯހުގައި ބައިވެރިވާ ފަރާތްތަކުން ފަހާފޮއްޓާއި ކަތުރު ހޯދަން ޖެހޭއިރު، ދެން ކޯހަށް ބޭނުންވާ ހުރިހާ ސާމާނެއް ފޯރުކޮށްދޭން ޖެހެނީ ހިންފާ ފަރާތުންނެވެ.