މައި ޚަބަރަށް ދިޔުމަށް

އިބްރާހިމް ޚަލީލް

Viewer
🇲🇻 ތިލަދުން Desk
3,613 Stories
293 Reads

Published on ތިލަދުން (Thiladhun) by އިބްރާހިމް ޚަލީލް

"ދިއްދޫ ރައްޔިތުން ފަލަސްތީނާއިއެކު" ނަމުގައި ބޮޑު ހިނގާލުމެއް ބާއްވަނީ
Thiladhunmathi News

"ދިއްދޫ ރައްޔިތުން ފަލަސްތީނާއިއެކު" ނަމުގައި ބޮޑު ހިނގާލުމެއް ބާއްވަނީ

އިޒްރޭލުގެ ސިފައިން ފަލަސްތީނުގައި ހިންގަމުން އަންނަ ލާއިންސާނީ އަމަލުތަކާއި ގުޅިގެން ހާލުގައި ޖެހިފައިވާ، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އަޑުއުފުލުމުގެ ގޮތުން “ދިއްދޫ ރައްޔިތުން ފަލަސްތީނާއިއެކު” މި ނަމުގައި އެ ރަށުގައި ބޮޑު ހިނގާލުމެއް ބާއްވަން ތައްޔާރު ވެއްޖެއެވެ. މި ހިނގާލުން ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 27 ވާ ހުކުރު ދުވަހުއެވެ. ހިނގާލުން ފެށުމަށް ހަމަޖެހިފައި ވަނީ އެ ދުވަހުގެ ހަވީރު 16:00 ގައި އެ ރަށު ބޮޑުމަގުގެ ރައްސިގަނޑު ސަރަހައްދުންނެވެ. މި ހިނގާލުމާއި ގުޅޭގޮތުން […]

"ޒީރޯ" ގައި ތިބި އޮނާނާ އާއި މެގުއާ އެންމެ ފަހުން ހީރޯއިންނަށް
Sports

"ޒީރޯ" ގައި ތިބި އޮނާނާ އާއި މެގުއާ އެންމެ ފަހުން ހީރޯއިންނަށް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ގްރޫޕް އޭގައި މެންޗެސްޓާ ޔުނައިޓެޑާއި ކޯޕެންހޭގަން ބައްދަލުކުރި މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފިއެވެ. ޔުނައިޓެޑްގެ އޯލްޑް ޓްރަފޯޑް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި އެ ޓީމުން ވަނީ ކޯޕެންހޭގަން މައްޗަށް 1-0 ގެ ނަތީޖާއިން ކުރި ހޯދާފައެވެ. ބައެއް މެޗުތަކުގައި ހެދި ބޮޑެތި ގޯސްތަކުގެ ސަބަބުން މެންޗެސްޓާ ޔުނައިޓެޑްގެ ޑިފެންޑަރ ހެރީ މެގުއާ އާއި ކީޕަރ އޮނާނާއަށް ފާއިތުވި ދުވަސްތަކުގައި ޔުނައިޓެޑްގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ވަރަށް ބޮޑަށް ނުރުހުން އަމާޒުވެފައެވެ. […]

ބެލިންހަމް ލަނޑުން ރެއާލުން ބްރާގާ ބަލިކޮށްފި
Sports

ބެލިންހަމް ލަނޑުން ރެއާލުން ބްރާގާ ބަލިކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސީގައި ރޭ ރެއާލް މެޑްރިޑާއި ބްރާގާ ބައްދަލުކުރި މެޗު ރެއާލުން ކާމިޔާބު ކޮށްފިއެވެ. ރޭ ބްރާގާގެ ދަނޑުގައި ކުޅުނު މެޗުގައި ރެއާލުން ވަނީ 2-1 ގެ ނަތީޖާއިން ބްރާގާ މައްޗަށް ކުރި ހޯދާފައެވެ. މެޗުގައި ރެއާލަށް ފުރަތަމަ ލަނޑު ޖަހައިދިނީ ރޮޑްރިގޯއެވެ. ފުރަތަމަ ހާފުގެ 16 ވަނަ މިނެޓުގައި ވިނީސިއަސް ބްރާގާގެ ގޯލު ކުރިމައްޗަށް ތިރިން ހުރަސްކުރި ބޯޅަ ރޮޑްރިގޯ ވަނީ ޓެކުލްކޮށް ބޯޅައިގައި ޖައްސައި ގޯލުގެ ތެރެއަށް ވައްދާލާފައެވެ. މެޗުގެ […]

ހއ. އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގައި ބައިވެރިވެވޭ މުއްދަތު އިތުރުކޮށް އުމުރުފުރާއަށް ބަދަލެއް
Thiladhunmathi News

ހއ. އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގައި ބައިވެރިވެވޭ މުއްދަތު އިތުރުކޮށް އުމުރުފުރާއަށް ބަދަލެއް

ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ހއ.އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ “ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް 1445” ގައި ބައިވެރިވެވޭ މުއްދަތު އިތުރުކޮށް، މުބާރާތުގައި ބައިވެރިވެވޭ އުމުރުފުރާއަށް ބަދަލު ގެނެސްފިއެވެ. ކުރިން މި މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު ހުޅުވާލާފައި އޮތީ މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް މިހާރު މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކޮށްފައެވެ. މި މުބާރާތުގައި […]

ޓޮޓެންހަމް އެއްވަނައަށް
Sports

ޓޮޓެންހަމް އެއްވަނައަށް

ސޮން ހެއުން މިންއާއި މެޑިސަންގެ ލަނޑުތަކުން މޮޅުވެ ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޓޮޓެންހަމް ޖެހިލައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ޓޮޓެންހަމުން ވަނީ 2-0 ގެ ނަތީޖާއިން ފުލަމް ބަލިކޮށްފައެވެ. މި ސީޒަންގައި ޓޮޓެންހަމުން ލީގުގައި މޮޅު ކުޅުމެއް ދައްކަމުން އަންނައިރު މިހާތަނަށް ކުޅުނު ނުވަ މެޗުގެ ތެރެއިން އެ ޓީމް އަދި ބަލިވެފައިނުވެއެވެ. ނުވަ މެޗުގެ ތެރެއިން ހަތް މެޗު ކާމިޔާބު ކުރިއިރު ދެ މެޗު ނިމުނީ އެއްވަރު ވެގެންނެވެ. އެއީ އާސެނަލްއާއި ބްރެންޓްފޯޑާއި […]

ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖްގެ ފައިނަލަށް ޒީރުއާއި ލަޔަން
Thiladhunmathi News

ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖްގެ ފައިނަލަށް ޒީރުއާއި ލަޔަން

ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2023” ފައިނަލުން ޒީރު ސްޕޯޓްސް ކުލަބާއި ލަޔަން ޖާގަ ހޯދައިފިއެވެ. މި މުބާރާތުގެ ސެމީ ފައިނަލް މެޗުތައް އިއްޔެ ކުޅެފައިވާއިރު ފުރަތަމަ ސެމީގައި އިއްޔެ ހަވީރު ބައްދަލުކުރީ ލަޔަންއާއި އައްޓޯ އެފްސީއެވެ. މި މެޗު ފުރިހަމަ ވަގުތު ހަމަވިއިރު އޮތީ 0-0 ގެ ނަތީޖާއިން ދެ ޓީމް އެއްވަރުވެފައެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 3-1 އިން ކުރި ހޯދައި ލަޔަން […]

ރޮނާލްޑޯގެ ލަނޑުން މޮޅުވެ އަލް ނަސްރު ކުރިއަށް
Sports

ރޮނާލްޑޯގެ ލަނޑުން މޮޅުވެ އަލް ނަސްރު ކުރިއަށް

ސައުދީ ޕްރޮފެޝަނަލް ލީގުގައި ރޭ އަލް ނަސްރާއި ދަމަކް ކުލަބް ބައްދަލުކުރި މެޗު އަލް ނަސްރުން ކާމިޔާބު ކޮށްފިއެވެ. ސީޒަންގެ ފުރަތަމަ މެޗުތަކުގައި ދަށް ނަތީޖާތަކެއް ނެރުނު ނަމަވެސް އަލް ނަސްރުން މިހާރު އަންނަނީ ލީގުގައި މޮޅަށް ކުޅެމުންނެވެ. ރޭ ލިބުނު ތިން ޕޮއިންޓާއިއެކު އަލް ނަސްރު ވަނީ ޕޮއިންޓް ތާވަލުގެ ތިންވަނައަށް ޖެހިލާފައެވެ. އަލް ނަސްރަށް 10 މެޗުން 22 ޕޮއިންޓް ލިބިފައިވާއިރު ދެވަނާގައި އޮތް އަލް ތާވުން އަށް ލިބިފައި ވަނީ 10 މެޗުން […]

ސެވިއްޔާއާއި ރެއާލްގެ ކުރިމަތިލުން އެއްވަރު
Sports

ސެވިއްޔާއާއި ރެއާލްގެ ކުރިމަތިލުން އެއްވަރު

ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި ސެވިއްޔާ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ރޭ ސެވިއްޔާގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރު ވެފައި ވަނީ 1-1 ގެ ނަތީޖާއިންނެވެ. މި މެޗުގައި އެންމެ ގިނަ ބައެއްގެ ލޯތަށް އަމާޒުވީ 37 އަހަރުގެ ސްޕެއިންގެ ޑިފެންޑަރ ސާޖިއޯ ރާމޯސްއަށެވެ. ރާމޯސައަކީ ރެއާލަށް 2005 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ނިޔަލަށް ޖުމްލަ 16 ސީޒަންގައި ކުޅެ އެ ޓީމާއިއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކުޅުންތެރިއެކެވެ. […]

ނޮޅިވަރަންފަރު ޑަބްލިއުޑީސީން ކުރިއަށް ގެންދިޔަ ކޭކް ޑެކަރޭޝަން ކޯސް ކާމިޔާބު ކަމާއިއެކު ނިންމާލައިފި
Thiladhunmathi News

ނޮޅިވަރަންފަރު ޑަބްލިއުޑީސީން ކުރިއަށް ގެންދިޔަ ކޭކް ޑެކަރޭޝަން ކޯސް ކާމިޔާބު ކަމާއިއެކު ނިންމާލައިފި

ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިންތިޒާމް ކޮށްގެން އެރަށުގައި ކުރިއަށް ގެންދިޔަ އެޑްވާންސް ލެވެލް ކޭކް ޑެކަރޭޝަން ކޯސް ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ. ދިހަ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ކޯހުގެ ނިންމުމުގެ ހަފްލާ ބާއްވާފައި ވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ. އެ ހަފްލާގައި ކޯސް ފުރިހަމަ ކުރި ބައިވެރިންނަށް، ކޯހުގައި ކިޔަވައިދެއްވި “ފަނާރު ކޭކް” ގެ ފަރާތުން ވަނީ ސެޓްފިކެޓް ހަވާލު ކޮށްފައެވެ. ކޯސް ނިންމުމުގެ ހަފްލާގައި...

ބްރެމެން ބަލިކޮށް ޑޯޓްމަންޑް އެއްވަނައަށް
Sports

ބްރެމެން ބަލިކޮށް ޑޯޓްމަންޑް އެއްވަނައަށް

ޖަރުމަނު ލީގުގައި ރޭ ބްރޫޝިއާ ޑޯޓްމަންޑާއި ވާޑާ ބްރެމެން ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޑޯޓްމަންޑް ޖެހިލައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ޑޯޓްމަންޑުން ވަނީ 1-0 ގެ ނަތީޖާއިން ބްރެމެން ބަލިކޮށްފައެވެ. މި މޮޅާއިއެކު ޑޯޓްމަންޑަށް ވަނީ ކުޅުނު އަށް މެޗުން 20 ޕޮއިންޓް ލިބިފައެވެ. އެއް މެޗު މަދުންކުޅެ 19 ޕޮއިންޓާއިއެކު ދެވަނާގައި އޮތީ ބަޔާން ލެވަކޫސެންއެވެ. މިރޭ ލެވަކޫސެންއާއި  ވުލްސްބާގް ބައްދަލުކުރާ މެޗު ކާމިޔާބު ކޮށްގެން ތާވަލުގެ އެއްވަނައަށް ޖެހިލުމުގެ ފުރުޞަތު […]

ކުމުންދޫ ފުޓްސަލް: ސެމީގައި ޒީރުއާއި ޖުވެނިސް އަދި އައްޓޯ އެފްސީއާއި ލަޔަން
Thiladhunmathi News

ކުމުންދޫ ފުޓްސަލް: ސެމީގައި ޒީރުއާއި ޖުވެނިސް އަދި އައްޓޯ އެފްސީއާއި ލަޔަން

ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2023” ގެ ސެމީ ފައިނަލަށް ޓީމްތައް ހޮވިއްޖެއެވެ. މި މުބާރާތުގެ ސެމީ ފައިނަލް މެޗުތައް މިއަދު ކުޅެން ތާވަލު ކޮށްފައިވާއިރު، ސެމީގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ބައްދަލުކުރާނީ ޒީރު ސްޕޯޓްސް ކުލަބާއި ޖުވެނިސްއެވެ. މި ދެ ޓީމް ސެމީ ފައިނަލަށް ދަތުރު ކޮށްފައިވާ ގޮތަށް ބަލައިލާއިރު ޒީރު ވަނީ ގްރޫޕް އޭގައި ކުޅުނު ތިން މެޗު ކާމިޔާބުކޮށް ނުވަ ޕޮއިންޓް […]

ކަނޑިތީމު ހަސަން ޒަރީރުގެ ގަލަމުން "އިހުތިބީންގެ ދުލުން އެވޭލާ ދިރިއުޅުން"
Thiladhunmathi News

ކަނޑިތީމު ހަސަން ޒަރީރުގެ ގަލަމުން "އިހުތިބީންގެ ދުލުން އެވޭލާ ދިރިއުޅުން"

އިހުގައި ދިރިއުޅުނު މީހުން އެ މީހުން ދިރިއުޅުމަށް ކުރި މަސައްކަތްތަކާއި އުޅުނު ގޮތްތަކާއި އާދަކާދައާއި އަދި އެ މީހުންގެ ކާބަފައިނެގެ ދުވަސްވަރު ހިނގާފައިވާ ކަންކަމުގެ މައުލޫމާތު ހޯދައި ފޮތެއްގެ ސިފައިގައި ލިޔެ ޖަމާކުރުމަކީ އާދައިގެ މަސައްކަތެއް ނޫނެވެ. ދިވެހި ތާރީހަށް ހާއްސަ ލޯތްބެއް އޮންނަ ށ.ކަނޑިތީމް ހަސަން ޒަރީރު (ލަގަން) މީގެ ވިއްސަކަށް އަހަރު ކުރިން ލިޔުއްވަން ފެއްޓެވި “އިހުތިބީންގެ ދުލުން އެވޭލާ ދިރިއުޅުން” މި ފޮތް އިއްޔެ ރަސްމީކޮށް އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ވަނީ […]

ޓޮމް އެފްއޭއެމްގެ ރައީސްކަމަށް ވާދަ ކުރަން ނިންމައި، ފުޓްބޯޅަ ކުލަބްތަކުގެ އެހީތެރިކަމަށް އެދެފި
Sports

ޓޮމް އެފްއޭއެމްގެ ރައީސްކަމަށް ވާދަ ކުރަން ނިންމައި، ފުޓްބޯޅަ ކުލަބްތަކުގެ އެހީތެރިކަމަށް އެދެފި

އަންނަ އަހަރު އޮންނަ އެފްއޭއެމްގެ އިންތިހާބުގައި ރައީސްކަމަށް ވާދަކުރައްވާނެކަން ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަހުމަދު ތޯރިގް (ޓޮމް) މިއަދު އިއުލާންކޮށް ފުޓްބޯޅަ ކުލަބްތަކާއި ފުޓްބޯޅަ ކޮމިއުނިޓީގެ އެހީތެރިކަމަށް އެދެފިއެވެ. މިއަދު ތޯރިގް ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ފުޓްބޯޅަ އެސޯސިއޭޝަންގެ ކުރިއަށް އޮތް އިންތިހާބުގައި ވާދަކުރަން ނިންމާފައިވާ ކަމަށާއި ފުޓްބޯޅަ ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކުރުމުގައި ކުލަބުތަކާއި ފުޓްބޯޅަ ކޮމިއުނިޓީގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ. އެފްއޭއެމްގެ ރައ...

ފަލަސްތީނަށް އެހީވުމަށް ފައިސާ ހޯދުމަށް ނެއްލައިދޫގައި ހަރަކާތްތަކެއް
Thiladhunmathi News

ފަލަސްތީނަށް އެހީވުމަށް ފައިސާ ހޯދުމަށް ނެއްލައިދޫގައި ހަރަކާތްތަކެއް

އިޒްރާއީލްގެ ޔަހޫދީން ފަލަސްތީނަށް ދެމުންއަންނަ އުދުވާނީ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ފައިސާ ހޯދުމަށް ހދ.ނެއްލައިދޫ ކައުންސިލާއި އެ ރަށު ރައްޔިތުން ގުޅިގެން ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމައިފިއެވެ. މިއަދުން ފެށިގެން ހަފްތާއެއްގެ މުއްދަތަށް މި ހަރަކާތް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ. މިއަދު މިހަރަކާތް ފެށުމުގެ ގޮތުން އެ ރަށުގެ ހުއިފިލަނޑާ މަސްވެރިންނާއި ގުޅިގެން މިރޭ ހުއިފިލަނޑާ ނެގުމުގެ ހަރަކާތެއް...

ކުމުންދޫ ފުޓްސަލް: ލަޔަން ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކުރިއިރު، ސީއެސް ވިމެންސް ފައިނަލަށް
Thiladhunmathi News

ކުމުންދޫ ފުޓްސަލް: ލަޔަން ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކުރިއިރު، ސީއެސް ވިމެންސް ފައިނަލަށް

ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2023” ގެ ގްރޫޕް ބީގައި ލަޔަން ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކުރިއިރު، ގްރޫޕް ބުރުގައި ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށް އަންހެން ބައިގެ ފައިނަލުން ސީއެސް ވިމެންސް ޖާގަ ހޯދައިފިއެވެ. މުބާރާތުގައި އިއްޔެ ހަވީރު ބައްދަލު ކޮށްފައި ވަނީ ސީއެސް ވިމެންސްއާއި ބީޗް ސިޓީ ވިމެންސްއެވެ. މި މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ސީއެސް […]