ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބޭއްވި "ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2023" ޗެމްޕިއަންކަން ސީއެސް ވިމެންސް އިން ހޯދައިފިއެވެ.
މި މުބާރާތުގެ އަންހެން ބައިގެ ފައިނަލް މިދިޔަ ހޯމަ ދުވަހުގެ ހަވީރު ކުމުންދޫ ފުޓްސަލް ދަނޑުގައި ކުޅެފައިވާއިރު، ފައިނަލް މެޗުގައި ބައްދަލުކުރީ ސީއެސް ވިމެންސްއާއި ބީޗް ސިޓީ ވިމެންސް އެވެ. މި މެޗު 2-0 ގެ ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ސީއެސް ވިމެންސްއެވެ.
މި މެޗުގައި ސީއެސް ވިމެންސްއަށް ގޯލު ޖަހައިދިނީ އެ ޓީމްގެ ޖޯޒީ ނަމްބަރ 10، ފާތިމަތު މިއުޝާއާއި އެ ޓީމްގެ ޖޯޒީ ނަމްބަރ 19، ސާއިދާ ހަސަންއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ސީއެސް ވިމެންސްގެ ޖޯޒީ ނަމްބަރ 12، ރާޝިދާ މޫސާއެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން
ފާތިމަތު ޒަރާ އާދަމް – ސީއެސް ވިމެންސް
ރާޝިދާ މޫސާ – ސީއެސް ވިމެންސް
ރާއިދާ މޫސާ – ސީއެސް ވިމެންސް
ސާއިދާ ހަސަން – ސީއެސް ވިމެންސް
ހަލީމަތު ޔޫޖިނާ އިބްރާހީމް – ބީޗް ސިޓީ ވިމެންސް
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން
މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއަކަށް ހޮވިފައި ވަނީ ސީއެސް ވިމެންސްގެ ޖޯޒީ ނަމްބަރ 18، ސަޒުލާ ހަސަން އެވެ. އޭނާ ވަނީ މުބާރާތުގައި ތިން ލަނޑު ޖަހާފައެވެ. މުބާރާތުގެ އުންމީދީ ކުޅުންތެރިއާއަށް ސަންދިޔާގެ ޖޯޒީ ނަމްބަރ 16، މަރިޔަމް ލަމީސް ހޮވުނުއިރު، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ސީއެސް ވިމެންސްގެ ޖޯޒީ ނަމްބަރ 8، ފާތިމަތު ޒަރާ އާދަމް އެވެ. މުބާރާތުގެ ފެއާޕްލޭ ޓީމަކީ ސަންދިޔާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!