ކަޅުބިލަ މަހަށް ކުރި ފުރަތަމަ ދަތުރު
ތަފާތު ކަންކަން ތަޖުރިބާ ކުރުމަށް ހިތުގައި އަބަދުވެސް ޝަޢުޤުވެރިކަން އޮވެއެވެ. އެކުވެރިންގެ ތެރޭގައި އެކިކަހަލަ މަސްވެރިކަމުގައި އުޅެ ތަޖުރިބާ ހޯދާފައިތިބި އެކުވެރިން އުޅުމާއި، މިވެރިން މަސްވެރިކަމުގެ ތަޖުރިބާ ތަކާއި ދިމާވާ މަޖާކަންކަމުގެ ވާހަކަތައް ކޮފީމޭޒު ކައިރީ އަބަދުވެސް ހިއްސާކޮށް އުޅެއެވެ. މިފަދަ ސަބަބުތަކާހުރެ މަސްވެރިކަމުގެ ޝަޢުޤު ހިތުގައި ވަރަށް ބޮޑަށް އޮވެއެވެ. މަސްވެރިކަމަށް ކިތަންމެ ޝަޢުޤުވެރިކަން ހިތުގައި އޮތް ނަމަވެސް އެކަމަށް ހުރަސްއެޅޭ ވަރަށް ބޮޑު ސަބަބެއް އޮވެއެވެ. އަހަރެންނަކީ...