ުޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި ރޭ ކުޅުނު މެޗުން މޮޅުވެ ފްރާންސްގެ ޕީއެސްޖީ އެ މުބާރާތުގެ ފައިނަލުން ފުރަތަމަ ފަހަރަށް ޖާގަ ހޯދައިފިއެވެ.

ޕީއެސްޖީ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައިވަނީ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ރޭ ޖަރުމަނުގެ އާރުބީ ލެއިޕްޒީގްގެ މައްޗަށް 3-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

Ad
rt

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް ޕީއެސްޖީއިން ވަނީ ފުރަތަމަ ހާފުގައި ދެ ލަނޑު ކާމިޔާބު ކޮށްފައެވެ. ފުރަތަމަ ލަނޑު މެޗުގެ 13 ވަނަ މިނެޓުގައި ޑިމާރިއާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމުގެ ޑިފެންޑަރ މާކިންޔޯސްއެވެ. ދެވަނަ ލަންޑު ނޭމާ ތަނަވަސްކޮށްދިން ފުރުޞަތެއްގައި ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބު ކޮށްދީފައިވަނީ ޑިމާރިއާއެވެ. ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ 2-0 ގެ ނަތީޖާއަކުން ޕީއެސްޖީ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފަށް ނުކުތްއިރު ދެ ލަނޑުގެ ލީޑެއް އޮތުމުން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެން ޕީއެސްޖީން ވަނީ ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. ލެޕްޒީގުން ލަނޑެއް ޖަހައި ފަރަގު ކުޑަކުރުމަށް ކުރަމުންދިޔަ މަސައްކަތަށް ހުރަސްތަކެއް ކުރިމަތިވެގެން ދިޔައީ ފަހުހާފުގެ ކުރީކޮޅު އިތުރު ލަނޑެއް ކާމިޔާބުކޮށް ޕީއެސްޖީން ލީޑު ފުޅާކުރުމާއި ގުޅިގެންނެވެ. މެޗުގައި ޕީއެސްޖީއަށް އެ ޓީމުންޖެހި ތިންވަނަ ލަނޑު 56 ވަނަ މިނެޓުގައި، މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނު ޑިމާރިއާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައިވަނީ ބާރނަޓްއެވެ. މި ލަނޑާއެކު 3-0 ގެ ނަތީޖާއިން މޮޅުވެ އެ ޓީމުންވަނީ ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ފައިނަލަސް ދަތުރު ކޮށްފައެވެ.

މުބާރާތުގެ ފައިނަލްގައި ޕީއެސްޖީ ބައްދަލު ކުރަންޖެހޭނީ ސެމީފައިނަލްގެ ދެވަނަ މެޗުގައި މިރޭ ބަޔާން މިޔުނިކާއި ލިޔޯން ބައްދަލު ކުރާ މެޗުން މޮޅުވާ ބަޔަކާއެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ ރާއްޖެ ގަޑިން 00:00 ގައެވެ.