"ތިލަދެކުނު މަލަސް" ހދ. އަތޮޅުގެ 10 ސްކޫލެއްގައި ފަށައިފި

Hanimaadhoo school

ޅެން ހެދުމުގެ އަސާސީ ހުނަރު އުނގައްނައިދޭ އޮންލައިން ކޯހެއް "ތިލަދެކުނު މަލަސް" ގެ ނަމުގައި ތިލަދުންމަތީ ދެކުނުބުރީ ދިހަ ސްކޫލެއްގައި ފަށައިފިއެވެ.

މި ކޯހަކީ ހަނިމާދޫ ސްކޫލުގެ އިސްނެންގެވުމުގެ މަތީން ތިލަދުންމަތީ ދެކުނުބުރީގެ 10 ސްކޫލަކާއި އީސަ އޮންލައިން ޕޯޓްރީ (އީ.އޯ.ޕީ) ގުޅިގެން އެ ސްކޫލުތަކުގެ ގުރޭޑް އަށަކުން ފެށިގެން މަތީގެ ގްރޭޑުތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގާ ކޯހެކެވެ.

18 އޯގަސްޓް 2020 ވީ އަންގާރަ ދުވަހު ފަށާފައިވާ މި ކޯހުގައި ކިޔަވައި ދިނުމަށް ހަމަޖެހިފައިވަނީ ޖުމްލަ ފަނަރަ ގަޑިއިރެވެ. މި ކޯހުގައި ތިލަދުންމަތީ ދެކުނުބުރީގެ ދިހަ ސްކޫލަކުން 170 ދަރިވަރުން ބައިވެރި ވެފައިވާއިރު، ދަރިވަރުން ބައިވެރިވެފައިވާ ރަށްތަކަކީ ހަނިމާދޫ، ކުމުންދޫ، މަކުނުދޫ، ކުރިނބީ، ނޮޅިވަރަމް، ނޮޅިވަރަމްފަރު، ނެއްލައިދޫ، ނައިވާދޫ، ހިރިމަރަދޫ އަދި  ފިނޭއެވެ.

ޒޫމް މެދުވެރިކޮށް ކުރިޔަށް ގެންދާ މި ކޯހުގައި ބައިވެރިވި ސްކޫލުތަކުގެ ދަރިވަރުންގެ އިތުރުން ދިވެހި މާއްދާ ކިޔަވައިދެއްވާ މުދައްރިސުން ވެސް މި ކޯހުގައި ބައިވެރިވެ ޅެންހެދުމުގެ އަސާސީ ހުނަރު ދަނީ އުނގެނެމުންނެވެ.

މި ކޯހުގައި ކިޔަވައި ދެއްވަނީ މަޝްހޫރު ޅެންވެރިޔާ އަދި ކުރީގެ މަޝްހޫރު ޑައިރެކްޓަރ އީސާ ޝަރީފެވެ. އީސައަކީ މިހާރު ވެސް ރާއްޖޭގައި ޅެންވެރިކަން ކުރިއަރުވައި ގިނަބަޔަކަށް ޅެން ހެދުމުގެ ހުނަރު އުނގައްނައި ދިނުމުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން އަންނަ ކުޅަދާނަ ޅެންވެރިއެކެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *