Skip to main content

އިބްރާހިމް ޚަލީލް

Viewer
🇲🇻 ތިލަދުން Desk
3,613 Stories
284 Reads

Published on ތިލަދުން (Thiladhun) by އިބްރާހިމް ޚަލީލް

އެލްޗޭ ބަލިކޮށް ޕޮއިންޓް ތާވަލުގެ ތިންވަނައަށް ބާސާ ޖެހިލައިފި
Sports

އެލްޗޭ ބަލިކޮށް ޕޮއިންޓް ތާވަލުގެ ތިންވަނައަށް ބާސާ ޖެހިލައިފި

ސްޕެނިޝް ލަލީގާގައި އާދީއްތަ ދުވަހުގެ ރޭ ބާސެލޯނާއާއި އެލްޗޭ ބައްދަލުކުރު މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ ތިންވަނައަށް ބާސެލޯނާއިން ޖެހިލައިފިއެވެ. އެލްޗޭގެ ދަނޑުގައި ކުޅުނު މި މެޗު ބާސާއިން ކާމިޔާބު ކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. ބާސެލޯނާއިން މެޗުގައި ކާމިޔާބު ކުރި ފުރަތަމަ ލަނަޑު ފުރަތަމަ ހާފު ނިމެން ހަ މިނެޓަށް ވެފައިވަނިކޮށް ކާމިޔާބު ކޮށްދީފައިވަނީ  މިޑްފީލްޑަރ ފްރޭންކް ޑި ޖޮންއެވެ. މި ލަނޑު ޑި ޖޮން ކާމިޔާބު ކޮށްފައިވަނީ އެލްޗޭގެ ގޯލް ކުރިމައްޗަށް ހުރަސްވި ބޯޅަ […]

ޔުވެންޓަސް މޮޅުވެ ޕޮއިންޓް ތާވަލުގެ ހަތަރުވަނައަށް
Sports

ޔުވެންޓަސް މޮޅުވެ ޕޮއިންޓް ތާވަލުގެ ހަތަރުވަނައަށް

އިޓާލިއަން ސީރިއާ އޭގައި ޔުވެންޓަސް އާއި ބޮލޯނިއާ ބައްދަލު ކުރިމެޗު ކާމިޔާބުކޮށް، ޕޮއިންޓް ތާވަލުގެ ހަތަރުވަނައަށް ޔުވެންޓަސް ޖެހިލައިފިއެވެ. އާދީއްތަ ދުވަހުގެ ހަވީރު ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. މުޅިމެޗުގައި ވެސް ޔުވެންޓަސްގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މެޗުގެ 15 ވަނަ މިނެޓުގައި ޔުވެންޓަސް އިން ވަނީ ލަނޑުޖަހައި ލީޑް ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ، އެ […]

އަދާލަތު ޕާޓީގެ ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް އާންމުކޮށްފި
Raajje

އަދާލަތު ޕާޓީގެ ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް އާންމުކޮށްފި

އަދާލަތު ޕާޓީގެ ތިންވަނަ ދައުރަށް ޕާޓީގެ ރައީސްއާއި ނައިބް ރައީސް ހޮވުމަށް ބޭއްވުމަށް ހަމަޖެހިފައިވާ އެ ޕާޓީގެ ރިޔާސީ އިންތިހާބަށް ކުރިމަތި ލެއްވި ބޭފުޅުންގެ ނަންތައް އާންމު ކޮށްފިއެވެ. ޕާޓީގެ ރައީސް ކަމަށް ކުރިމަތި ލައްވާފައިވަނީ އެ ޕާޓީގެ މިހާރުގެ ރައީސް އަދި މިވަގުތު ސަރުކާރުގެ ހޯމް މިނިސްޓަރުގެ މަޤާމްގައި ހުންނެވި އިމްރާން އަބްދުﷲގެ އިތުރުން އިސްލާމިކް މިނިސްޓަރުގެ މަޤާމްގައި ހުންނެވި ޑރ. އަހުމަދު ޒާހިރު އަލީއެވެ. ހޯމް މިނިސްޓަރު އިމްރާންގެ ރަނިން މޭޓެއްގެ ގޮތުގައި ޕާޓީގެ […]

ލިވަޕޫލް އަމިއްލަ ދަނޑުގައި ބަލިނުވެ އޮތް އޮތުން ބާންލީ އިން ނިމުމަކަށް ގެނެސްފި
Sports

ލިވަޕޫލް އަމިއްލަ ދަނޑުގައި ބަލިނުވެ އޮތް އޮތުން ބާންލީ އިން ނިމުމަކަށް ގެނެސްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ބުރާސްފަތި ދުވަހުގެ ރޭ ލިވަޕޫލް އަމިއްލަ ދަނޑުގައި ބާންލީ އާއި ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، ލިވަޕޫލް އަމިއްލަ ދަނޑުގައި ލީގު މެޗަކުން ބަލިނުވެ ދަމަހައްޓަމުން އައި ރިކޯޑް ނިމުމަކަށް އައިސްފިއެވެ. ލިވަޕޫލް ލީގު މެޗަކުން އަމިއްލަ ދަނޑު ކަމުގައިވާ އެންފީލްޑްގައި ބަލިނުވާތާ ތިން އަހަރަށް ވުރެ ގިނަ ދުވަސްވަނީ ވެފައެވެ. އެ ޓީމް އެންމެ ފަހުން ލީގު މެޗަކުން އަމިއްލަ ދަނޑުގައި ބަލިވެފައިވަނީ 2017 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ. […]

ދެމަފިރިންގެ ކިޑުނީވެސް ދަރިފުޅަށް ދިނުމަށް ތައްޔާރު، ބޭނުންވަނީ އެހީ އެއް!
Thiladhunmathi News

ދެމަފިރިންގެ ކިޑުނީވެސް ދަރިފުޅަށް ދިނުމަށް ތައްޔާރު، ބޭނުންވަނީ އެހީ އެއް!

މިއީ އަޒާންއެވެ. މިހާރު އަޒާންގެ އުމުރުން އަށް އަހަރެވެ. އަޒާންގެ ބައްޕައަކީ ހދ.ނޭކުރެންދޫއަށް ނިސްބަތްވާ މީހެކެވެ. ނަމަކީ މުޙައްމަދު ވަހީދެވެ. އަޒާންގެ މަންމައަކީ ހދ.ކުރިނބީއަށް ނިސްބްތަވާ މީހެކެވެ. ނަމަކީ މަރިޔަމް ފަރުޒާންއެވެ. އަޒާންއަކީ މި ދެމަފިރިންގެ ހުރި ހަމައެކަނި ދަރިފުޅެވެ. އުމުރުން ދެ އަހަރުގައި ފާހަގަ ކުރެވުނު ސިއްހީ މައްސަލައަކަށް ފަހު ފާއިތުވި ހަ އަހަރު ދުވަހު ވެސް އަޒާން އުޅެމުންދަނީ ވަރަށް ވޭނީ ދުނިޔެއެއްގައެވެ. ކިޑްނީއަށް ފަރުވާ ކުރުމުގައެވެ. އަޒާންގެ ބަލިހާލަތު ތިލަދުން ނޫހާ ހި...

ޗެލްސީ ބަލިކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ލެސްޓާ ސިޓީ
Sports

ޗެލްސީ ބަލިކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ލެސްޓާ ސިޓީ

ިއިނގިރޭސި ޕްރިމިއާ ލީގުގައި އަންގާރަ ދުވަހުގެ ރޭ ލެސްޓާ ސިޓީއާއި ޗެލްސީ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ލެސްޓާ ސިޓީ ޖެހިލައިފިއެވެ. ލެސްޓާގެ ކޮންގް ޕަވަރ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ލެސްޓާ ކާމިޔާބު ކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ވަރަށް ކުރީކޮޅު ލެސްޓާއިން ވަނީ ލަނޑު ޖަހާފައެވެ. މެޗުގެ ހަވަނަ މިނެޓުގައި ލެސްޓާއަށް ލަނޑު ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމްގެ ނައިޖޭރިއާ މިޑްފީލްޑަރ ވިލްފްރެޑް އިންޑިޑީއެވެ. މި ލަނޑޫ އޭނާ ކާމިޔާބު […]

ބިލެއްފަހި ބަނދަރުގެ އަމަލީ މަސައްކަތް ފަށަނީ
Thiladhunmathi News

ބިލެއްފަހި ބަނދަރުގެ އަމަލީ މަސައްކަތް ފަށަނީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ށ.ބިލެއްފަހި ބަނދަރު ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރު ވެއްޖެއެވެ. މިކަން ހާމަކުރައްވައި އެމްޓީސީސީއިން މިއަދު ކޮށްފައިވާ ޓްވީޓްގައިވަނީ ށ.ބިލެއްފަހި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި 18 ޖަނަވަރީ 2021 ގައި ޕްރޮޖެކްޓް ސައިޓް މޮބަލައިޒް ކޮށްފައިވާ ކަމަށެވެ. މި މަޝްރޫޢުގެ ދަށުން އެ ބަނދަރުގެ 9800 ކިއުބިކް މީޓަރ ނެރު ފުންކުރުމާއި، ރޭމްޕެއް ހެދުމާއި އަދި 22 މީޓަރުގެ ގުރޯއި...

އިބްރަހިމޮވިޗްގެ ދެ ލަނޑުން މިލާނަށް މުހިންމު މޮޅެއް
Sports

އިބްރަހިމޮވިޗްގެ ދެ ލަނޑުން މިލާނަށް މުހިންމު މޮޅެއް

އިޓާލިއަން ސީރިއާ އޭ ގައި އޭސީ މިލާނާއި ކަލިއާރީ ބައްދަލު ކުރި މެޗުގައި މިލާންގެ ފޯވާޑް ޒަލްޓަން އިބްރަހިމޮވިޗް ޖެހި ދެ ލަނޑުން މިލާން މޮޅުވެ އެ ޓީމަށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި ތިން ޕޮއިންޓަށް ލީޑެއް ލިބިއްޖެއެވެ. ހޯމަ ދުވަހުގެ ރޭ ކަލިއާރީގެ ދަނޑުގައި ކުޅުނު މި މެޗު މިލާނުން ކާމިޔާބު ކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި މިލާނުން ވަނީ ވަރަށް ކުރީކޮޅު ލަނޑު ޖަހައި ލީޑު ނަގާފައެވެ. މެޗުގެ 7 ވަނަ […]

ވަރުގަދަ ބާސެލޯނާ ބަލިކޮށް ސުޕަކަޕްގެ ތަށި އެތުލެޓިކް ބިލްބާއޯ ކާމިޔާބު ކޮށްފި
Sports

ވަރުގަދަ ބާސެލޯނާ ބަލިކޮށް ސުޕަކަޕްގެ ތަށި އެތުލެޓިކް ބިލްބާއޯ ކާމިޔާބު ކޮށްފި

ސްޕެނިޝް ސްޕަރ ކަޕްގެ އެންމެ ކާމިޔާބު ޓީމް ކަމުގައިވާ ބާސެލޯނާ ބަލިކުރުމަށް ފަހު އެ މުބާރާތުގެ ޗެމްޕިއަންކަން އެތުލެޓިކް ބިލްބާއޯއިން ހޯދައިފިއެވެ. އާދީއްތަ ދުވަހުގެ ރޭ ކުޅުނު މި މުބާރާތުގެ ފައިނަލް މެޗުގައި ބާސެލޯނާގެ މައްޗަށް ބިލްބާއޯއިން ކުރިހޯދާފައިވަނީ 3-2 ގެ ނަތީޖާއަކުންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދާފައިވަނީ ބާސެލޯނާއިންނެވެ. މި ލަނޑު މެޗުގެ 40 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމްގެ ފްރާންސް ފޯވާޑް […]

ކުޅުދުއްފުށީގައި ބާއްވާ ފޮޓޯގްރާފަރ ޕްރޮގުރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
Thiladhunmathi News

ކުޅުދުއްފުށީގައި ބާއްވާ ފޮޓޯގްރާފަރ ޕްރޮގުރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލާއި މިނިސްޓްރީ އިފް ޔޫތު ސްޕޯޓްސް އެންޑް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފޮޓޯގްރާފަރުން ޓްރެއިން ކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވައިލައިފިއެވެ. މި ޕްރޮގްރާމަކީ ސަރުކާރުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭންގެ ސްޓްރެޓަޖީތައް ހާސިލް ކުރުމުގެ ގޮތުން އަތޮޅު ތެރޭގެ ޒުވާނުންގެ ހުނަރު ކުރިއަރުވާ ކުރިމަގު އުޖާލާކުރުމުގެ މަޤްޞަދުގައި ރާވާ ހިންގާ ޕްރޮގްރާމެއްކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެ އެވ...

ތިލަދުންމަތީ ހުނަރުވެރިން: ނަބާ އާއި ނަބީ!
Report

ތިލަދުންމަތީ ހުނަރުވެރިން: ނަބާ އާއި ނަބީ!

ދިވެހިރާއްޖޭގެ ބެޑްމިންޓަންގެ ތާރީޚުގައި އުފެދުނު އެންމެ ކާމިޔާބެ ދެ ކުޅުންތެރިންނަކީ އެއްމާބަނޑު ދެބެން ކަމުގައިވާ އައިމިނަތު ނަބީހާ އަބްދުއްރައްޒާޤާއި ފާތިމަތު ނަބާހާ އަބްދުއްރައްޒާޤްކަމީ ފެންނަން އޮތް ހަޤީޤަތެވެ. ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ނައީމާ އަޙްމަދައަށް ލިބިފައިވާ މި ނިބޫއަކީ މިހާރު ޤަޢުމު އެ ބަޔަކަށްޓަކައި ފަހުރުވެރިވާ ދެ ނަމެވެ. ނަބާ އަދި ނަބީ ވެސް ބެޑްމިންޓަން ކުޅެން ފަށާފައިވަނީ އެކުއެކީގައެވެ. އުމުރުން އެގާރަ އަހަރުގައި ކުޅެންފަށައި، އެއަށްފަހު މި ކުޅިވަރުގެ ތެރެއަށް ދެބެން...

ސިންތެޓިކް ޓްރެކް ޖަނަވަރީ 17 ގައި ހުޅުވަނީ
Raajje

ސިންތެޓިކް ޓްރެކް ޖަނަވަރީ 17 ގައި ހުޅުވަނީ

އެކުވެނި އައުޓްޑޯ ސިންތެޓިކް ޓްރެކް ޒަމާނީ ފެންވަރަށް ހެދުމަށްފަހު 17 ޖަނަވަރީ 2021 ވާ އާދީއްތަ ދުވަހު އާންމުކޮށް ހުޅުވައިލާނެ ކަމުގައި މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަހުމަދު މަޙުލޫފް ވިދާޅުވެއްޖެއެވެ. މިކަން ހާމަކުރައްވައި އެ މަނިކުފާނު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ މި މަހު 17 ވަނަ ދުވަހު ސިންތެޓިކް ޓްރެކް އާންމުކޮށް ހުޅުވައިލާނެ ކަމަށެވެ. އެތަން ހުޅުވާފައި ހުންނާނީ ކޮންމެ ދުވަހަކު ވެސް ފަތިހު 05:00 އިން ފެށިގެން ހެނދުނު 08:00 […]

ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލުގެ ދެވަނަ ޖާގަ ބިލްބާއޯއަށް
Sports

ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލުގެ ދެވަނަ ޖާގަ ބިލްބާއޯއަށް

ސްޕެނިޝް ސްޕަ ކަޕްގެ ފައިނަލުގެ ދެވަނަ ޖާގަ، އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ކަޓުވާލުމަށް ފަހު އެތުލެޓިކް ބިލްބާއޯއިން ހޯދައިފިއެވެ. ބުރާސްފަތި ދުވަހުގެރޭ ކުޅުނު މި މުބާރާތުގެ ސެމީފައިނަލުގެ ދެވަނަ މެޗުގައި ބިލްބާއޯއިން ރެއާލްގެ މައްޗަށް ކުރިހޯދާފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. ފައިނަލުގެ ފުރަތަމަ ޖާގަ ހޯދާފައިވަނީ ރެއާލް ސޮސައިޑާޑް ބަލިކުރުމަށް ފަހު، މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމް ކަމުގައިވާ ބާސެލޯނާއިންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ރެއާލްގެ ފަރާތުން މާ އެދެވޭ ކުޅުމެއް […]

އެއްވެސް މަޝްރޫޢެއްގެ ކޮންޓްރެކްޓަރަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ނުދީ ނޯންނާނެ: ފެނަކަ
Raajje

އެއްވެސް މަޝްރޫޢެއްގެ ކޮންޓްރެކްޓަރަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ނުދީ ނޯންނާނެ: ފެނަކަ

ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ހިންގާ މަޝްރޫޢު ތަކުގައި، ކުންފުންޏާއިއެކު ވެވޭ އެއްބަސްވުމަކާއި ގުޅިގެން ކުރެވޭ މަސައްކަތްތަކެއްގައި، އެފަރާތަކަށް ލިބިދޭންޖެހޭ ފައިސާ އެއްބަސްވުމުގެ ރޫޙާއި އެއް ގޮތްވާގޮތުގެ މަތީން  ޢަމަލު ކުރަމުންދާ ކޮންމެ ކޮންޓްރެކްޓަރަކަށް ވެސް އޮންނަ އުޞޫލާއި ހަމަތަކުގެ ތެރެއިން ފައިސާ ދޫކުރަމުންދާ ކަމުގައި އެ ކުންފުނިން ވިދާޅުވެއްޖެއެވެ. ފެނަކަ ކޯޕަރޭޝަނުން މިކަން ހާމަކުރައްވާފައިވަނީ އެ ކުންފުނިން  ހިންގާ މަޝްރޫޢުތައް ކުރިއަށް ގެންދެވުމަށް ނަންގަވައިގެން ތިއްބެވި ކޮންޓްރެކްޓަ...

ބާންލީ ބަލިކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޔުނައިޓެޑް ޖެހިލައިފި
Sports

ބާންލީ ބަލިކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޔުނައިޓެޑް ޖެހިލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި އަންގާރަ ދުވަހުގެ ރޭ މެންޗެސްޓާ ޔުނައިޓެޑާއި ބާންލީ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޔުނައިޓެޑް ޖެހިލައިފިއެވެ. ބާންލީ ދަނޑުގައި ކުޅުނު މި މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ޔުނައިޓެޑުން ރަނގަޅު ކުޅުމެއް ދައްކާފައިވާއިރު އެ ޓީމުން ބާންލީގެ ގޯލާއި އަމާޒުކޮށް ހަތް ހަމަލާއެއް ވަނީ ފޮނުވާލާފައެވެ. މެޗުން ބަލިވި ބާންލީ ޓީމަށް މުޅިމެޗުގައި ވެސް ޔުނައިޓެޑްގެ ގޯލާއި އަމާޒުކޮށް ހަމަލާއެއް ފޮނުވާލެވިފައިނުވެ...