Skip to main content

އިބްރާހިމް ޚަލީލް

Viewer
🇲🇻 ތިލަދުން Desk
3,613 Stories
284 Reads

Published on ތިލަދުން (Thiladhun) by އިބްރާހިމް ޚަލީލް

އިހަވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތުގެ 40 އިންސައްތަ ނިމިއްޖެ
Thiladhunmathi News

އިހަވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތުގެ 40 އިންސައްތަ ނިމިއްޖެ

ހއ. އިހަވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 40 އިންސައްތަ މަސައްކަށް ނިންމާލެވިފައިވާ ކަމުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ން ބުނެފިއެއެވެ. އެ ކުންފުނިން އިތުރަށް ބުނެފައިވަނީ މި މަޝްރޫޢުގެ ދަށުން ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަޙައްދު ފުންކުރުމުގެ މަސައްކަތުގެ 68 އިންސައްތަ ފުންކޮށް ނިންމާލެވިފައިވާ ކަމަށެވެ. މި މަޝްރޫޢުގެ ދަށުން ކޮށް ނިންމުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ 21،295 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގ...

ފުނަދޫގައި ފެހުމާއި ކޭކުއަޅަން ދަސްކޮށްދޭ ކޯސްތަކެއް ފަށަނީ
Thiladhunmathi News

ފުނަދޫގައި ފެހުމާއި ކޭކުއަޅަން ދަސްކޮށްދޭ ކޯސްތަކެއް ފަށަނީ

ރާއްޖޭގައި ފުޅާދާއިރާއެއްގައި ފަންނީ މަސައްކަތްތެރިކަން ދަސްކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ޓޮޕްސީ ޓްރެއިނިން ސެންޓަރާއި ށ. ފުނަދޫ އިޖްތިމާއީ މަރުކަޒު ގުޅިގެން، ފުނަދޫގައި ހިންގުމަށް ހަމަޖެހިފައިވާ ފެހުމާއި ކޭކު އަޅަން ދަސްކޮށްދިނުމުގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ކޯސްތައް 15 ފެބްރުއަރީ 2021 ގައި ފެށުމަށް ހަމަޖެހިފައިވާއިރު، ފެހުމުގެ ސެޓްފިކެޓް ލެވެލް އެކެއް އަދި ދެއެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މި ކޯސްތަކުގައި އެއް ގޮތަކަށް ފަހަން ނޭނގޭ ފަރާތްތަކަށް ވެ...

ލެވަންޓޭ އަތުން ބަލިވެ ރެއާލް މެޑްރިޑަށް ހުރަސްތަކެއް
Sports

ލެވަންޓޭ އަތުން ބަލިވެ ރެއާލް މެޑްރިޑަށް ހުރަސްތަކެއް

ސްޕެނިޝް ލަލީގާގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި ލެވަންޓޭ ބައްދަލު ކުރި މެޗުން ރެއާލް ބަލިވެ އެ ޓީމް ލީގު ހޯދުމަށް ކުރަމުން އަންނަ މަސައްކަތަށް އިތުރު ހުރަސްތަކެއް ކުރިމަތި ވެއްޖެއެވެ. ހޮނިހިރު ދުވަހުގެ ރޭ ރެއާލްގެ ދަނޑުގައި ކުޅުނު މެޗު ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވަނީ ލެވަންޓޭއިންނެވެ. މެޗުގެ ނުވަވަނަ މިނެޓުގައި ރެއާލްގެ ބްރެޒިލް ޑިފެންޑަރ އެޑަރ މިލިޓާއޯއަށް ވަނީ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. ލެވަންޓޭގެ ފޯވާޑް ސާޖިއޯ […]

ހަނިމާދޫއަށް ހިތްފަސޭހަކަން، ޒަމާންވީ ބޮޑެތި ނިކަގަސްތަކުން!
Column

ހަނިމާދޫއަށް ހިތްފަސޭހަކަން، ޒަމާންވީ ބޮޑެތި ނިކަގަސްތަކުން!

ހަނިމާދޫއަކީ ނިކަގަހުގެ އާބާދީ ބޮޑު ރަށެކެވެ. އަތިރިމަތީ ސަރަހައްދާއި، ވަލުތެރެއާއި، އެއާރޕޯޓް ސަރަހައްދުގެ އިތުރުން މީހުން ދިރިއުޅޭ ސަރަހައްދު ތަކުގައި ގިނަ އަދަދެއްގެ ބޮޑެތި ނިކަގަސްތައް ހެދިފައި ހުރެއެވެ. އެގަސްތަކަކީ ހަނިމާދޫގެ ގިނަ ބަޔަކަށް ހިތްފަސޭހަކަން ގެނުވާ ގަސްތަކެކެވެ. މި ނިކަގަސްތައް ނުހުންނަ ހަނދާނެއް އަޅުގަނޑު ނުވެއެވެ. ވުމާއިއެކު މި ގަސްތަކުގެ އުމުރު އަންދާޒާ ކޮށްލުމަށް ދުވަސްވީ ބައެއް މީހުންނާއި ސުވާލުކޮށްލީމެވެ. “މި ބިޔަ ބޮޑެތި ނިކަގަސްތައް ނުހުންނަ ހަނދާނެއް އަޅުގަނޑު ނުވޭ، މި...

ކުޅުދުއްފުށީ ލޯކަލް ބަނދަރުގައި ހޮނިހިރު ދުވަހު ކްރޭން ބޭނުން ނުކުރެވޭނެ ވަގުތެއް
Thiladhunmathi News

ކުޅުދުއްފުށީ ލޯކަލް ބަނދަރުގައި ހޮނިހިރު ދުވަހު ކްރޭން ބޭނުން ނުކުރެވޭނެ ވަގުތެއް

ކުޅުދުއްފުށި ސިޓީގެ ލޯކަލް ބަނދަރުގައި ހޮނިހިރު ދުވަހު އެލޯންގްސައިޑް ކޮށްގެން ކްރޭން ބޭނުން ކޮށްގެން މުދާ ނުބޭލޭނެ ވަގުތެއް ކަނޑައަޅައިފިއެވެ. މިގޮތުން ކުޅުދުއްފުށީ ލޯކަލް ބަނދަރުގައި އެލޯންގްސައިޑްކޮށްގެން އަދި ކްރޭން ބޭނުންކޮށްގެން، މުދާ ބޭލުން ކޮންމެ ހޮނިހިރު ދުވަހެއްގެ ހެނދުނު 7:00 އިން މެންދުރު ފަހު 14:30 އަށް ވަނީ މަނާކޮށްފައެވެ. މިކަމާއި ގުޅިގެން އެ ކައުންސިލުން ނެރެފައިވާ އިޢުލާނުގައި އިތުރަށް ބުނެފައިވަނީ ކުޅުދުއްފުށި ލޯކަލް ބަނދަރަކީ އަބަދުވެސް ކާރުބާރު ބޮޑު ބަނދަރަކަށްވެފައި، ކޮވިޑް-...

ޓޮޓެންހަމް ބަލިކޮށް ލިވަޕޫލް ގަދަ ހަތަރަކަށް
Sports

ޓޮޓެންހަމް ބަލިކޮށް ލިވަޕޫލް ގަދަ ހަތަރަކަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ބުރާސްފަތި ދުވަހުގެ ރޭ ޓޮޓެންހަމް އާއި ލިވަޕޫލް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ ހަތަރު ވަނައަށް ލިވަޕޫލް ޖެހިލައިފިއެވެ. ޓޮޓެންހަމްގެ ވައިޓް ހާޓް ލޭން ސްޓޭޑިއަމްގައި ކުޅުނު މި މެޗު ލިވަޕޫލުން ކާމިޔާބު ކޮށްފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ. މިއީ ލީގުގައި މި އަހަރު ލިވަޕޫލަށް ހޯދުނު ފުރަތަމަ މޮޅެވެ. އަދި އެ ޓީމަށް ލީގުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި ލަނޑެއް ވެސް ކާމިޔާބު ކުރެވިފައި ނުވެއެވެ. މި […]

ފުލުގައި އޮތް ޝެފީލްޑް އަތުން ބަލިވެ އެއްވަނައަށް ޖެހިލަން ލިބުނު ފުރުޞަތު ޔުނައިޓެޑުން ނަގާލައިފި
Sports

ފުލުގައި އޮތް ޝެފީލްޑް އަތުން ބަލިވެ އެއްވަނައަށް ޖެހިލަން ލިބުނު ފުރުޞަތު ޔުނައިޓެޑުން ނަގާލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި މި ވަގުތު ޕޮއިންޓް ތާވަލުގެ ފުލުގައި އޮތް ޝެފީލްޑް ޔުނައިޓެޑާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލު ކުރިމެޗު ކާމިޔާބު ކޮށްގެން ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލަން ލިބުނު ފުރުޞަތު ޔުނައިޓެޑުން ނަގާލައިފިއެވެ. މެންޗެސްޓާގެ އޯލްޑް ޓްރަފޯޑް ސްޓޭޑިއަމްގައި ބުދަ ދުވަހުގެ ރޭ ކުޅުނު މި މެޗުން ޝެފީލްޑް އަތުން ޔުނައިޓެޑް ބަލިވެފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ ޝެފީލްޑުންނެވެ. މި ލަނޑު މެޗުގެ 23 ވަނަ […]

ދުވާފަރު މަގުހެދުމުގެ މަޝްރޫޢު ނިމުމަކާއި ގާތަށް
Raajje

ދުވާފަރު މަގުހެދުމުގެ މަޝްރޫޢު ނިމުމަކާއި ގާތަށް

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށް ގެންދާ ރ.ދުވާފަރު މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމަކާއި ދާދި ގާތަށް ގޮސްފައިވާ ކަމުގައި އެ ކުންފުނިން ހާމަކޮށްފިއެވެ. މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ހާމަކުރަމުން އެ ކުންފުނިން ބުނެފައިވަނީ ދުވާފަރު މަގު ހެދުމުގެ ފުރަތަމަ ފިޔަވަހީގެ 90 އިންސައްތަ މަސައްކަތް މިހާރު ނިންމާލެވިފައިވާ ކަމަށެވެ. މިގޮތުން މިހާރު ތާރު އަޅަންޖެހޭ ހުރިހައި މަގެއްގައި ތާރުއަޅާ ނިމިފައިވާ ކަމަށާއި، މިހާރު ކުރިއަށްދަނީ މަގުމަތީ ނިޝާނ...

މާއުނގޫދޫގައި ފާނަބަސަނދު ފެތުރެނީ
Thiladhunmathi News

މާއުނގޫދޫގައި ފާނަބަސަނދު ފެތުރެނީ

ށ.މާއުނގޫދޫގައި ފާނަބަސަނދު ފެތުރޭތީ އާންމުން އެކަމަށް ސަމާލުވެ ތިބުމަށް އެ ރަށު ސިއްޙީ މަރުކަޒުން އިލްތިމާސް ކޮށްފިއެވެ. މި ބައްޔަކީ ވައިރަހެއްގެ ސަބަބުން ޖެހޭ އަދި ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ބައްޔަކަށް ވެފައި، ފާއިތުވި ދެ ހަފްތާގެ ތެރޭގައި މި ބަލި ޖެހިފައިވާ ދެ މީހަކު އެ ރަށު ސިއްޙީ މަރުކަޒަށް ދައްކާފައި ވުމުން އެ ބަލި އިތުރަށް ފެތިރިދާނެ ކަމުގެ ބިރު އޮތުމުގެ ސަބަބުން އެކަން އެ ސިއްހީ މަރުކަޒުންވަނީ އާންމުންގެ ސަމާލުކަމަށް ގެނެސްފައެވެ. […]

ނެއްލައިދޫ ކޮމިޔުނިޓީ ޕާކް ސަރަހައްދުގައި ރެސްޓޯރެންޓެއް ތަރައްޤީ ކުރަނީ
Thiladhunmathi News

ނެއްލައިދޫ ކޮމިޔުނިޓީ ޕާކް ސަރަހައްދުގައި ރެސްޓޯރެންޓެއް ތަރައްޤީ ކުރަނީ

ހދ.ނެއްލައިދޫ ކޮމިއުނިޓީ ޕާކް ސަރަހައްދުގައި ވިޔަފާރި އުސޫލުން ރެސްޓޯރެންޓެއް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު  ކައުންސިލުން އިޢުލާން ކޮށްފިއެވެ. މިކަމާއި ގުޅިގެން މިއަދު އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައިވަނީ އެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 28 ޖަނަވަރީ 2021 ވާ ބުރާސްފަތި ދުވަހުން ފެށިގެން 03 ފެބްރުއަރީ 2021  ވާ ބުދަ ދުވަހުގެ ނިޔަލަށް، ހެނދުނު 09:00 އިން 12:00 އަށް އެ ކައުންސިލަށް ވަޑައިގެން ރެޖިސްޓަރީ ކުރައްވަމުން ގެންދިއުމަށެވެ. ރަޖިސްޓަރ...

ސިޓީ އެއްވަނައަށް
Sports

ސިޓީ އެއްވަނައަށް

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީއާއި ވެސްޓް ބްރޮމް ބައްދަލުކުރި މެޗު ފަސޭހަ ކަމާއިއެކު ސިޓީން ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނަ އަށް އެ ޓީމުން ޖެހިލައިފިއެވެ. އަންގާރަ ދުވަހުގެ ރޭ ވެސްޓް ބްރޯމްގެ ދަނޑުގައި ކުޅުނު މި މެޗު ސިޓީން ކާމިޔާބު ކޮށްފައިވަނީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މުޅި މެޗުގައި ވެސް ސިޓީގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މެޗުގައި 74 އިންސައްތަ ބޯލް ޕޮޒިޝަން އެ ޓީމުން ހިފެހެއްޓިއިރު […]

މަސްތުގެ ވަބާގައިޖެހި، ޤައުމުގެ ޒުވާނުންގެ ތަންމައްޗަކަށް ގޮނޑުވެފައިވާ ފަޅުގެތައް!
Report

މަސްތުގެ ވަބާގައިޖެހި، ޤައުމުގެ ޒުވާނުންގެ ތަންމައްޗަކަށް ގޮނޑުވެފައިވާ ފަޅުގެތައް!

މަސްތުގެ ހާލުގައި މަގުމަތީގައި ވެއްޓިފައި ތިބޭ މީހުންނާއި، މަސްތުގެ ހާލުގައި ވެއްޓެމުން ތެދުވަމުން ހިނގާ މީހުންނާއި، މަސްތުގެ ހާލުގައި ސައިކަލް ދުއްވާ މީހުންގެ ފޮޓޯއާއި ވީޑިއޯ ސޯޝަލް މީޑިއާގައި ކޮންމެ ދުވަހަކު ދަޢުރު ނުވި ނަމަވެސް އެ މަންޒަރުތަކަކީ މި ރާއްޖޭގައި މިހާރު ހަމަ އާންމު މަންޒަރު ތަކެކެވެ. ހާއްސަކޮށް ވެރިރަށް މާލޭގައެވެ. މަސްތުވާތަކެތި ރާއްޖޭގައި ފެތުރިފައިވާ މިންވަރުން، އެ ބޭނުން ކުރާ މީހުންގެ އުނދަގޫ ސީދާގޮތުން ނުކުރާ އާއިލާއެއް މި ރާއްޖޭގައި މިހާރު މަދުވާނޭ ނުވަތަ […]

ރާއްޖޭގައި ޓެރަރިޒަމް ހަމަލާއެއް ދޭން އުޅުނު 8 މީހަކަށް ދަޢުވާ ކުރަން ފޮނުވައިފި
Raajje

ރާއްޖޭގައި ޓެރަރިޒަމް ހަމަލާއެއް ދޭން އުޅުނު 8 މީހަކަށް ދަޢުވާ ކުރަން ފޮނުވައިފި

ރާއްޖޭގައި ޓެރަރިޒަމް ހަމަލާއެއް ދޭން އުޅުނު އަށް މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސްކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމުގައި ދިވެހި ފުލުހުން ވިދާޅުވެއްޖެއެވެ. ޓެރަރިޒަމް ހަމަލާއެއް ދޭން އުޅޭ ކަމުގެ މަޢުލޫމާތު ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުމާއި ގުޅިގެން ތ.ތިމަރަފުއްޓާއި މާލެއާއި އަދި ކަނޑުމަތީގައި ހިނގި ހާއްސަ އޮޕަރޭޝަންގައި 11 ނޮވެމްބަރ 2020 ގައި ފުރަތަމަ ހައްޔަރު ކޮށްފައިވަނީ މި އަށް މީހުންގެ ތެރެއިން 6 މީހެކެވެ. ނަމަވެސް މިމައްސަލައާއި ގުޅިގެން ކުރިއަށް ގެންދިޔަ ތަހ...

ރަށްތައް ފަޅުކުރަނީ ރަށްވެހިންތަ؟ މާލޭ ސަރުކާރުންތަ؟
Column

ރަށްތައް ފަޅުކުރަނީ ރަށްވެހިންތަ؟ މާލޭ ސަރުކާރުންތަ؟

“އަހަރެން މާލޭގައި ދިރިއުޅެނީ އެ ނޫން ގޮތެއް ނެތީމައެވެ.” މިއީ ވަރަށް ގިނައިން އަޑު އިވޭ ޖުމްލައެކެވެ. ރަނގަޅު ވާހަކައެކެވެ. ޤަބޫލުވެސް ކުރަމެވެ. ނަމަވެސް އެންމެންގެ މިސްރާބު ހުރިހައި ގޮތަކުން ވެސް ބޮއްސުން ލާފައި އޮތް ދިވެހިރާއްޖޭގެ ވެރިރަށް މާލެއަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ފަރުދީ ގޮތެއްގައި މިވަނީ ވިސްނަން ޖެހިފައެވެ. މަސައްކަތް ކުރަން ޖެހިފައެވެ. ސިޔާސީ ހޮޅި ވަޢުދުތަކުން އުފެދިގެން އަންނަ ވެރިކަމުގެ ތެރެއިން ހައްލު ހޯދައިދޭނެ ކަމުގައި ޤަބޫލުކޮށްގެން މާލޭގައި ގަނޑަތެޅި އުމުރު ހުސްކޮށްލު...

ލިވަޕޫލް ކަޓުވާލުމަށް ފަހު ޔުނައިޓެޑް އެފްއޭ ކަޕްގެ ފަސްވަނަ ބުރަށް
Sports

ލިވަޕޫލް ކަޓުވާލުމަށް ފަހު ޔުނައިޓެޑް އެފްއޭ ކަޕްގެ ފަސްވަނަ ބުރަށް

އިނގިރޭސި އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުގައި މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް ބައްދަލު ކުރި މެޗު ޔުނައިޓެޑް ކާމިޔާބުކޮށް މުބާރާތުގެ ފަސްވަނަ ބުރަށް އެ ޓީމް ދަތުރު ކޮށްފިއެވެ. އާދީއްތަ ދުވަހުގެ ރޭ ޔުނައިޓެޑްގެ އޯލްޑް ޓްރަފޯޑް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އެ ޓީމުން ލިވަޕޫލްގެ މައްޗަށް ކުރި ހޯދާފައިވަނީ 3-2 ގެ ނަތީޖާއަކުންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ލިވަޕޫލުންނެވެ. މެޗުގެ 18 ވަނަ މިނެޓުގައި ފިރްމީނޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި […]