"ސޭފް ސްކޫލްސް ޑިކްލަރޭޝަން"ގައި ރާއްޖެއިން ބައިވެރިވަނީ
“ސޭފް ސްކޫލްސް ޑެކްލަރޭޝަން”ގައި ރާއްޖެއިން ބައިވެރިވުމާ މެދު ރައްޔިތުންގެ މަޖިލީހުގެ ލަފަޔަކަށް ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ. ރައީސް މި ގޮތަށް ނިންމަވާފައި ވަނީ، އެޑިއުކޭޝަން މިނިސްޓްރީން ހުށަހަޅާފައިވާ ކަރުދާހަކަށް މަޝްވަރާ ކުރެއްވުމަށް މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، އެ މަޖިލީހުން ދެއްވި ލަފާފުޅުގެ މަތިންނެވެ. ސޭފް ސްކޫލްސް ޑެކްލަރޭޝަންއަކީ އަސްކަރީ ހަމަނުޖެހުންތަކުން ދަރިވަރުންނާއި މުދައްރިސުން އަދި މަދަރުސާތަކާއި ޔުނިވ...